ބިލިއަނަރު އެލޮން މަސްކް ޓްވިޓާ ގަންނަން ހުށަހަޅައިފި

ދާދި ފަހުން މަސްކް ވަނީ ޓްވިޓާގެ ގިނަ އަދަދެއްގެ ހިއްސާ ގަނެފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ދާދި ފަހުން މަސްކް ވަނީ ޓްވިޓާގެ ގިނަ އަދަދެއްގެ ހިއްސާ ގަނެފައި. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާގެ "އާދަޔާ ހިލާފު ގާބިލްކަން ހޯދައިގަތުމުގެ" ވިސްނުން އެބަ ހުރި ކަމަށް ބުނެ، ބިލިއަނަރު އެލޮން މަސްކް، އެ ކުންފުނި ގަންނަން ހުށަހަޅައިފި އެވެ.

މަސްކް ބުނީ ހިއްސާއަކަށް 54.20 ޑޮލަރުގެ އަގުން އޭނާ ފައިސާ ދައްކާނެ ކަމަށެވެ. އެއާ އެކު ކުންފުނީގެ ޖުމްލަ އަގު 40 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

ދާދި ފަހުން މަސްކް ވަނީ ޓްވިޓާގެ ގިނަ އަދަދެއްގެ ހިއްސާތަކެއް ގަނެފަ އެވެ. މި ވަގުތު ޓްވިޓާގެ އެންމެ ބޮޑު ޝެއާ ހޯލްޑަރަކީ އޭނާ އެވެ.

Advertisement

މަސްކް ބުނީ އޭނާގެ ހުށަހެޅުން ބަލައިނުގެންފި ނަމަ "ޝެއާހޯލްޑަރެއްގެ ގޮތުގައި ދެމިހުރުމާ މެދު ވިސްނަން ޖެހޭނެ" ކަމަށެވެ. ނަމަވެސް އެއީ އިންޒާރެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ބައެއް އެނެލިސްޓުން ސިފަކުރަނީ އެއީ އިންޒާރެއްގެ ގޮތުގަ އެވެ. އެކަމަކު މަސްކް ބުނީ އޭނާ ބޭނުންވާ ބަދަލުތައް ނުގެނެވޭ ނަމަ ޝެއާ ހޯލްޑަރެއްގެ ގޮތުގައި ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ޓްވިޓާއިން ބުނީ ކުންފުނީގެ ބޯޑުން މަސްކްގެ ހުށަހެޅުން ރަނގަޅަށް ދިރާސާ ކުރުމަށް ފަހު ހުރިހާ ޝެއާހޯލްޑަރުންނާއި ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތެއް ނިންމާނެ ކަމަށެވެ.

ޓްވިޓާގެ ބޯޑާ ގުޅެން މަސްކަށް ދައުވަތު ދިން ނަމަވެސް، އޭނާ އެކަމެއް ބޭނުމެއް ނުވި އެވެ.

ފޯބްސް މެގެޒިންގައިވާ ގޮތުން މަސްކްއަކީ މި ވަގުތު ދުނިޔޭގެ އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ އިލެކްޓްރިކް ކާރު ކުންފުނި ޓެސްލާގެ ސަބަބުން، މުއްސަނދިކަމުގެ އަގު 219 ބިލިއަން ޑޮލަރަށް އަރަ އެވެ. އޭގެ އިތުރުން ޖައްވީ އުދުހުންތަކާ ގުޅޭ ސްޕޭސް އެކްސް ކުންފުނީގެ ވެރިޔަކީ ވެސް މަސްކް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox