ފައްޔާޒަށް ކުރާ ތުހުމަތުތައް ބަލަން އޭނާ ގޮވާލައްވައިފި

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރާ ކެމްޕޭނަށް ހުޅުމާލޭގައި ޖަގަހައެއް ހުޅުވުމުގެ ރަސްމިއްްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ބައިވެރިވެވަޑައިގަންނަވަނީ. އޭނާއަށް ކުރާ ތުހުމަތުތައް ބަލަން އޭނާ ގޮވައިލެއްވި.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ކުރާ ކެމްޕޭނަށް ހުޅުމާލޭގައި ޖަގަހައެއް ހުޅުވުމުގެ ރަސްމިއްްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ބައިވެރިވެވަޑައިގަންނަވަނީ. އޭނާއަށް ކުރާ ތުހުމަތުތައް ބަލަން އޭނާ ގޮވައިލެއްވި.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް އޭނާގެ ވާދަވެރިން ކުރާ ތުހުމަތުތައް ބަލައި ހަގީގަތް ހާމަކޮށްދޭން ، ކަމާ ބެހޭ މުއައްސަސާތަކަށް އޭނާ މިރޭ ގޮވާލައްވައިފި އެވެ.

ފައްޔާޒްގެ ކެމްޕޭން ޓީމުން ހުޅުމާލޭގައި ހެދި ޖަގަހައެއް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ އޭނާއާއި އޭނާ އެކު ތިއްބެވި އެމްޑީޕީގެ އެހެން މެމްބަރުންނަށް ކުރާ ތުހުމަތުތައް އެއީ ބަލަން ޖެހޭ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ވައްކަމާއި ނުފޫޒުގެ ބޭނުންކޮށްގެން ބިރުދައްކަމުންދާ ކަމުގެ ތުހުމަތު އޭނާއަށް ރައްދުކުރަނީ ދައުލަތުގެ މުހިއްމު ޒިންމާއަކާ ހަވާލުވެ ތިއްބެވި ބޭފުޅުންތަކެއް ކަމަށާއި އެކަން ބަލަން ޖެހެނީ އެހެންވެ ކަމަށެވެ.

"އަޅުގަނޑު މިއަދު ގޮވައިލަން ދިވެހިރާއްޖޭގެ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކަށް، އަމިއްލަފުޅަށް ނަމަވެސް އެބޭފުޅުން އެދައްކަވާ ވާހަކަތައް ބަލައި ރައްޔިތުުންނާ ހިސާބަށް ކަން އޮތް ގޮތް ގެނެސް ދެއްވުމަށް،" ފައްޔާޒް ވިދާޅުވި އެވެ.

Advertisement

އޭނާއާ ބެހޭ ގޮތުން ދައްކާފައި ހުރި ވާހަކަތައް ނޫސްތަކުން ފެނިވަޑައިގެންފި ކަމަށާއި އެވާހަކަތަކަށް ރައްދު ދެއްވަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ތުހުމަތުތައް ކުރުމުގައި "ވަރަށް ދަށު ދަރަޖައަށް ކަންތައްތައް ގެންގޮސްފި" ކަމަށެވެ. އެހެން ނަމަވެސް އެއްވެސް އެހެން ބޭފުޅެއްގެ ނަމެއް އޭނާ ސީދާ ވިދާޅެއް ނުވެ އެވެ.

"ވަރަށް ބަދުނާމުކޮށްފި އިނގޭތޯ، ވަރަށް ބަދުނާމު ކޮށްފި. ވަރަށް ފިތުނަކޮށްފި. އަަޅުގަނޑު ދުވަހަކު ހީނުކުރާހާ ދަށުދަރަޖަ އަށް ކަންތައްތައް ގެންގޮސްފި،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު ފުރަތަމަ ފެނުނު ލިއުމެއް ވިދާޅުވެފައި ރައްދެއް ދެއްވަން ޖެހޭ ކަމަށް ގަބޫލުކުރެއްވުނަސް ހަވީރު ފެނުނު ލިއުމަކުން އެނގިވަޑައިގަތީ އެއީ ރައްދު ދޭން ވާވަރު ބައެއް ނޫންކަން ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު އެއަށް ރައްދުދޭކަށް ނެތިން،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ އޭނާއަށް ކުރާ ތުހުމަތުތަކުގެ ވާހަކަ ގެނެސްދޭ ކަމަށް ވަންޏާ އެވާހަކަތަކުގެ ހަގީގަތް ހޯދައިގެން ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ނޫސްވެެރިންގެ ވެސް ޒިންމާއެެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox