ގިޔާމަތްވާނެކަމާއި މަރުވާނެކަން އަންގައިދިނުން

ގިޔާމަތްވާނެކަމާއި މަރުވާނެކަން އަންގައިދިނުން

މުޅި އިންސާނިއްޔަތަށް މުހާތަބުކޮށް މާތް ﷲ ގުރުއާނުގައި ދެއްވާފައިވާ މެސެޖުތަކުގެ ތެރެއިން މި ލިޔުމުގައި ބަލާލާނީ ދުނިޔޭގެ ހަޔާތް ނިމޭނެކަން އަންގައިދިނުމުގެ މެސެޖްތަކަށެވެ. އޭގެ ތެރޭގައި ގިޔާމަތް ދުވަހުގެ ވާހަކަ އާއި މަރުވާނެކަން އަންގައިދިނުން ހިމެނެ އެވެ. އަދި އެނބުރި ދިއުން ވަނީ ﷲ ގެ ހަޒުރަތަށްކަން ބަޔާންކޮށްދިނުން ހިމެނެ އެވެ.

އަލްޙައްޖު ސޫރަތުގެ އެއް ވަނަ އާޔަތުގައި ވެއެވެ. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ! ހަމަކަށަވަރުން، ގިޔާމަތްވުމުގެ ޒަލްޒަލާއަކީ ބޮޑުވެގެންވާ ކަމެކެވެ." އަދި އެ ދުވަހުގެ ބިރުވެރިކަން ޖެހިގެން އޮތް އާޔަތުގައި ސިފަކޮށްދެއްވަނީ "ތިޔަބައިމީހުންނަށް އެ ޒަލްޒަލާ ފެންނަ ދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާން ނެތި، އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާ ފަދައިން ތިބާ ދެކޭނޫ އެވެ. ނަމަވެސް އެއުރެން ވަނީ، މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު ﷲ ގެ އަޒާބު ގަދަފަދައީ އެވެ." މިގޮތަށެވެ.

އަދި ގިޔާމަތް ދުވަހަކީ، ތިމާ ނޫން އަނެކާއަށް ތިމާއަށް ހަމަ އެއްވެސް ކަމެއް ފުއްދައިދެވޭނެ ދުވަހެއް ނޫންކަމުގައި ބަޔާންކުރައްވައި، ލުޤްމާން ސޫރަތުގެ 33 ވަނަ އާޔަތުގައި އަންގަވަ އެވެ. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަގުވާވެރިވާށެވެ! އަދި އެދުވަހުގައި ބަފަޔަކަށް ދަރިޔެއްގެ މަތިން ކަމެއް ފުއްދައެއް ނުދެވޭނޭ، އަދި ދަރިޔަކަށްވެސް ބަފަޔަކަށް ކަމެއް ފުއްދައެއް ނުދެވޭނޭ ދުވަހަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ!"

ގިޔާމަތްވާނެކަމާމެދު ޝައްކު އުފެއްދުމަކީ، އަބަދުވެސް އިންސާނުންގެ ތެރެއިން ބައެއްގެ އާދައެކެވެ. އެޝައްކުތަކަށް ކީރިތި ގުރުއާނުގައި ދީފައިވާ އެންމެ މުހިންމު ރައްދުތައް މުޅި އިންސާނިއްޔަތާ މުހާތަބުކުރެވުނު އާޔަތްތަކުގައި ބަޔާންވެފައި ވެއެވެ. ގިޔާމަތް ދުވަހާއި ﷲ ގެ ދީނާމެދު ސުވާލު އުފައްދާ މީހުންނަށް ރައްދު ދެއްވާފައިވާ އެއް އާޔަތަކީ، ޔޫނުސް ސޫރަތުގެ 104 ވަނަ އާޔަތެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ދީނާމެދު ޝައްކެއްގައި ވާނަމަވެސް، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވާހުށީމެވެ. އެހެނެއް ކަމަކު، ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ހުށީ، ﷲ އަށެވެ. އެކަލާނގެއީ، ތިޔަ ބައިމީހުން މަރުގަންނަވާ ރަސްކަލާނގެ އެވެ. އަދި ތިމަންކަލޭގެފާނަށް އަމުރު ކުރައްވާފައިވަނީ، މުއުމިނުންގެ ތެރެއިން ވުމަށެވެ "

ޝައްކުގެ އަހުލުވެރިންނަށް މިއާޔަތުން ދީފައިވާ އެންމެ މުހިންމު ދައުވަތަކީ މަރުގެ ހަގީގަތް ދެނެގަތުމުގެ ދައުވަތެވެ. މަރުގަންނަވަނީ ﷲ އެވެ. އެކަމާ ދެބަސްވާ މީހަކަށް ދެބަސްވާކަން ފިޔަވައި ބުނެވޭ އިތުރު ވާހަކައެއް ނޯވެ އެވެ. އަނެއް ކަމަކީ، މަރަކީ ޝައްކެތް ނެތި ބައްދަލުކުރާންޖެހޭ އެއްޗެކެވެ.

ހަމަ މިމޭރުމުން ފާޠިރު ސޫރަތުގެ 15 އިން 17 ވަނަ އާޔަތަށްވާ އާޔަތްތަކަށް ނަޒަރެއް ދެއްވާށެވެ! "އޭ މީސްތަކުންނޭވެ! ﷲ އަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި ﷲ އީ، ފުދިވޮޑިގެންވާ، ގިނަގިނައިން ހަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެ އެވެ. އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި އާ މަހުލޫގުންތަކެއް ގެންނަވައިފާހުއްޓެވެ. އަދި އެކަންތައް ﷲ އަށް އުނދަގޫ ކަމަކަށް ނުވެ އެވެ."

ޔޫނުސް ސޫރަތުގެ 23 ވަނަ އާޔަތުން ބައެއްގައި ވެއެވެ. "...އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ދެކޮޅުވެރިކަމުގެ ގެއްލުން ހުރިކަންކަށަވަރީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށެވެ. ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގަ އެވެ. ދެން ތިޔަބައިމީހުން ރުޖޫއަވާހުށީ، ތިމަންރަސްކަލާނގެ ހަޒުރަތަށެވެ. އޭރުން ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ ހަބަރު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އަންގަވާހުށީމެވެ."

ޝައްކު އުފައްދައި ދެކޮޅުވެރިވާ މީހުންނަށް ވިސްނައި ފިކުރު ކުރުމުގެ ދައުވަތަކާއެކު މިސާލެއް ޖެހިގެން އޮތް 24 ވަނަ އާޔަތުގައި ބަޔާންކޮށްދެއްވާފައި ވެއެވެ. ޔޫނުސް ސޫރަތުގެ 24 ވަނަ އާޔަތާއި 25 ވަނަ އާޔަތުގައިވަނީ އަންނަނިވި ފަދައިންނެވެ. "ދުނިޔޭގެ ދިރިއުޅުމުގެ މިސާލު ވާކަން ކަށަވަރީ، ތިމަންރަސްކަލާނގެ އުޑުން ވެއްސެވި ފެނެއްގެ މިސާލުކަމުގަ އެވެ. ފަހެ، އިންސާނުންނާއި، ގެރިބަކަރި ކައިއުޅޭ ބާވަތްތަކުގެ ތެރެއިން ބިމުގެ ގަސްގަހާގެހި، އެ ވާރޭފެނާއެކުވެ، އެންމެފަހުން އެ ބިމަށް ރީތިކަމާއި، އާރޯކަންލިބި (މާމެލާމެއްޔާއި މޭވާތަކުން) ޒީނަތްތެރިވެ، އެ ބިމުގެ އަހުލުވެރިން އެ ތަކެތީގެ މައްޗަށް ބާރު ހިންގުމަށް ކުޅަދާނަވެގެންވާކަމަށް ހީކޮށްގެން ތިއްބައި (އެތަކެތި ހަލާކުވެދިއުމަށް) ރޭގަނޑެއްގައި، ނުވަތަ ދުވާލެއްގައި، ތިމަންރަސްކަލާނގެ އަމުރުފުޅު އައެވެ. ފަހެ، އެހިނދު ކޮށާލައިފައިވާ ގޮވާންތަކެއް ފަދައިން، ތިމަންރަސްކަލާނގެ އެތަކެތި ލެއްވީމެވެ. އެތަކެތި އިއްޔެ ނުވެސް ނެތްކަހަލަ އެވެ. ފިކުރުކުރާ ބަޔަކަށް، ތިމަންރަސްކަލާނގެ އާޔަތްތައް ތަފުސީލުކޮށްދެއްވަނީ އެފަދައިންނެވެ. ﷲ ގޮވައިލައްވަނީ، ސަލާމަތުގެ ގޮވައްޗަށެވެ. (އެބަހީ: ސުވަރުގެއަށެވެ.) އަދި އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް، ސީދާވެގެންވާ ތެދުމަގަށް އެކަލާނގެ މަގު ދައްކަވަ އެވެ."

ގިޔާމަތް މަހުޝަރު ކުރެއްވުމާމެދު ޝައްކު އުފައްދާ މީހުންނަށް، އަލްހައްޖު ސޫރަތުގެ ފަސް ވަނަ އާޔަތުގައިވެސް ވިސްނާފިކުރުކުރުމުގެ ދާއިރާތަކެއް ދެއްވާފައި ވެއެވެ. އެއާޔަތުގައި ވަނީ އަންނަނިވި ފަދައިންނެވެ. "އޭ މީސްތަކުންނޭވެ! (މަރުވުމަށްފަހު) އަލުން ދިރުއްވައި ފޮނުއްވާނޭ ކަމާމެދު، ތިޔަބައިމީހުން ޝައްކެއްގައިވާނަމަ، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (ގެ އަސްލު) އުފެއްދެވީ، ވެލިންނެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން (އާދަމުގެ ދަރިޔެއްގެ) ސިފަ ފާޅުވެގެންވާ، ނުވަތަ ފާޅުވެގެންނުވާ މަސްކޮޅަކުންނެވެ. އެއީ (ކޮންމެކަމަކަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން) ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާ އެއްޗެއް ކަނޑައަޅުއްވާފައިވާ މުއްދަތަކަށް މާބަނޑުތަކުގައި ލަހައްޓަވަމެވެ. ދެން ޅަކުދިންގެ ގޮތުގައި ތިޔަބައިމީހުން (ދުނިޔެ މައްޗަށް) ނެރުއްވަމެވެ. ދެން ތިޔަބައިމީހުން ބޮޑުވެ، ފުރާފުރިހަމަ ވުމާހަމަޔަށް ފޯރަ އެވެ. އަދި (ޒުވާންކަމުގެ ދުވަސްވަރު) މަރުވާ މީހުން، ތިޔަބައިމީހުންގެ ތެރެއިންވެ އެވެ. އަދި އަރުޒަލިލްއުމުރަށް ރައްދުކުރައްވާ މީހުން ތިޔަބައިމީހުންގެ ތެރެއިން ވެއެވެ. އެއީ އޭނާޔަށް އެއްޗެއް އެނގުމަށް ފަހުގައި، ނޭނގުމަށްޓަކަ އެވެ. އަދި ބިންގަނޑު މަރުވެފައިވަނިކޮށް ތިބާ ދެކޭނޫ އެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެ ބިމުގެ ގަސްތަކުގެ ހަރަކާތްފެށި، ގަސްތައް އިތުރު ވެއެވެ. އަދި ހުރިހާ ބާވަތަކުން، ބަލާމީހާޔަށް އުފާލިބެނިވި ގަސްތައް ފަޅުވަތެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox