ލީގުގައި ބަލިނުވެ 58 މެޗު: ޕޯޓޯ އިން މިލާންގެ ރެކޯޑަކާ ހަމަކޮށްފި

Apr 18, 2022, 10:14 AM
ޯޕޯޓޯގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ ކެޕްޓަން ޕެޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޯޕޯޓޯގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ ކެޕްޓަން ޕެޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިޒްބަން (އޭޕްރީލް 18) - ޕޯޗުގަލްގެ ރަސްމީ ލީގު، ޕްރިމޭރާ ލީގާގައި 58 މެޗު ބަލިނުވެ ފުރިހަމަކޮށް އެފްސީ ޕޯޓޯ އިން އިޓަލީގެ އޭސީ މިލާން އަތުގައި އޮތް ރެކޯޑަކާ ހަމަކޮށްފި އެވެ.

ޕޯޓޯ އިން ވަނީ މި ހަފްތާގައި ލީގުގައި ކުޅުނު މެޗުން 12 ވަނައިގައި އޮތް ޕޯޓިމޮނެންސޭ 7-0 އިން ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކު ޕޯޓޯ ލީގުގައި ބަލިނުވާތާ 58 މެޗު ހަމަވީ އެވެ. ޕޯޗުގީސް ލީގުގައި ކުރިން ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަކުރުމުގެ ރެކޯޑް ހެދީ 56 މެޗު ބަލިނުވެ ނިންމާލި ބެންފީކާ އިންނެވެ.

ބެންފީކާގެ ރެކޯޑް ޕޯޓޯ އިން މުގުރާލާފައިވާއިރު، މިހާރު މި ވަނީ މިލާނުން 1991 އިން 1993 އާ ދެމެދު އިޓާލިއަން ލީގުގައި ބަލިނުވެ، 58 މެޗު ފުރިހަމަކޮށްގެން ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ. އެއީ މިލާނުން އިޓަލީ އާއި ޔޫރަޕް ފުޓްބޯޅައިގައި ފިޔަޖަހަމުން އަދި ދުވަސްވަރު ހެދި ރެކޯޑެކެވެ.

Advertisement

ދުނިޔޭގެ ފުޓްބޯޅަ އަށް ބަލާއިރު، ލީގު ފުޓްބޯޅައިގައި އެންމެ ގިނަ މެޗު ބަލިނުވެ، ފުރިހަަމަ ކުރުމުގެ ރެކޯޑް އޮތީ ރުމޭނިއާގެ ސްޓެއުއާ ބުކަރެސްޓް އަތުގަ އެވެ. އެ ޓީމުން ވަނީ ރުމޭނިއާ ލީގުގައި ބަލިނުވެ، 104 މެޗު ނިންމާލައިފަ އެވެ. އެއީ 1986 އިން 1989 އާ ދެމެދުގައި ހެދި ރެކޯޑް އެެކެވެ.

ޕޯޓޯ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއް ވަނައިގައި އޮތް ޕޯޓޯ އަށް 30 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ސްޕޯޓިން ލިޒްބަންގެ އޮތީ 30 މެޗުން 63 ޕޮއިންޓެވެ. އަދި ތިން ވަނައިގައި ބެންފީކާ އޮތީ 30 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ.

އެންމެ ފަހުން ޕޯޓޯ މެޗަކުން ބަލިވީ މީގެ އެއް އަހަރާއި ފަސް މަހާއި 18 ދުވަސް ކުރިންނެވެ. ޕޯޓޯ ދެން އެންމެ އަވަހަށް ކުޅޭ ލީގު މެޗަކީ މި މަހު 25 ގައި ބްރާގާއާ ދެކޮޅަށް ކުޅޭ މެޗެެވެ. މި ސީޒަނުގައި ޕޯޓޯ ވަނީ އެކި މުބާރާތްތަކުގައި ފަސް ފަހަރު ބަލިވެފަ އެވެ. އެއީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ތިން މެޗާއި ޕޯޗުގީސް ކަޕްގެ އެއް މެޗާއި ޔޫރޮޕާ ލީގުގެ އެއް މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox