ދަގަނޑޭ، ފިޓްނަސް ލެވަލް ރަނގަޅުކުރަން މެރަތަން ރަނާސްއާ ގުޅިއްޖެ

Apr 18, 2022, 12:28 AM
މެރަތަން ރަނާސްގެ ކޯޗު ނަސްރު (ވ) އާއި ދަގަނޑޭ (ކ) މެރަތަން ރަނާސްގެ ޖޯޒީ ދައްކާލަނީ.

މެރަތަން ރަނާސްގެ ކޯޗު ނަސްރު (ވ) އާއި ދަގަނޑޭ (ކ) މެރަތަން ރަނާސްގެ ޖޯޒީ ދައްކާލަނީ.

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)، އޭނާގެ ފިޓްނަސް ލެވަލް ރަނގަޅުކުރަން ކުރަމުން އަންނަ މަސައްކަތުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ދުވާ ޓީމު، މެރަތަން ރަނާސްއާ ގުޅިއްޖެ އެވެ.

އުމުރުން 36، ދަގަނޑޭ، މި ސީޒަނުގައި ހިމަނާފައިވަނީ ކްލަބް ވެލެންސިއާ ސްކޮޑުގަ އެވެ. މިދިޔަ ޑިސެމްބަރު މަހު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގައި ދަގަނޑޭ ކުޅުނެވެ. އެކަމަކު، އޭގެ ފަހުން ރަސްމީ މެޗެއްގައި އޭނާ ނުކުޅެ އެވެ.

މިދިޔަ މަހު ގައުމީ ފުޓްބޯޅަ ޓީމުން ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑަށް ދަގަނޑޭ ހިމަނާފައިނުވަނީ އޭނާ އެ ގޮތަށް އެދުމުން ކަމަށް ގައުމީ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ބުނެފަ އެވެ.

މޮރިއޭރޯ ބުނީ ދަގަނޑޭ ޓީމަށް ނުނަގަން އަމިއްލަ އަށް އެދުނީ އޭނާގެ ފިޓްނަސް ލެވަލް އެކަށޭނެ މިންވަރަށް ނެތުމުން ކަމަށެވެ.

ރާއްޖޭގައި މި ވަގުތު ތިބި އެންމެ ފާހަގަކޮށްލެވޭ ދިގު ރާސްތާ ދުވުންތެރިން ތަމްރީން ކުރަމުން އަންނަނީ ކޯޗު ނަސްރުﷲ އަހުމަދު (ނަސްރު)ގެ، މެރަތަން ރަނާސް ޓީމުންނެވެ. ނަސްރުގެ މެރަތަން ރަނާސް ޓީމާ އެކު ދަގަނޑޭ ވަނީ މިހާތަނަށް ވެސް ސެޝަންތަކެއްގައި ބައިވެރިވެފަ އެވެ.

ދަގަނޑޭގެ ބައިވެރިވުމާ ބެހޭގޮތުން ނަސްރު "އަދަދު" އަށް ބުނީ ފުޓްބޯޅަ ކުޅުމުގެ އާދަޔާހިލާފު ހުނަރުހުރި ތަރި ދަގަނޑޭގެ ކިބައިގައި ދުވުމުގެ ކަންކަމުގައި ވެސް ކުރިއަށް ދެވޭނެ ގާބިލުކަން އެބަހުރި ކަމަށެވެ. އަދި ދަގަނޑޭ ބޭނުންވާ ލެވަލަށް ފިޓްނަސް ރަނގަޅުކުރަން އެހީތެރިވެދޭން ތައްޔާރަށް ހުރި ކަމަށް ނަސްރު ވަނީ ބުނެފަ އެވެ.

މެރަތަން ރަނާސްގެ ސެޝަނެއް ނިންމާލުމަށް ފަހު ދަގަނޑޭ (މ.ކ.4) އެތުލީޓުންނާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.

ރާއްޖޭގެ ދުވުންތެރިންގެ ތެރެއިން ބައިނަލްއަގުވާމީ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑް އޮތް ނަސްރު އަކީ ގިނަ ދުވުންތެރިންނަށް ތަމްރީން ދީ ކުރިއަރަން އެހީތެރިވަމުން އަންނަ ކޯޗެކެވެ.

ދަގަނޑޭ ވަނީ މީގެ ކުރިން 2020 ވަނަ އަހަރު ކޮވިޑް ތެރޭގައި ފިޓްނަސް ރަނގަޅުކުރަން ގައުމީ ސްޕްރިންޓް ކޯޗު އަހުމަދު ފާއިލް ކައިރިން ވެސް ޓްރެއިނިންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ފަހަރު ދަގަނޑޭގެ އިތުރުން މަޝްހޫރު އެހެން ފުޓްބޯޅަ ކުޅުންތެރިން ވެސް ވަނީ ފާއިލްއާ އެކު ޓްރެއިނިންތަކެއް ކުރިއަށްގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox