ޗެމްޕިއަންސް ލީގުން ކެޓުމުން ބަޔާންގެ ކޯޗަށް 450 މަރުގެ އިންޒާރު މެސެޖް!

Apr 15, 2022, 4:56 PM
ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން.

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން.

މިއުނިކް (އޭޕްރީލް 15) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވިޔަރެއާލް އަތުން ކެޓުމުން ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނާގަލްސްމަން އަށް އިންސްޓަގްރާމްގެ އެކި އެކައުންޓްތައް މެދުވެރިކޮށް 450 މަރުގެ އިންޒާރުގެ މެސެޖް އައިސްފައިވާ ކަމަށް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ވިޔަރެއާލުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ބަޔާން ބަލިކޮށްފަ އެވެ. އަދި މި ހަފްތާގައި، ބަޔާން ދަނޑުގައި އެ ޓީމުން ލީޑުނެގި ނަމަވެސް ވިޔަރެއާލުން ވަނީ މެޗުގެ ފަހު ވަގުުތު 1-1 އިން އެއްވަރުކޮށްފަ އެވެ. އެގްރިގޭޓުން ބަލާއިރު، ވިޔަރެއާލަށް ކުރި ލިބުނީ 2-1 އިންނެވެ. ވިޔަރެއާލް އަތުން ބަޔާން ކެޓުމުން ޖަރުމަނު މީޑިއާ އިން ވަނީ ނާގަލްސްމަން އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ނާގަލްސްމަން، 34، ބުނީ ބަޔާން ފަދަ ބޮޑު ޓީމަކާ ހަވާލުވެ ހުންނައިރު، ފާޑުކިޔުން އަމާޒުވާނެކަން އެނގޭ ކަމަށެވެ.

"ހުރިހާ ދިމާލަކުން އަންނަ ފާޑުކިޔުންތަކާ ކުރިމަތިލެވިދާނެ. އެއީ މި ވަޒީފާ (ކޯޗެއްގެ ވަޒީފާ)ގެ ބައެއް. އެކަަމަކު، އިންސްޓަގްރާމް މެދުވެރިކޮށް އައި 450 މަރުގެ އިންޒާރުގެ މެސެޖް. އެ ކަހަލަ ކަންކަމަކީ ކުރިމަތިލާން އެހާ ފަސޭހަކަމެއް ނޫން،" ނާގަލްސްމަން ބުންޏެވެ. "މެޗެއް ނިމުމުން ޓީވީ ނިންވާލުމަށް ފަހު މީހުންގެ ކިބައިގައި ރަނގަޅު އަހުލާގެއް ނުހުރޭ. ކޮންމެ މީހަކަށް ހީވަނީ އެ މީހާ އަށޭ އެންމެ ރަނގަޅަށް އެނގެނީ. އެއީ މީގެ އެންމެ ބޮޑު ގޯހަކީ،"

ލިބިފައިވާ މަރުގެ އިންޒާރުގެ މެސެޖްތަކާ މެދު އަމަލުކުރަނީ ކިހިނެއްތޯ، ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ނުވިސްނަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ނާގަލްސްމަން ބުނީ މީގެ ކުރިއަށްދާނެ ގޮތެއް ކްލަބްގެ ސީނިއާ މެނޭޖްމަންޓާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ބައެއް ފަހަރު އިންޒާރުތައް އެބަ އާދޭ އަހަރެމެން (ބަޔާން އިން) ތިން ޑިފެންޑަރުން ލައިގެން ކުޅޭތީ ވެސް. މީގެ ބަލިވާ ކޮންމެ ފަހަރަކު މަރުގެ އިންޒާރުތައް އައުމަކީ ރަނގަޅު ގޮތެއް ނޫން،" ކުރިން އާރްބީ ލައިޕްޒިގާއި ހޮފެންހައިމަށް ކޯޗުކޮށްދިން ޒުވާން ކޯޗު ނާގަލްސްމަން ބުންޏެވެ.

އިންޒާރުތަކާ އެކު ވެސް ނާގަލްސްމަން ވަނީ އޭނާގެ ސެކިއުރިޓީ ވަރުގަދަކުރަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުން ބަޔާނުން ވަނީ ނާގަލްސްމަން އަށް ލިބިފައިވާ އިންޒާރުގެ މެސެޖްތައް މިއުނިކް ސަރަހައްދުގެ ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ނާގަލްސްމަންގެ އިތުރުން ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު ހަސަން ސަލިހަމްދްޒިޗާއި އޭނާގެ އާއިލާ އަށް ވެސް ވަނީ އިންޒާރުގެ މެސެޖްތަކެއް ސަޕޯޓަރުންގެ ފަރާތުން ލިބިފަ އެވެ.

ވިޔަރެއާލުން ބަޔާން ކަޓުވާލިއިރު، އެ މެޗަށް ވިޔަރެއާލުން އިތުުރު ހިތްވަރު ހޯދީ ބަޔާންގެ ކޯޗު ނާގަލްސްމަން ވިޔަރެއާލަށް ނިސްބަތްކޮށް އިހުތިރާމްކުޑަކޮށް ވާހަކަ ދެއްކުމުން ކަމަށް އެ ޓީމުގެ ވައިސް ކެޕްޓަން ޑަނީ ޕަރޭހޯ ވަނީ ބުނެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވިޔެރެއާލާ ކުޅެން ޖެހުމުން ނާގަލްސްމަން ވަނީ އެއް ލެގުން މެޗުގެ ކޮންޓްރޯލް ނަގަން ބަޔާނުން ބޭނުންވާ ކަމަށް ބުނެފަ އެވެ. ޕަރޭހޯ ބުނީ އެއީ ވިޔަރެއާލްގެ އިތުރުން ފުޓްބޯޅަ އަށް ވެސް ނާގަލްސްމަން ކުރި ބޭއިހުތިރާމެއް ކަމަށެވެ.

ފުރަތަމަ ލެގުގައި ވިޔަރެއާލް އަތުން ބަލިވި މެޗަށް ފަހު ނާގަލްސްމަން ވަނީ އެ މެޗުން ބަޔާން ބަލިވުން ހައްގު ކަމަށް ބުނެފަ އެވެ. ބަޔާން ދަނޑުގައި ކުޅުނު މެޗުގެ ކުރިން ނާގަލްސްމަން ބުނީ މެޗުގެ ކުރިން މާ ގިނަ ވާހަކައެއް ނުދައްކައި، ދަނޑު މަތީގައި ނަތީޖާ ނެރެން ބޭނުންވާ ކަމަށެވެ. އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗު އެއްވަރުވެ، މުބާރާތުން ކެޓުމުން ނާގަލްސްމަން ބުނީ ބޭނުންވި ގޮތަށް އެއްވެސް ކަމެއް ނުދިޔަ ކަމަށާއި މި ނަތީޖާތަކުގެ ޒިންމާ ނަގާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox