މޮޅުވިޔަސް އަނިޔާގެ މައްސަލައާ ހެދި ގާޑިއޯލާ އަށް އުފަލެއް ނެތް

Apr 14, 2022, 7:24 AM
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: އަނިޔާގެ މައްސަލައާ ހެދި ކަންބޮޑުވުން ފާޅުކުރި.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ: އަނިޔާގެ މައްސަލައާ ހެދި ކަންބޮޑުވުން ފާޅުކުރި.

މެޑްރިޑް (އޭޕްރީލް 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ދަނޑުގައި 0-0 އިން އެއްވަރުކޮށް، އެގްރިގޭޓުން މޮޅުވެގެން މެންޗެސްޓާ ސިޓީން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދި ނަމަވެސް ޓީމުގެ ހާލަތަށް ބަލާއިރު އުފަލެއް ނެތް ކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ބުނެފި އެވެ.

ސިޓީ އަށް ކުރި ލިބުނީ މިދިޔަ ހަފްތާގައި އަމިއްލަ ދަނޑުގައި 1-0 އިން އެތުލެޓިކޯ ބަލިކޮށްފައިވާތީ އެވެ. ސެމީގައި ސިޓީ ކުޅެން ޖެހޭނީ ރެއާލް މެޑްރިޑާ އެވެ. ހޮނިހިރު ދުވަހު ސިޓީން އިނގިރޭސި އެފްއޭ ކަޕް ސެމީގައި ލިވަޕޫލާ ކުޅޭނެ އެވެ.

ރޭ އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ސިޓީގެ ކެވިން ޑި ބްރޭނާ އާއި ކައިލް ވޯކާ އަށް ވަނީ އަނިޔާވެފަ އެވެ. މެޗަށް ފަހު ގާޑިއޯލާ ބުނީ އަނިޔާގެ މައްސަލަ އަށް ބަލާއިރު، ސިޓީ އޮތީ ވަރަށް ގޯސް ހާލަތެއްގައި ކަމަށެވެ.

"އެއް ކަމަކަށް، އަހަރެމެން އުފަލުން މި ތިބީ ސިޓީގެ ތާރީހުގައި ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަަލަށް ދިޔައީމަ. އެކަމަކު، އަހަރެމެން ހަނދާނުން ނައްތާލައިގެން ނުވާނެ ތިން ދުވަސް ކުރިން އަހަރެމެން މެޗެއް ކުޅެފައި، ދަތުރުކޮށްފައި އައިސް އަނެއްކާ މެޗެއް މި ކުޅުނީ، ބައިވަރު އަނިޔާގެ މައްސަލަތައް އެބަހުރި. އަހަންނަށް ނޭނގޭ ކުރިއަށް ހުރި ހަފްތާތަކުގައި ވާނެ ގޮތެއް. މި ވަގުތަށް ވެސް ހާލަތު ގޯސް،" ގާޑިއޯލާ ބުންޏެވެ.

"އަހަރެމެން މި އައީ ވެސް ލިވަޕޫލާ އެކު ވަރަށް އުނދަގޫ މެޗެއް ކުޅެފައި. އަނެއްކާ މިރޭ (ރޭ) ވެސް އުނދަގޫ މެޗެއްގައި ކުޅެ ގިނަ އިންޖަރީތަކެއްގެ މައްސަލަ ކުރިމަތިވެފައި އޮއްވައި، މި ޖެހެނީ ތިން ދުވަސް ފަހުން ލިވަޕޫލާ ކުޅެން،"

ރޭ އެތުލެޓިކޯ ދަނޑުގައި ސިޓީ ކުޅުނު މެޗުގެ ފަހު ވަގުތު ދަނޑުމަތީގަޔާއި މެޗަށް ފަހު ޓަނަލް ތެރޭގައި ސިޓީގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި އެތުލެޓިކޯގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގި އެވެ. އަދި ސިޓީގެ ކޯޗު ގާޑިއޯލާ ޓަނަލް އަށް ވަންނަން ދިޔަ ވަގުތު އޭނާއާ ދިމާލަށް ވެސް ފުޅިއެއް އެއްލި މަންޒަރު ޓީވީން ފެނުނެވެ.

"ހިނގި ކަންތައްތައް އެންމެނަށް ވެސް ފެންނާނެ. އެހެންވީމަ، މީގެ އަހަރެން ދައްކަން ޖެހޭ ވާހަކައެއް ނެތް. އަހަރެމެން މި ކުޅުނީ ސްޕެއިނުގެ އެންމެ ފަހުގެ ޗެމްޕިއަންގެ ދަނޑުގައި. އެ މީހުންގެ ހަކަތަ އެބަހުރި. އެ މީހުން ނަތީޖާ އަކަށް މަސައްކަތް ކުރި. ދެ ވަނަ ހާފްގައި އަހަރެމެންނަށް ވުރެ މޮޅަށް ކުޅުނު. އަހަރެމެންގެ ނަސީބު ކޮޅަށް ގޯލެއް ނުވަދެ، މެޗު ނިންމާލެވުމަކީ،" ގާޑިއޯލާ ބުންޏެވެ.

އެތުލެޓިކޯ އިން ފޮނުވާލި ބޯޅަތައް ހުއްުޓުވުމުގައި ސިޓީގެ ކީޕަރު އެޑަސަން މޮރާއޭސްގެ ހުށިޔާރުކަން ފެނުނެވެ.

ސިޓީ ސެމީ ފައިނަލުން ފުރުސަތު ހޯދުމާ ގާޑިއޯލާ ވަނީ ޗެމްޕިއަންސް ލީގުގައި ރެކޯޑެއް ގާއިމްކޮށްފަ އެެވެ. އެއީ ނުވަ ފަހަރު ޗެމްޕިއަންސް ލީގު ސެމީ ފައިނަލަށް ދަތުރުކުރި ފުރަތަަމަ ކޯޗުގެ ރެކޯޑެވެ. ގާޑިއޯލާ ބާސެލޯނާއާ އެކު 2009، 2010، 2011 އަދި 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ކުޅުނެވެ. ބަޔާން މިއުނިކާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވުނު ނަމަވެސް ގާޑިއޯލާ ވަނީ އެ ޓީމު ގޮވައިގެން 2014، 2015 އަދި 2016 ވަަނަ އަހަރު ސެމީގައި ވާދަކޮށްފަ އެވެ. ސިޓީއާ އެކު މި ވަނީ 2021 އާއި 2022 ވަނަ އަހަރު ސެމީން ޖާގަ ހޯދައިފަ އެވެ. ސިޓީގެ ތާރީހުގައި ތިން ވަނަ ފަހަރަށް ސެމީ އަށް ދިޔައިރު، ދެ ފަހަރު އެކަން ހާސިލްކުރީ ގާޑިއޯލާގެ ކޯޗުކަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox