ގުދުސްގައި އަނެއްކާވެސް ހަމަނުޖެހުން ހިނގައި 20 މީހުންނަށް އަނިޔާވެއްޖެ

ގުދުސްގައި ފަލަސްތީނު މީހުން ފަހައި އިޒްރޭލް ފުލުހުން ދުވަނީ. -- ފޮޓޯ: އޭއެފްޕީ

ގުދުސްގައި ފަލަސްތީނު މީހުން ފަހައި އިޒްރޭލް ފުލުހުން ދުވަނީ. -- ފޮޓޯ: އޭއެފްޕީ

ގުދުސް (އެޕްރީލް 17) - ގުދުސްގެ އަލް އަގްސާ މިސްކިތުގެ ހަރިންމަތެރެ އާއި ބޭރުގައި ހިނގި ހަމަނުޖެހުންތަކުގައި އާދީއްތަ ދުވަހު 20 މީހުންނަށް އަނިޔާވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ހަމަނުޖެހުންތަކާ އެކު ފާއިތުވި ތިން ދުވަހުގެ ތެރޭގައި އަނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 170 އަށް ވުރެ މަތިވެފަ އެވެ.

ފަހަކަށް އައިސް އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ގޯސްވެ، މިދިޔަ މާޗް މަހުން ފެށިގެން ތަފާތު އެކި ހަމަލާތަކުގައި ޖުމްލަ 36 މީހުން ވަނީ މަރުވެފަ އެވެ.

އިޒްރޭލް ފުލުހުން ބުނީ އާދީއްތަ ދުވަހު ޔަހޫދީންތަކެއް އަލް އަގްސާ މިސްކިތުގެ ގޯތިތެރެއަށް ޒިޔާރަތް ކުރަން ހަމަޖެހިފައި ވަނިކޮށް، ފަލަސްތީނު މީހުން މުޒާހަރާކޮށް ގަލާއި ހިލަ އެއްކުރި ކަމަށޭވެ.

އަލް އަގްސާ މިސްކިތުގެ ގޯތިތެރެ ނުވަތަ އަލް ހަރަމް އަލް ޝަރީފްއަށް ވަނުމުގެ ހުއްދަ ޔަހޫދީންނަށް އޮތް ނަމަވެސް، އެ ތަނުގައި އަޅުކަން ކުރުން ޔަހޫދީންނަށް މަނަ އެވެ.

އިޒްރޭލް ފުލުހުން މިސްކިތުގެ ގޯތިތެރެއަށް ފުލުހުން ވަނީ މުޒާހަރާ ކުރަމުން ދިޔަ މީހުން ފޮނުވާލައި، އެ ތަނުގައި ހަމަޖެހުން ގާއިމްކުރުމަށް ކަމަށެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށާއި ބައެއް މީހުންނަށް އަނިޔާވީ ރަބަރު ވަޒަނުން ކަމަށެވެ.

އޭގެ އިތުރުން ޔަހޫދީން ގޮވައިގެން ދަތުރު ކުރަމުން ދިޔަ ދެ ބަހަކަށް ގާ އުކުމުން، ފަލަސްތީނުގެ 18 މީހުން ހައްޔަރު ކުރި ކަމަށް އިޒްރޭލް ފުލުހުން ބުނެ އެވެ.

އަލް އަގްސާ މިސްކިތުގެ ގޯތިތެރޭގައި ހަމަނުޖެހުން ހިނގުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ނަސާރާއިންގެ އެންމެ އިސް ފާދިރީ ޕޯޕް ފްރޭންސިސް އާދީއްތަ ދުވަހު ގޮވާލީ ހުރިހާ އެންމެންނަށް ވެސް އަލް އަގްސާ މިސްކިތުގެ ގޯތިތެރޭގައި އަޅުކަން ކުރުމުގެ ފުރުސަތު ދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox