ވަޅީގައި ގާސިމާއި އަދުހަމާއި އިތުރު މީހެއްގެ ޑީއެންއޭ ހުރި

ވަޅީގައި ގާސިމާއި އަދުހަމާއި އިތުރު މީހެއްގެ ޑީއެންއޭ ހުރި

ޓެކްސީ ދަތުރެއް ކޮށްދެނިކޮށް ހުޅުމާލޭގައި މީގެ ދެ އަހަރު ކުރިން ޑްރައިވަރު ގާސިމް ހަސަން، 59، އަށް ވަޅިއަކުން ހަމަލާދީ އޭނާ އޮތް ސަރަހައްދުން ފެނުނު އެ ވަޅިން ގާސިމާއި މަރުގެ ތުހުމަތު ކުރެވޭ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު އަދި އިތުރު މީހެއްގެ ޑީއެންއޭ ފެނުނު ކަން ހާމަވެއްޖެ އެވެ.

އެ މައްސަލައިގައި އަދުހަމް ވަނީ ގާސިމްގެ މަރަށް ވެސް އިއުތިރާފްވެފަ އެވެ. އެކަމަކު އަދުހަމް ބުނާ ގޮތުން އެއީ އޭނާ ގަސްދުގައި ކުރިކަމެއް ނޫނެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލަނީ ގަސްތު މަރުގެ ދައުވާ އެވެ. މިހާރު ޝަރީއަތަށް ހާޒިރު ކުރަމުން ދަނީ ގަސްތު މަރު ސާބިތު ކުރަން ދައުލަތުން ހުށަހެޅި ހެކިންނެވެ.

މިއަދު ހެނދުނު 10:00 ޖަހާއިރުން ފެށިގެން ދެ ގަޑިއިރިއަށް ދިޔަ އަޑުއެހުމަށް ހާޒިރު ކުރި އެއް ހެއްކަކީ ކުށް ހިނގި ސަރަހައްދުން އެއްކުރި މާއްދީ ހެކިތަކުގައި ހިމެނޭ ޑީއެންއޭ ޔަގީންކޮށް އެ ރިޕޯޓް ތައްޔާރު ކުރި ފުލުހުންގެ ހިދުމަތުގެ ޑީއެންއޭ ފޮރެންސިކް ލެބޯރެޓޮރީގައި މަސައްކަތް ކުރާ އޮފިސަރެކެވެ.

"ވަޅިން ފެނުނު ތިން މީހެއްގެ ޑީއެންއޭ، ތުހުމަތު ކުރެވޭ ފަރާތް އަދުހަމް މުހައްމަދު އާއި ގާސިމް ހަސަންގެ ޑީއެންއޭ، ދެން ފެނުނީ ކާކުކަން އަދި ޔަގީން ނުކުރެވޭ ފަރާތެއްގެ ޑީއެންއޭ،" ޑީއެންއޭ ތަހުލީލު ކުރުމުގެ މަސައްކަތުގައި ފުލުހުންގެ ވަޒީފާއެއް އަދާކުރާތާ 13 އަހަރުވި އޮފިސަރު ބުންޏެވެ.

އޮފިސަރު ބުނި ގޮތުގައި އެއީ ގާސިމްއާއި އަދުހަމްގެ ޑީއެންއޭ ކަން ޔަގީން ކުރަން، ޑީއެންއޭ ތަހުލީލު ކުރުމުގައި ބޭނުން ކުރާ އިތުރު އުކުޅުތައް ވެސް ބޭނުން ކުރި ކަމުގަ އެވެ. އެ ގޮތުން ދިވެހިންގެ ތެރޭގައި އެ ޖެނެޓިކްގެ އިތުރު ޑީއެންއޭ މަދުކަން ޔަގީންކޮށް ނަތީޖާއަށް އިތުރު ބުރަދަނެއް ހޯދުނު ކަން ފާހަގަ ކުރި އެވެ.

މިއަދުގެ އަޑުއެހުމަށް އިތުރު ދެ ހެކިން ހާޒިރު ކުރި އެވެ. އެއިން އެއް ހެއްކަކީ ކުށް ހިނގި ސަރަހައްދު ބަލައިފާސްކުރުމުގައި އިސްކޮށް ހުރި އަދި އެ ސަރަހައްދުން ވަޅި ނެގި އޮފިސަރެވެ. ދެން ހާޒިރު ކުރީ ސީސީޓީވީ ފުޓޭޖްތަކުން އަދުހަމްގެ ހަރަކާތްތައް އެނަލައިޒް ކުރި އޮފިސަރެކެވެ.

ހާޒިރު ނުކުރެވި ބާކީ ތިން ހެކިން

މި މައްސަލައިގައި މިހާތަނަށް އަށް ހެކިން ވަނީ ހާޒިރުކޮށްފަ އެވެ. ކުރީ އަޑުއެހުންތަކުގައި، ސީން އިން ހެކި ނެގި އޮފިސަރަކާއި، ފިންގަޕްރިންޓް އެނަލައިސިސް ހެދި އޮފިސަރަކާއި، އަދުހަމް މާލޭގައި އުޅެމުން ދިޔަ މ. ޖަންތަރިގެ ބަލައި ފާސްކުރި އޮފިސަރަކާއި، އަދުހަމް ވަޅި ނެގި ކެފޭގައި އުޅުނު މީހެއް ހާޒިރު ކުރި އެވެ.

މި މައްސަލައާ މިހާރު ހަވާލުވެ ހުންނެވި ގާޒީ އަލީ ނަދީމް ވިދާޅުވި ގޮތުގައި މިހާރު މައްސަލާގައި ހާޒިރު ނުކުރެވި އޮތީ ތިން ހެކިން ކަމުގަ އެވެ. އެއީ ފިޒިކަލް ރިޕޯޓް ތައްޔާރު ކުރި ފުލުހުންގެ އޮފިސަރަކާއި، ޑެތު ސަމަރީ ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރާއި، އާންމުންގެ މީހެކެވެ.

ދައުލަތުގެ ވަކީލު ފާހަގަ ކުރެއްވި ގޮތުގައި ހާޒިރު ނުކުރެވި އޮފިސަރާއި ޑޮކްޓަރު ވީ ރާއްޖޭން ބޭރުގަ އެވެ. އިންޑިއާގައި ހުރި ދިވެހި އެމްބަސީ މެދުވެރިކޮށް އޮފިސަރު ހާޒިރު ކުރެވޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. ނަމަވެސް ޑޮކްޓަރު ހާޒިރު ކުރެވެން ނެތުމުން އެ ތަޖުރިބާ ހުރި އެހެން ޑޮކްޓަރަކު ހާޒިރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދައުލަތުން ވިދާޅުވި އެވެ.

މާދަމާއަށް ވެސް މި މައްސަލައިގެ އަޑުއެހުމެއް ގާޒީ އަލީ ނަދީމްގެ ސެކްޝަންގައި ތާވަލުކޮށްފައިވެ އެވެ. ނަމަވެސް ހެކިން ހާޒިރު ކުރެވޭނެ ކަމުގެ ޔަގީން ކަން ނެތުމުން، މާދަމާގެ އަޑުއެހުން ކެންސަލް ކުރި އެވެ. ގާޒީ ވިދާޅުވީ ދެން އަޑުއެހުމެއް ތާވަލު ކުރާނީ ހެކިން ހާޒިރު ކުރެވޭނެ ތާރީހެއް ސާފު ވުމުންނެވެ.

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައި އޮއްވާ ފެނުނީ ޑިސެމްބަރު 4، 2019 ވަނަ ދުވަހެވެ. ގާސިމް މަރާލި ކަމަ އަދުހަމް އެންމެ ފުރަތަމަ އެއްބަސްވެފައި އޭނާ ފަހުން ކުށަށް އިންކާރު ވެސް ކުރި އެވެ. އެ ފަހުން ދައުލަތުގެ ޚަރަދުގައި އޭނާއަށް ދިފާއީ ވަކީލަކު ވެސް ހަމަޖައްސާފައި ވަނިކޮށް އަލުން ކުށަށް އިއުތިރާފްވީ އެވެ. މިހާރު ކުރިއަށް ދަނީ ގަސްތުގައި ކުރި ކަމެއްތޯ ނޫނީ ނޫންތޯ ސާބިތު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox