ޓީރެކްސް 3 އޮން 3 ސްޓްރީޓް ޗެލެންޖު: ސީނިއާ ޗެމްޕިއަނުންނަކީ ރޯޔަލްސް

ސީނިއާ ބައިގެ ޗެމްޕިއަންކަން ހޯދި ރޯޔަލްސް ޓީމު ކުޅުންތެރިންނަށް ދުނިޔޭގެ ތުރީ އޮން ތުރީ ލެޖެންޑު ޑުސާން ބުލުޓް ފައިސާގެ އިނާމް ހަވާލުކޮށްދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސީނިއާ ބައިގެ ޗެމްޕިއަންކަން ހޯދި ރޯޔަލްސް ޓީމު ކުޅުންތެރިންނަށް ދުނިޔޭގެ ތުރީ އޮން ތުރީ ލެޖެންޑު ޑުސާން ބުލުޓް ފައިސާގެ އިނާމް ހަވާލުކޮށްދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުން ކޮންމެ ރޯދަމަހަކާއި ދިމާކޮށް ކުރަށް ގެންދަމުން އަންނަ ތުރީ އޮން ތުރީ ސްޓްރީޓް ޗެލެންޖް 2022 ގެ ސީނިއާ ބައިގެ ޗެމްޕިއަންކަން ރޯޔަލްސް އިން ހޯދައިފި އެވެ.

މި މަހުގެ 13 ވަނަ ދުވަހު ފެށި މި މުބާރާތަކީ ޓީރެކްސް ބީސީ އިން ސިލްސިލާކޮށް ކުރިއަށް ގެންދިޔަ ތުރީ އޮން ތުރީގެ 8 ވަނަ މުބާރާތެވެ. ޖުމްލަ ހަތް ކެޓަގަރީން އެއްގައި 46 ޓީމް ވާދަކުރި މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ބާސްކެޓްބޯޅައިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ހޯދައިދީ އެކުވެރި އަދި ވާދަވެރި މާހައުލެއްގައި ކުޅިވަރުގެ ފޯރިއާއި ރޫހު އިތުރު ކުރުމެވެ.

ޓީރެކްސް ތުރީ އޮން ތުރީ މުބާރާތުގައި ބައިވެރިވި ޓީމުތައް ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މުބާރާތުގެ އެންމެ ފޯރިގަދަ ބައިކަމަށްވާ ފިރިހެން ސީނިއާ ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރޯޔަލްސް ބީސީ އެވެ. އަބްދުﷲ އަމްޒަރު، މުހައްމަދު އައިކް ނީޝާމް، އަހުމަދު އަލީ މުސްތަފާ އަދި އަހުމަދު އިފްސަހު ކުޅުނު ރޯޔަސް އިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ބީ.ޓީ.ސީ 12-11 އިން ބަލިކޮށްގެންނެވެ. ބީ.ޓީ.ސީ ގައި ހިމެނެނީ ޒީދާން ޒައީމް، މުހައްމަދު ރިޝްވާން (ކޭބީ)، މުހައްމަދު ޝިރުފާން އަދި އަހުމަދު އަޝްމަލް އެވެ.

މުބާރާތުގެ އުމުފުރާތަކުގެ ވަނަތަކަށް ބަލާއިރު، 23 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ބީ.ޓިީ.ސީ އެވެ. އެއީ ފައިނަލުގައި ހޮޓްޝޮޓްސް 12-10 އިން ބަލިކޮށްގެންނެވެ. 23 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ރޭވަންސް އެވެ. ރޭވަންސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިންސިންކް 6-5 އިން ބަލިކޮށްގެންނެވެ.

18 އަހަރުން ދަށުގެ ފިރިހެން ބަޔާއި، 15 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ޓީމް އަންސަޓިފައިޑް އެވެ. 18 އަހަރުން ދަށުގެ ފައިނަލުން އެޓީމް މޮޅުވީ ޕާނޭ ބީސީ އާއި ވާދަކޮށް 15-9 އިންނެވެ. އަދި 15 އަހަރުން ދަށުގެ ފައިނަލުން ޓީމް އަންސަޓިފައިޑް މޮޅުވީ އާޗާސް ބީސީ އާއި ވާދަކޮށް 18-8 އިންނެވެ.

އަށާރަ އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެންއޭ އެވެ. އެއީ ފައިނަލުގައި ކްލަޗް 7-4 އިން ބަލިކޮށްގެންނެވެ. 15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ސްޓްރީކާސް ބަލިކޮށް ހޯދީ ޕާލް އެވެ. ސްޓްރީކާސް ބަލިވީ 13-7 ގެ ނަތިޖާ އަކުންނެވެ.

ތޭރަ އަހަރުން ދަށުގެ ފިރިހެން ފައިނަލުގައި 8-6 އިން ރިމްޝޮޓްސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ވޮރިއާސް އެވެ. 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ޝޫޓާސް ބަލިކޮށް ހޯދީ ސްކައި އެވެ. ސްކައި ފައިނަލު މެޗު ކާމިޔާބުކުރީ 7-3 އިންނެވެ.

ޓީރެކްސް ތުރީ އޮން ތުރީ ސްޓްރީޓް ޗެލެންޖާ އެކު ކުރިއަށްދިޔަ ތުރީ ޕޮއިންޓް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ނާހިލް އެވެ. އުމުރުން 15 އަހަރުގެ ނާހިލް މި ބައިގެ ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ފަހަތަށް ޖައްސާލައިފަ އެވެ.

ތްރީ ޕޮއިންޓް ޗެލެންޖުގެ ޗެމްޕިއަން މުހައްމަދު ނާހިލް (ބްރެޑް) - ފޮޓޯ : މުހައްމަދު ޝާބިން / އަދަދު
ތްރީ ޕޮއިންޓް ޗެލެންޖުގެ ޗެމްޕިއަން މުހައްމަދު ނާހިލް (ބްރެޑް) - ފޮޓޯ : މުހައްމަދު ޝާބިން / އަދަދު

ތްރީ ޕޮއިންޓް ޗެލެންޖުގެ ޗެމްޕިއަން މުހައްމަދު ނާހިލް (ބްރެޑް) - ފޮޓޯ : މުހައްމަދު ޝާބިން / އަދަދު

މީގެ އިތުރުން ކުރިއަށްދިޔަ ލާސްޓް މޭން ސްޓޭންޑިންގެ ޗެމްޕިއަންކަން ހޯދީ މަފާޒު މުހައްމަދު އެވެ. އެއީ ފައިނަލްގައި އަހުމަދު އަލީ މުސްތަފާ (ބޮމްބެ) ބަލިކުރުމަށްފަހު ގަ އެވެ.

މުބާރާތުގެ ފައިނަލް މެޗުތައް ބަލާލައި ޓީމްތަކަށް ހިތްވަރު ދިނުމަށް ހާއްސަ މެހުމާނެއްގެ ގޮތުގައި ދުނިޔޭގެ ތުރީ އޮން ތުރީ ލެޖެންޑު ޑުސާން ބުލުޓް ބައިވެރިވި އެވެ. ޑުސާންއާ އެކު ޓީރެކްސްގެ ޓީމުން ތުރީ އޮން ތުރީ އެގްޒިބިޝަން މެޗެއް ކުޅުނުއިރު، ތުރީ ޕޮއިންޓް ޗެލެންޖަކާއި ވަން އެގެއިންސްޓް ވަން ޗެލެންޖެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އަދި މީގެ އިތުރުން ޓީރެކްްސް ބީސީ ގެ ޖާޒީ އެއް ޑުސާން އަށް ވަނީ ހަދިޔާކޮށްފަ އެވެ.

ތްރީ އޮން ތްރީ ޗެމްޕިއަން ޑުސާން ޓީރެކްސް ބީސީގެ ކުޅުންތެރިންނާއިއެކު - ފޮޓޯ : މުހައްމަދު ޝާބިން / އަދަދު
ތްރީ އޮން ތްރީ ޗެމްޕިއަން ޑުސާން ޓީރެކްސް ބީސީގެ ކުޅުންތެރިންނާއިއެކު - ފޮޓޯ : މުހައްމަދު ޝާބިން / އަދަދު

ތްރީ އޮން ތްރީ ޗެމްޕިއަން ޑުސާން ޓީރެކްސް ބީސީގެ ކުޅުންތެރިންނާއިއެކު - ފޮޓޯ : މުހައްމަދު ޝާބިން / އަދަދު

ޓީރެކްސް ތުރީ އޮން ތުރީ ސްޓްރީޓް ޗެލެންޖުގެ ޕާޓްނަރަކުންނަކީ ޖޭއެމްސީ ޕްރޮޖެކްޓްސް އިންޑިއާ ލިމިޓެޑް، އަސްރަފީ ބުކްޝޮޕް، ޑަބްލިއު ކްރާފްޓް ސެންޓަރު، ކެގޯސް ކެފޭ އެންޑް ރެސްޓޯރަންޓް، ބީމް އޮން، ހާމަ ހޯލްސޭލް ސެންޓަރު، ރެޑްބުލް މޯލްޑިވްސް، އެމްޔޫ ސްޓޯރު، އޭސް ހާޑްވެއާ އަދި ގައުޖް ސެކިއުރިޓީ އެވެ.

ދާދި ފަހުން ބީއެޗްއެމްގެ ސްޕޮންސަޝިޕާ އެކު ޑީ ބާސްކެޓްބޯލް ކްލަބުން ވެސް ވަނީ ތުރީ އޮން ތުރީ މުބާރާތެއް ކުރިއަށްގެންގޮސްފަ އެވެ. ކޮންމެ ރޯދަ މަހަކާ ދިމާކޮށް ގިނަ ބާސްކެޓްބޯޅަ ކްލަބްތަކުން ތުރީ އޮން ތުރީ މުބާރާތްތައް ކުރިއަށްގެންދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox