ފައްޔާޒްއާ ރޮޒައިނާގެ ކެމްޕޭން ޖަގަހައެއް ހުޅުމާލޭގައި ހުޅުވައިފި

މިރޭ އޮތް ހިންގާލަން ކެމްޕޭނުގެ ހުޅުމާލެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ފައްޔާޒް އިސްމާއިލް. އޭނާއާއެކު ދެން ޗެއާޕާސަންކަމަސް ވާދަކުރައްވަނީ އިމްތިޔާޒް ފަހުމީ. ފޮޓޯ: ހުސެއިން ޝާފިއު

މިރޭ އޮތް ހިންގާލަން ކެމްޕޭނުގެ ހުޅުމާލެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ފައްޔާޒް އިސްމާއިލް. އޭނާއާއެކު ދެން ޗެއާޕާސަންކަމަސް ވާދަކުރައްވަނީ އިމްތިޔާޒް ފަހުމީ. ފޮޓޯ: ހުސެއިން ޝާފިއު

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ ކެމްޕޭން ޖަގަހައެއް ހުޅުމާލޭގައި މިރޭ ހުޅުވައިފި އެވެ.

ހުޅުމާލޭގެ ރާކަނި ބީޗު ސަރަހައްދާއި ކައިރިން އުނިގަސް މަގުގައި ހުންނަ އެ ޖަގަހަ މިރޭ ހުޅުވައިދެއްވީ އެކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރޮޒައިނާއާ ފައްޔާޒް އެވެ.

މޭ 14 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފައްޔާޒްއާއެކު ޗެއާޕާސަންކަމަށް ޗާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާްޒް ފަހުމީ އެވެ. ރޮޒައިނާއާއެކު އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވަނީ ސަފާތު އަހުމަދު ޒާހިރު އެވެ.

Advertisement

މެމްބަރުންގެ އިއްޒަތާއި ގަދަރަށް އަރައިނުގަނޭ: ރޮޒައިނާ

ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރޮޒައިނާ ތުހުމަތުކުރެއްވީ ހިންގާލަން ކެމްޕޭނުގައި އުޅޭ ޕާޓީ މެމްބަރުންނަށް އަމާޒުކޮށް އިއްޒަތާއި ގަދަރުވެރިކަން ގެއްލޭ ގޮތަށް އިމްތިޔާޒްގެ ކެމްޕޭން ޓީމުން ވާހަކަ ދައްކާ ކަމަށެވެ. އެކަން ކުށްވެރިކުރައްވާ ކަމަށާއި އެގޮތަށް ކަންތައް ނުކުރަން ގޮވައިލައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑިޕީގެ ކޮންމެ ކޮންމެ މެމްބަރެއްގެ ވެސް އިއްޒަތާއި ގަދަރެއް އޮވެޔޭ. އެޔަށް އަރައިގަންނަން މި ކެމްޕޭން ތެރޭ ނޫޅުއްވާށޭ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަކަށް ކުރިމަތިލުމުން އެއްޗިހި ކިޔަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށެވެ. ރުޅި އައިސްގެން ފިތުނަ އުފައްދަން ޖެހޭ ސަބަބެއް ވެސް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ކޮންމެ މެމްބަރަކަށް ވެސް އިހްތިރާމާއި ގަދަރާއެކު މުހާތަބުކުރުމަށް ރޮޒައިނާ ގޮވާލެއްވި އެވެ.

"އަޅުގަނޑުމެންނަށް ތާއިދުކޮށްގެން ހުރި މި ޕާޓީގެ ކޮންމެ އާންމު މެމްބަރަކީ ވެސް މި ޕާތީ އަށްޓަކައި ވަރަށް ގިނަ ގުރުބާނީތައް ވެފަ ތިބި މީހުން. އެމީހުންނާ ދިމާލަށް ފާޑުފާޑުގެ ނަންނަން ކިޔުމުގެ ހައްގެއް މި ޕާޓިގެ ކެންޑިޑޭޓަކަށް އަދި ވިޔޭ ކިޔާފަ އެއް ނުލިބޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ. އޭނާ ވަނީ އިމްތިޔާޒްގެ ކެމްޕޭން ޓީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ. ފޮޓޯ: ހުސެއިން ޝާފިއު
ރޮޒައިނާ މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ. އޭނާ ވަނީ އިމްތިޔާޒްގެ ކެމްޕޭން ޓީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ. ފޮޓޯ: ހުސެއިން ޝާފިއު

ރޮޒައިނާ މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ. އޭނާ ވަނީ އިމްތިޔާޒްގެ ކެމްޕޭން ޓީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ. ފޮޓޯ: ހުސެއިން ޝާފިއު

މިހާރު ކެމްޕޭން ކުރަމުންދަނީ ޕާޓީގެ އެތެރޭގެ އިންތިހާބަކަށްކަން ހަދާންކޮށްދެއްވާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ. އެތެރޭގެ އިންތިހާބަކާއި ވިދިގެން ޕާޓީ ބައިބައިކުރަން މަސައްކތްކުރުމަކީ ހަޑިމުޑުދާރު އަމަލެއްކަމަށް އޭނާ ސިފަކުރެއްވި އެވެ.

ކެންޑިޑޭޓުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައިގެން އިންތިހާބު ކާމިޔާބުކުރުމަކީ އިދިކޮޅު ޕީޕީއެމްގެ ސްޓައިލެއްކަމަށާއި ރޮޒައިނާއާ ފައޔްާޒް ހިންގާލުމުގެ ޝިއާރުގެ ދަށުން ނިކުމެތިބީ ޕާޓީ އަސްލު ވެސް ނުހިނގައިގެންކަމަށް ވެސް އޭނާ ވިދާޅުވި އެވެ،

"އަޅުގަނޑުމެން ހިންގާލަން ނިކުމެގެން، މި ޝިއާރު ބޭނުންކޮށްގެން ނުކުތީ ހަމަ އަސްލުގަ ވެސް މި ޕާޓީ ނުހިނގާތީވެ،" ރޮޒައިނާ ވިދާޅުވި އެވެ.

ކެމްޕޭން ދަތުރުތަކުގައި 134 ރަށަށް ގޮސް ޕާޓީ މެމްބަރުންނާ ވާހަކަދެއްކުމުން އެކަން އެނގިގެން ހިނގައްޖެކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އެކަންކަމާ ވާހަކަދައްކާ މީހާ ދެކެ ރުޅި އައުމުގެ ބަދަލުގައި އެކަންކަން ރަނގަޅުކުރަން މަސައްކަތްކުރުމަށް އޭނާ ގޮވައިލެއްވި އެވެ.

"އެހެންވީމާ އެވާހަކަ ދެއްކީމަކާ އެއީކީ ރުޅި އަންނަން ޖެހޭ ކަމެއް ނޫން. އެއީ ރަނގަޅު ކުރަން ޖެހޭ ކަމެއް. އެކަމާ އެއްގޮތަކަށް ވެސް ޖެލަސްވެސް ވާނެ ކަމެއް ނެތް، ފިތުނަވެރިވެސް ވާނެ ކަމެއް ނެތް. ރީތި ކެމްޕޭނެއް ކޮށްގެން ހަމަ މޮޅުވެވޭތޯ ހަމަ ހުރިހާ އެންމެން ވެސް މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަން،" ރޮޒައިނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox