ސީހޯމް ސަފަޔާ ބޯޓުގެ ބަދަލަށް އިތުރު 15 މިލިއަން ރުފިޔާ ދައްކަން ނުޖެހި ސަލާމަތްވެއްޖެ

2012 އިން ފެށިގެން މި ބޯޓު ތިލަފުށީ ފަޅުގައި އޮތީ ގަވާއިދާ ހިލާފަށް. އެ ބޯޓު ކީހައި އެތަނުން ނަގަން ޖީއެމްއައިޒެޑްއެލް އިން ހަވާލު ކުރީ ޕާކަވަންއަށް. ---

2012 އިން ފެށިގެން މި ބޯޓު ތިލަފުށީ ފަޅުގައި އޮތީ ގަވާއިދާ ހިލާފަށް. އެ ބޯޓު ކީހައި އެތަނުން ނަގަން ޖީއެމްއައިޒެޑްއެލް އިން ހަވާލު ކުރީ ޕާކަވަންއަށް. ---

ތިލަފުށީ ފަޅުގައި ވެރިޔަކު ނެތި އޮތް ދަގަނޑު ބޯޓު "ސީހޯމް ސަފަޔާ" އުޅަނދު ސެލްވޭޖުކޮށް، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އަށް ބޯޓު ޔާޑު ކުލީގެ ގޮތުގައި ޕާކްވަން އިންވެސްޓްމަންޓުން ދައްކާފައިވާ 1.08 މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އަނބުރާ ދޭން ނުޖެހޭ ކަމަށް ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މި ގޮތަށް ހުކުމް ކުރީ، އުޅަނދު ސެލްވޭޖުކޮށް ނަގާފައިވާ ބިމުގެ ކުއްޔަކީ ތިލަފުށީގެ ސިނާއީ ކުންފުނިން ޕާކަވަންއަށް އަނބުރާ ދޭން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ މައްސަލަ ކޯޓަށް ހުށަހެޅުމާ ހަމައަށް ދައްކާފައިވާ 15 މިލިއަން ރުފިޔާ ހޯދަން އެދި ޕާކަވަނުން ހުށަހެޅި މައްސަލައަށެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން، ތިލަފުށީ ފަޅުގައި ގަވައިދާ ހިލާފަށް އަޅާފައި އޮތް ސީހޯމް ސަފަޔާ އެތަނުން ނެގުމަށް ކޯޓުން ހުކުމެއް ކުރި އެވެ.

އެ ފަހުން، އެ ބޯޓު ކީހައި އެތަނުން ނަގަން ޖީއެމްއައިޒެޑްއެލް އިން ހަވާލު ކުރީ ޕާކަވަންއަށެވެ. 30 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ހަވާލު ކުރީ، އެ ބޯޓުގެ މިލްކުވެރިކަން ވެސް ޕާކަވަންއަށް ދޭ ގޮތަށެވެ.

ނަމަވެސް، މަސައްކަތް ކުރަމުން ދަނިކޮށް ގުރައިދޫ ކޯޓުގެ އަމުރަކާއެކު ފުލުހުން އެކަން ހުއްޓުވި އެވެ. ފަހުން ކޯޓު އަމުރު ބާތިލުކުރި ނަމަވެސް އެހާއިރަށް އަމުރު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ.

އެހެންވެ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 10.9 މިލިއަން ރުފިޔާ ނަގައިދޭން އެދި ޕަކަވާން އިން 2019 ވަނަ އަހަރު ހުށަހެޅި މައްސަލައެއްގައި، 9.2 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ވެސް ކޮށްފައިވެ އެވެ.

ޕާކަވަން އިން އިތުރު ފައިސާ ނަގަން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ކުރި ހުކުމުގައި ވަނީ، އޭގެ ކުރިން ހުށަހެޅި މައްސަލަ އާއި މި މައްސަލާގައި ވެސް ހިމެނެނީ އެއް އުޅަނދެއް ކަމާއި މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވާ ފަރާތަކީ ވެސް އެއް ބަޔެއް ކަމުގަ އެވެ. އެހެންވެ މައްސަލަ އިޖުރާއީ ގޮތުން ކުރިއަށް ގެންދެވެން ނެތް ކަމުގައި ކަނޑައެޅީ އެވެ.

އޭގެ އިތުރުން ސިވިލް ކޯޓުން 2020 ވަނަ އަހަރު ނިންމި ގަޒިއްޔާގައި ވެސް ބޯޓު ޔާޑުގެ ކުއްޔާ މެދު ގޮތެއް ނިންމާފައިވާ ކަން ވެސް ފަހުން އިއްވި ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ކުރީގެ ގަޒިއްޔާގައި ބުނެފައިވާ ގޮތުން، ބޯޓު ޔާޑުގެ ކުއްޔަށް އޭރު ދައްކަން ޖެހޭ 110،711 ޑޮލަރު ޕާކަވަންއަށް ޖީއެމްއައިޒެޑްއެލް އިން ނަގައިދޭން ޖެހޭ ސަބަބެއް ނެތެވެ.

ސީހޯމް ސަފަޔާ ބޯޓަކީ އޭގެ މިލްކުވެރި ފަރާތެއް ނޭނގި ގިނަ ދުވަސްތަކެއް ވަންދެން އޮތް ބޯޓެކެވެ. ބޯޓު ތިލަފުށީ ފަޅުގައި އޮންނާތީ އެ ސަރަހައްދުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަން ދަތިވާތީ ސިވިލް ކޯޓަށް ދިއުމުން ބޯޓު ދައުލަތަށް ނަގައިދިނީ އެވެ.

ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް އެ ބޯޓުގެ މިލްކުވެރި ކަމަށް ދައުވާކޮށް ވާހަކަތަކެއް ދައްކަވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox