ގައުމުތަކުން ކޮވިޑާ މެދު ފަރުވާ ކުޑަ ނުކުރަން ޑަބްލިއުއެޗްއޯއިން ގޮވާލައިފި

ޑަބްލިއުއެޗްއޯއިން ލަފާދެނީ މީހުން ގިނަ ތަންތަނުގައި އުޅޭ އިރު މާސްކް އެޅުމަށް. -- ފޮޓޯ: އޭއެފްޕީ

ޑަބްލިއުއެޗްއޯއިން ލަފާދެނީ މީހުން ގިނަ ތަންތަނުގައި އުޅޭ އިރު މާސްކް އެޅުމަށް. -- ފޮޓޯ: އޭއެފްޕީ

ކޮވިޑް ފަތުރާ ވައިރަހަކީ މުޅި ދުނިޔެއަށް އަދިވެސް ބޮޑު ނުރައްކަލެއް ކަމަށާއި ގައުމުތަކުން ފަރުވާ ކުޑަ ނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކޮވިޑާ ގުޅޭ އެމެޖެންސީ ކޮމިޓީން ގޮވާލައިފި އެވެ.

ގިނަ ގައުމުތަކުގައި ބޮޑެތި ލުއިތަކެއް ދީ، ކޮވިޑަށް ޓެސްޓު ކުރުން ވެސް ބޮޑު ތަނުން މަޑު ޖައްސާލާފައިވާ އިރު، ޑަބްލިއުއެޗްއޯގެ ތަޖުރިބާކާރުން ބުނީ ބަލިމަޑުކަން ނިމެން އަދި ގާތް ނުވާ ކަމަށެވެ.

"މިއީ ފަރުވާ ކުޑަ ކުރަންވީ ވަގުތެއް ނޫން. މިއީ އިތުރަށް ސަމާލުވާންވީ ވަގުތު. އަދި މިއީ އަޅުގަނޑުމެން ދޭ ވަރަށް މުހިއްމު ލަފައެއް،" ކޮމިޓީގެ ރިޔާސަތުގައި އިންނަވާ ޑިޑިއާ ހުސީން ވިދާޅުވި އެވެ.

Advertisement

"ކޮވިޑް-19 ބަލިމަޑުކަން ނިމެން އަދި ގާތް ނުވޭ. ވައިރަސް ދައުރުވުން އަދިވެސް ވަރަށް ހަލުވި. މަރުވާ އަދަދު ވެސް ބޮޑު. ވައިރަސް ބަދަލުވަމުން ދަނީ ލަފާ ކުރަން ދަތި ގޮތް ގޮތަށް."

ޑަބްލިއުއެޗްއޯގެ ކޮވިޑާ ގުޅޭ އެމެޖެންސީ ކޮމިޓީން ކޮންމެ ތިން މަހަކުން ބައްދަލުވުންތައް ބާއްވައި، ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމްއަށް ބަލީގެ ހާލަތާ ގުޅޭ ރިޕޯޓު ހުށަހަޅަން ޖެހެ އެވެ.

އެ ކޮމިޓީން އެންމެ ފަހުން ތައްޔާރު ކުރި ރިޕޯޓުގައި ބުނީ ބަލިމަޑުކަން އޮތީ އާއްމު ސިއްހީ ނުރައްކަލެއް ކަމަށް ބަލަން ޖެހޭ ހާލަތުގައި ކަމަށެވެ.

ދުނިޔޭގެ ތަފާސްހިސާބަށް ބަލާއިރު، ކޮވިޑް ކޭސްތަކާއި މަރުވާ އަދަދު ވެސް ދަށް ވާތާ މިހާރު ތިން ހަފްތާ ވެއްޖެ އެވެ. އެގޮތުން ފާއިތުވި ހަފްތާގައި ރިޕޯޓު ކުރީ ހަތް މިލިއަން ކޭސް އަދި 22،000 މަރެވެ.

މިއީ ބަލިމަޑުކަމުގެ ފުރަތަމަ ދުވަސްތަކަށް ފަހު އަދަދު މިހާ ދަށްވި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް ބައެއް ގައުމުތަކުގައި އަދަދު އިތުރުވެ، ސީރިއަސް ހާލަތަށް ދާ މަންޒަރު އަދިވެސް ފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox