އިންޑިއާ ފުޓްބޯޅަ ރައީސް އާއި ސަރުކާރުގެ ކޯޅުމެއް

Apr 13, 2022, 9:41 AM
އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން ރައީސް ޕްރަފުލް ޕަޓޭލް: އޭނާ އަށް މަގާމުގައި ދެމިނުހުރެވޭނެ ކަމަށް ބުނެ، އިންޑިއާގެ ކުޅިވަރާ ބެހޭ ވުޒާރާ އިން ވަނީ އެ ގައުމުގެ ސުޕްރީމް ކޯޓަށް ފޮނުވާފައި.

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން ރައީސް ޕްރަފުލް ޕަޓޭލް: އޭނާ އަށް މަގާމުގައި ދެމިނުހުރެވޭނެ ކަމަށް ބުނެ، އިންޑިއާގެ ކުޅިވަރާ ބެހޭ ވުޒާރާ އިން ވަނީ އެ ގައުމުގެ ސުޕްރީމް ކޯޓަށް ފޮނުވާފައި.

ނިއުދިއްލީ، އިންޑިއާ (އޭޕްރީލް 13) - އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އައިއެފްއެފް)ގެ ރައީސްގެ މަގާމުގައި ހުންނެވި، ޕްރަފުލް ޕަޓޭލް އަށް ގާނޫނީ ގޮތުން އެ މަގާމުގައި ދެން ނުހުރެވޭނެ ކަމަށް އިންޑިއާގެ ކުޅިވަރާބެހޭ ވުޒާރާއި ކަނޑައަޅައިފަ އެވެ.

އިންޑިއާ ފުޓްބޯޅައިގެ ރައީސްކަން ތިން ދައުރުކުރެއްވި، ޕްރަފުލްގެ އެންމެ ފަހުގެ ދައުރުގެ މުއްދަތު 2020 ޑިސެމްބަރަށް ހަމަވާނެ އެވެ. އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އިތުރަށް ފަސް ނުކޮށް އިންޑިއާ ފުޓްބޯޅައިގެ އިންތިހާބުވީ އެންމެ އަވަހަކަށް ބާއްވަން ޖެހޭނެ ކަމަށާއި މި ވަގުތު އިންޑިއާ ފުޓްބޯޅައިގެ އިސް ވެެރިންގެ ގޮތުގައި ޕްރަފުލްގެ ލީޑަޝިޕްގެ މެމްބަރުން ތިބީ ގާނޫނީ ހައިސިއްޔަތަކުން ނޫން ކަމަށެވެ.

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ޖެހޭ މައްސަލައެއް 2017 ވަަނަ އަހަރުން ފެށިގެން އިންޑިއާ ސުޕްރީމް ކޯޓުގައި އެބައޮތެވެ. އިންތިހާބެއް ނުބާއްވައި، ޕްރަފުލް ފާއިތުވި ދެ އަހަރު އިންޑިއާ ފުޓްބޯޅައިގެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވީ، އިންޑިއާގެ ކުޅިވަރު ކޯޑުގައިވާ ގިނަ މާއްދާތަކާ ވެސް ހިލާފަށް ކަމަށް އިންޑިއާގެ ކުޅިވަރު ކޮމިއުނިޓީގެ އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ފީފާގެ ކޮންގްރެސްއެއްގެ ތެރެއިން އޭއައިއެފްއެފްގެ ރައީސް ޕްރަފުލް (ކ) އާއި ފީފާގެ ރައީސް އިންފަންޓީނޯ.--- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ކުޅިވަރު ކޯޑުގައިވާ ގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސްގެ މަގާމުގައި އެކަކަށް ތިން ދައުރަށް ވުރެ އިތުރަށް ނުހުރެވޭނެ އެވެ. އިންޑިއާގެ ކުޅިވަރާބެހޭ އިސް ފަރާތްތަކުގެ އެއްބާރުލުމާ އެކު އެކުލަވާލި ސްޕޯޓްސް ކޯޑަށް 2011 ވަނަ އަހަރު ފެށިގެން އަންނަނީ އަމަަލުކުރަމުންނެވެ.

ޕްރަފުލް، އެންމެ ފުރަތަމަ އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަން ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ 2009 ވަނަ އަހަރު އެވެ. އިންޑިއާގެ ސްޕޯޓްސް ކޯޑް ބުނާގޮތުން ޕްރަފުލް އަށް ދެން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްގެ މަގާމުގައި ދެމިނުހުރެވޭނެ އެވެ.

އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ސުޕްރީމް ކޯޓަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ އޭއައިއެފްއެފްގެ ހިންގުން ޕްރަފުލްގެ ބެލުމުގެ ދަށުން ކުރިއަށްދާ މުއްދަތު ދެން އިތުރަށް ދިގުލައި ގޮސްފިނަމަ އިންޑިއާ ސަރުކާރުން ފުޓްބޯޅަ ފެޑެރޭޝަން ބަލައިގަތުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާނެ ކަމަށެވެ.

ޕްރަފުލްގެ ގާނޫނީ ވަކީލާ ހަވާލާދީ އިންޑިއާގެ އެކި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދައުރު ހަމަވިތާ 14 މަސްވީއިރު ވެސް އިންޑިއާގެ ސަރުކާރުން ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބަށް ވީ ގޮތެއް ނުބަލައި، ކުއްލިއަކަށް ސުޕްރީމް ކޯޓު މެދުވެރިކޮށް ޕްރަފުލް މަގާމުން ދުރުކުރަން އުޅެނީ މީގެ ވަކި ބައެއްގެ "އަމިއްލަ މަސްލަހަތު" އޮތުމުން ކަމަށް ބެލެވޭ ކަމަށެވެ.

ޕްރަފުލް އަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ގާތްގުޅުމެއް އޮންނަ ފަރާތެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އެކަމަށް ބާރު ލިބޭ އެންމެ ބޮޑު ސަބަބަކީ ބޮޑެތި ގައުމުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް 2017 ވަނަ އަހަރު ފީފާގެ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޯސްޓް ކުރުމުގެ ފުރުސަތު އިންޑިއާ އަށް ދިނުމުންނެވެ. އަދި މި އަހަރު ފީފާގެ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ވެސް ދީފައި އޮތީ އިންޑިއާ އަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox