ދެކުނު އެފްރިކާއަށް މޯލްޑިވިއަނުން ދަތުރުތައް ފަށަނީ

މޯލްޑިވިއަނުން އިންޓަނޭޝަނަލް ދަތުރުތަކަށް ބޭނުންކުރާ އެއާބަސް ފްލައިޓެއް. ސައުތު އެފްރިކާއަށް ދަތުރުކުރާނީ މޮރިޝަސްގައި މަޑުކުރުމަށް ފަހު --- ފޮޓޯ: ޕްލޭން ސްޕޮޓާސް.ކޮމް

މޯލްޑިވިއަނުން އިންޓަނޭޝަނަލް ދަތުރުތަކަށް ބޭނުންކުރާ އެއާބަސް ފްލައިޓެއް. ސައުތު އެފްރިކާއަށް ދަތުރުކުރާނީ މޮރިޝަސްގައި މަޑުކުރުމަށް ފަހު --- ފޮޓޯ: ޕްލޭން ސްޕޮޓާސް.ކޮމް

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމާޒުގައި މޯލްޑިވިއަން އިން ދެކުނު އެފްރިކާއަށް ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ގައުމީ އެއާލައިން ހިންގާ އައިލެންޑު އޭވިއޭޝަންގެ 22 ވަނަ އަހަރީ ދުވަހާ ގުޅިގެން "އަދަދު" އަށް ދެއްވި އިންޓަވިއުގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވަނީ އެކަން ހާމަކުރައްވާފަ އެވެ.

މިވަގުތު މޯލްޑިވިއަނުން ބޭރުގެ ދަތުރުތައް ކުރަމުންދަނީ އެންމެ ދެ ބޯޓާއެކު އެވެ. އެ ބޯޓުތަކުގެ ރޭންޖު ދަށްވުމުން ދަތުރުކުރެވޭ ގައުމުތައް މަދެވެ. ނަމަވެސް، މި ބޯޓުތަކާއެކު ވެސް ދަތުރުތައް އެ ކުންފުނިން ފަށަން ވަނީ ނިންމާފަ އެވެ.

"އަޅުގަނޑުމެންގެ މިހާރު ހުރި ބޯޓުތައް ބޭނުން ކޮށްގެން އިހަކަށް ދުވަހަކު ސައުތު އެފްރިކާއަށް ވެސް އެޅިން ފްލައިޓެއް،" އެ ގައުމަށް ދަތުރުތައް ފަށަން ހަމަޖެހިފައިވާކަން ހާމަކުރައްވަމުން ޖެނިފާ ވިދާޅުވި އެވެ.

ދެކުނު އެފްރިކާއަށް މޯލްޑިވިއަންގެ ދަތުރުތައް ކުރާނީ މޮރިޝަސްގައި ޓްރާންސިޓު ކުރުމަށްފަހު އެވެ.

"އަޅުގަނޑުމެން ބޭނުން ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ކޮންމެވެސް ކަހަލަ އިންޕުޓެއް ވެސް ދޭން،" މި ދަތުރުތައް ފަށަން ގަސްތުކުރާ ސަބަބު ސާފުކޮށްދެއްވަމުން ޖެނިފާ ވިދާޅުވި އެވެ.

އަންނަ މަހުން ފެށިގެން ދެކުނު އެފްރިކާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް މަސައްކަތް ކުރާއިރު، އެ ކުންފުނީގެ އަމާޒު ހުރީ އޮޕަރޭޝަންތައް ފެށުމަށް ފަހު، މެދުނުކެނޑޭ ގޮތަކަށް އެ ރޫޓުގައި ފްލައިޓުތައް ބޭއްވުމަށެވެ. އެގޮތުން، ހަފްތާއަކު ދެ ފްލައިޓު ނުވަތަ މަހަކު ހަތަރު ފްލައިޓު ބާއްވަން ދަނީ މަޝްވަރާ ކުރަމުންނެވެ.

މޯލްޑިވިއަންގެ އަމާޒުތައް ހުރީ އިންޓަނޭޝަނަލް ފްލައިޓުތައް އިތުރުކޮށް ރާއްޖެއަށް ފަތުރުވެރިން ގެންނަ މިންވަރު އިތުރުކުރުމަށެވެ. އެކަން ކުރުމަށް ބޮޑު ބޯޓެއް ގެނައުމަށް ވެސް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގަ އެބަހުރި އޭ-330 އެއަކްރާފްޓެއް ގެނައުމަށް،" ކުންފުނީގެ އަމާޒުހުރީ ބޮޑެތި ބޯޓުގައި މީހުން އުފުލަންކަން ހާމަކުރައްވަމުން ޖެނިފާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox