ރޮނާލްޑޯގެ ދަރިއަކު މަރުވެއްޖެ

Apr 18, 2022, 8:10 PM
ރޮނާލްޑޯގެ ދަރިއަކު މަރުވެއްޖެ

މެންޗެސްޓާ (އޭޕްރީލް 18) - މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖިއޮޖީނާ ރޮޑްރިގޭޒް، 27، ވިހެއި އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ އެވެ.

ދަރިފުޅު މަރުވެފައިވާކަން އިއުލާނުކޮށްފައިވަނީ ރޮނާލްޑޯ، 37، ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގަ އެވެ. ޖިއޮޖީނާ ވިހެއި، އެއް މާބަނޑު އެއް ކުއްޖަކީ އަންހެން ކުއްޖެކެވެ. މަރުވީ ފިރިހެން ކުއްޖާ އެވެ. ރޮނާލްޑޯ ބުނީ މުޅި އާއިލާ އަށް މިއީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

"މި ވަގުތު އަހަރެމެންނަށް އޮތް ހަމައެކަނި އުފަލަކީ އަންހެން ދަރިއަކު ލިބުން. އަހަރެންގެ (ފިރިހެން) ދަރިފުޅު ސަލާމަތްކުރަން ޑޮކްޓަރުންނާއި ނަރުހުން ކުރި މަސައްކަތް ހެޔޮހިތުން ބަލައިގަންނަން،" ރޮނާލްޑޯ ސޯޝަލް މީޑިއާ އަށް ދޫކޮށްލި މެސެޖްގައި ލިޔެފައިވެ އެވެ.

ރޮނާލްޑޯ މީގެ ކުރިން އާއިލާއާ އެކު ނަގާފައިވާ ފޮޓޯއެއް.

ރޮނާލްޑޯ ބުނީ މިއީ އޭނާގެ އާއިލާ އަށް ލިބިފައިވާ ބޮޑު ހިތާމަ އަކަށް ވާތީ، ވީހާ ވެސް ބޮޑަށް އަމިއްލަ ކަންކަމަށް ވަގުތުދޭން ބޭނުންވާ ކަމަށެވެ. އަދި އެންމެންގެ ފަރާތުން ރޮނާލްޑޯ އެދެނީ މި ވަގުތު "ޕްރައިވެސީ" ދިނުމަށެވެ.

ރޮނާލްޑޯގެ މިހާރު ތިބި ދަރިންނަކީ މިއަދު ލިބުނު އަންހެން ދަރިފުޅު ހިމެނޭ ގޮތަށް ޖުމްލަ ފަސް ދަރިންނެވެ. އެއީ 11 އަހަރުގެ ދޮށީ ފިރިހެން ދަރިފުޅު، މެންޗެސްޓާ ޔޫތު ޓީމުގެ ކުޅުންތެރިޔާ، ރޮނާލްޑޯ ޖޫނިއާގެ އިތުރުން މީގެ ކުރިން ޖިއޮޖީނާ އަށް 2017 ވަނަ އަހަރު ލިބުނު އެލާނާ މާޓީނާ އަދި ސަރޮގެސީ ހަދައިގެން ލިބުނު އުމުރުން ހަތަރުގެ އެއްމާބަނޑު ދެ ކުދިން ކަމަށްވާ އޭވާ އާއި މަޓެއޯ އެވެ. ރޮނާލްޑޯ ޖޫނިއާގެ މަންމަ އަކީ ކާކުކަން މިހާތަނަށް ރޮނާލްޑޯ ހާމައެއް ނުކުރެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ ޔުނައިޓެޑުން ރަށުންބޭރުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗުގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ކުޑަކަމަށް ރިޕޯޓްތައް ބުނެ އެވެ. މިދިޔަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ލީގުގެ ފުލުގައި އޮތް ނޮރިޗް ސިޓީ ބަލިކުރި މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކެއް ހަދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox