ގުދުސްގެ އަލް އަގްސާ މިސްކިތުގައި ކުރިމަތިލުންތައް ހިނގައި 152 މީހުންނަށް އަނިޔާވެއްޖެ

އަލް އަގްސާ މިސްކިތުގެ ގޯތި ތެރޭގައި ހަމަނުޖެހުން ހިނގަނީ. -- ފޮޓޯ: އަލް އަރަބިއްޔާ

އަލް އަގްސާ މިސްކިތުގެ ގޯތި ތެރޭގައި ހަމަނުޖެހުން ހިނގަނީ. -- ފޮޓޯ: އަލް އަރަބިއްޔާ

ހުކުރު ދުވަހު ފަތިސް ނަމާދު ވަގުތަށް އެތައް ހާސް ބަޔަކު އަލް އަގްސާ މިސްކިތަށް ޖަމާވެފައި ވަނިކޮށް، އިޒްރޭލް ފުލުހުން ހިންގި ހަމަނުޖެހުމުގެ ސަބަބުން ފަލަސްތީނުގެ 152 މީހުންނަށް އަނިޔާވެއްޖެ އެވެ.

ޔަހޫދީންނާއި ނަސާރާއިން ފާހަގަކުރާ މުހިއްމު ދެ ދުވަހެއް ވެސް މި މަހު ކުރިމަތިވާތީ އެ ދެ ދީނުގެ އެތައް ހާސް ބަޔަކު ވެސް ދަނީ އަގްސާ މިސްކިތް ހުންނަ ގުދުސްއަށް ޖަމާވަމުންނެވެ.

ރޯދަ މަސް ފެށުމާ އެކު އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ގޯސްވެފައި ވަނިކޮށް، ހުކުރު ދުވަހު ފަތިހު އަގްސާ މިސްކިތުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލްކޮށްފައިވާ ކަމަށް އިޒްރޭލް ފުލުހުން ބުނެ އެވެ.

އިޒްރޭލް ފުލުހުން ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު މިސްކިތުން ހައްޔަރު ކުރި އިރު، އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. ހުކުރު ދުވަހު މެންދުރު ފަހު އަލުން މިސްކިތް ހުޅުވި އެވެ.

އަގްސާ މިސްކިތުގެ ކަންކަން ބަލަހައްޓާ ފަރާތުން ބުނީ ފަތިސް ވަގުތާ ދިމާކޮށް، ނަމާދަށް ތައްޔާރުވަމުން ދަނިކޮށް، އިޒްރޭލް ފުލުހުން އައިސް މިސްކިތުގެ ތެރެއަށް ވަދެގަތް ކަމަށެވެ.

އިޒްރޭލް ފުލުހުން ބުނީ މިސްކިތަށް ވަނީ ހަމަނުޖެހުން އުފެއްދުމުގެ ބޭނުމުގައި އެ ތަނަށް ޖަމާކޮށްފައި ހުރި ގަލާއި ހިލަ ގެންދިޔުމަށް ކަމަށެވެ.

ފަލަސްތީނު މީހުންނާއި އިޒްރޭލް ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގަނީ. -- ފޮޓޯ: ރޮއިޓާޒް
ފަލަސްތީނު މީހުންނާއި އިޒްރޭލް ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގަނީ. -- ފޮޓޯ: ރޮއިޓާޒް

ފަލަސްތީނު މީހުންނާއި އިޒްރޭލް ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގަނީ. -- ފޮޓޯ: ރޮއިޓާޒް

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ ފަލަސްތީނު މީހުން ގާ އުކާއިރު، އިޒްރޭލް ފުލުހުން ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުން ކުރާ މަންޒަރެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ އަނިޔާވި 59 މީހުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަގްސާ މިސްކިތް ބަލަހައްޓާ ފަރާތުން ބުނީ އެ ތަނުގެ ގާޑެއްގެ ލޮލަށް ރަބަރު ވަޒަނެއް އެރި ކަމަށެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނީ މޫނު ނިވާކޮށްގެން ތިބި ގިނަ އަދަދެއްގެ މީހުން ފަލަސްތީނާއި ހަމާސްގެ ދިދަ ހިފައިގެން އަގްސާ މިސްކިތުގެ ގޯތި ތެރެއަށް ޖަމާވެ، ގަލާއި ހިލަ އެއްކުރި ކަމަށެވެ.

"ފުލުހުން އެ ތަނަށް ވަދެ، މީހުން ފޮނުވާލައި، ގަލާއި ހިލަތައް ގެންދަން މަސައްކަތް ކުރީ، އިތުރު ހަމަނުޖެހުމަށް ފުރުސަތު ނުދިނުމަށް،" އެ މިނިސްޓްރީން ޓްވީޓް ކުރި އެވެ.

މި ފަހަރު ވެސް އިޒްރޭލާއި ފަލަސްތީނާ ދެމެދު ހަމަނުޖެހުން ބޮޑުވެފައި މި ވަނީ ރޯދަ މަހުގަ އެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ހަމަނުޖެހުން ބޮޑުވެ، 11 ދުވަހުގެ ހަނގުރާމައެއް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox