ވިޔަރެއާލުން ބަޔާން ޗެމްޕިއަންސް ލީގުން ކަޓުވާލައިފި

Apr 12, 2022, 9:01 PM
ސެމިއުލް ޗުކުވޭޒީ ވިޔަރެއާލްގެ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސެމިއުލް ޗުކުވޭޒީ ވިޔަރެއާލްގެ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (އޭޕްރީލް 13) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލުމަށް ފަހު ވިޔަރެއާލް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިއީ ވިޔަރެއާލްގެ ތާރީހުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅޭ ދެ ވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ކުޅުނީ 2005 ވަނަ އަހަރު އެވެ. އެ ފަަހަރު ސެމީ ފައިނަލުގައި ވަނީ އާސެނަލް އަތުން ބަލިވެފަ އެވެ.

މި ފަހަރުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ވިޔަރެއާލް ވަނީ 1-0 އިން ބަޔާން ބަލިކޮށްފަ އެވެ. އަދި މިރޭ ބަޔާން ދަނޑުގައި އެ ޓީމުން ލީޑުނެގި ނަމަވެސް ވިޔަރެއާލުން ވަނީ މެޗުގެ ފަހު ވަގުުތު 1-1 އިން އެއްވަރުކޮށްފަ އެވެ. އެގްރިގޭޓުން ބަލާއިރު، ވިޔަރެއާލަށް ކުރި ލިބުނީ 2-1 އިންނެވެ.

ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި މޮޅުވެފައި އޮތުމުން ވިޔަރެއާލުން މިރޭ ބަޔާން ދަނޑަށް ނުކުތީ ވަރަށް ބޮޑަށް ޑިފެންސަށް ފޯކަސްކޮށްގެންނެވެ. ބަޔާންގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ފުރަތަމަ ހާފުގައި ވިޔަރެއާލްގެ ދެ ޑިފެންޑަރުން ކަމަށްވާ ޕައު ޓޮރޭޒް އާއި ރައުލް އަލްބިއޯލް ކައިރިން މާ ގިނަ ހުސް ފުރުސަތެއް ތަނަވަސްނުކުރެވުނެވެ.

ކައުންޓަ އެޓޭކުގައި ވިޔަރެއާލްގެ ކުރިއަށް ކުޅޭ އާނައުޓް ޑަންޖޫމާ އާއި ޖެރާޑް މޮރޭނޯ ވެސް ގޯލެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެކަމަކު، ފޮނުވާލި ބޯޅަތައް ގޯލަކަށް ހަދާލެވޭ ގޮތެއްނުވި އެވެ.

ދެ ވަަނަ ހާފްގެ ކުޅުން ފަށައިގެން ހަތް މިނިޓް ތެރޭ ބަޔާނުން ވަނީ ގޯލު ޖަހައިފަ އެވެ. މި ލަނޑު ޖެހީ ތޯމަސް މުލާ ދިން ބޯޅައަކުން ރޮބަޓް ލެވަންޑޯސްކީ އެވެ. ލެވަންޑޯސްކީ ތިރިތިރިން ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

މެޗުގެ 72 ވަނަ މިނިޓްގައި ބަޔާނަށް ދެ ވަނަ ގޯލެއް ޖަހައިދޭން މުލާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ލެރޯއި ސާނޭ ނެގި ހުރަހަކުން އޭރިއާތެރެއިން ހުސްކޮށްއަރައި މުލާ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ވިޔަރެއާލުން މުޅި މެޗުގައި ޑިފެންސަށް ވިސްނައިގެން ކުޅުނު ނަމަވެސް ފަހުން ބަދަލުތަކެއް ގެނެސްގެން އެޓޭކްކުރަން މަސައްކަތް ފެށި އެވެ. ވިޔަރެއާލަށް ނަތީޖާ ހަމަހަމޮށްދިން ގޯލު ޖަހައިދިނީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި ސެމިއުލް ޗުކުވޭޒީ އެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށް ބަޔާންގެ އޭރިއާ ކައިރިން ވިޔަރެއާލްގެ ފޯވާޑް، ޖެރާޑް މޮރޭނޯ ހުސްކޮށްލާފައި ދިން ބޯޅަ ޗުކުވޭޒީ ވަނީ ބަޔާން ކީޕަރު މެނުއަލް ނޯޔާ އަށް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ވިޔަރެއާލުން ސެމީ ފައިނަލުގެ ޖާގަ މި ހޯދީ ޔޫރަޕްގެ ގަދަ ދެ ބާރު ކަޓުވާލައިފަ އެވެ. ގަދަ 16 ބުރުގައި ޔުވެންޓަސް ދަނޑުގައި މޮޅުވެ، އެ ޓީމު ކަޓުވާލިއިރު، ކުއާޓާގައި މި ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ހަ ފަހަރު ހޯދާފައިވާ ބަޔާން ބަލިކޮށްފަ އެވެ.

އުނާއި އެމެރީގެ ކޯޗުކަމުގައި ކުޅޭ ވިޔަރެއާލުން ސެމީގައި ކުޅެން ޖެހޭނީ ކުއާޓާގައި ލިވަޕޫލާއި ބެންފީކާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ލިވަޕޫލް ވަނީ ފުރަތަމަ ލެގުގައި ބެންފީކާ ދަނޑުގައި 3-1 އިން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox