ފެނާންޑީނިއޯ ސިޓީ ދޫކޮށްލަނީ، ގާޑިއޯލާ އަށް ގަބޫލެއް ނުކުރެވުނު

Apr 12, 2022, 6:23 PM
ސިޓީގެ މެޗެއްގެ ތެރެއިން ފެނާންޑީނިއޯ (ކ) އާއި ގާޑިއޯލާ.

ސިޓީގެ މެޗެއްގެ ތެރެއިން ފެނާންޑީނިއޯ (ކ) އާއި ގާޑިއޯލާ.

މެންޗެސްޓާ (އޭޕްރީލް 12) - މި ސީޒަނަށް ފަހު މެންޗެސްޓާ ސިޓީ ދޫކޮށްލަން ނިންމާފައިވާ ކަމަށް ބްރެޒިލްގެ މިޑްފީލްޑަރު ފެނާންޑީނިއޯ އިއުލާނުކުރިއިރު، އެކަމުގެ މައުލޫމާތު ފުރިހަމަ އަށް ލިބިފައިނުވާ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ފެނާންޑީނިއޯ، 36، ވަނީ މިދިޔަ އަހަރު ޖޫން މަހު ސިޓީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާ ކޮށްފަ އެވެ. އަންނަ ސީޒަނުގައި ވެސް ސިޓީން ފެނިދާނެތޯ އެހުމުން ފެނާންޑީނިއޯ ބުނީ ގަވާއިދުން ކުޅެން ބޭނުންވާތީ އަންނަ ސީޒަނުގައި ސިޓީން ނުފެންނާނެ ކަމަށެވެ.

މި ސީޒަނުގައި ފެނާންޑީނިއޯ ސިޓީ އަށް ކުޅުނީ 23 މެޗުގަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ފެނާންޑީނިއޯ ކުޅެފައިވަނީ ހަ ފަހަރު އެވެ. މިއީ 2013 ވަނަ އަހަރު ޝަހުތަރު ޑޮނެސްކް ދޫކޮށް ސިޓީ އަށް ބަދަލުވި ފަހުން ލީގު ސީޒަނެއްގެ މިހާ ހިސާބަށް ފެނާންޑީނިއޯ އެންމެ މަދުން މެޗު ކުޅުނު ފަހަރެވެ.

"އަހަރެން ބްރެޒިލަށް ގޮސްފައި، އާއިލާއާ އެކު ވަގުތު ކޮޅެއް ހޭދަކޮށްފައި، މުސްތަގުބަލާ ބެހޭގޮތުން ގޮތެއް ނިންމާނަން،" އަންނަ ސީޒަނުގައި ކުޅޭނެ ޓީމެއް ނިންމާފައިވޭތޯ އެހުމުން ފެނާންޑީނިއޯ ބުންޏެވެ.

މި ސީޒަނުގައި ސިޓީގެ މެޗެއްގެ ތެރެއިން ފެނާންޑީނިއޯ: މިއީ ސިޓީ އަށް ބަދަލުވި ފަހުން ފެނާންޑީނިއޯ އެންމެ މަދުން ލީގު މެޗުގައި ފެނުނު ފަހަރު.

އަންނަ ސީޒަނުގައި ފެނާންޑީނިއޯ ފެނުން އެންމެ ގާތީ އިޓާލިއަން ލީގު ނޫނީ ބްރެޒިލްގެ ކްލަބަކުންނެވެ. ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފެނާންޑީނިއޯ ހޯދަން ބްރެޒިލްގެ ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. މެޗ

ފެނާންޑީނިއޯ ޓީމު ދޫކޮށްލަން ނިންމި ވާހަކައާ ބެހޭގޮތުން ގާޑިއޯލާއާ ނޫސްވެރިން ސުވާލުކުރުމުން ބުނީ ފެނާންޑީނިއޯގެ އެ ނިންމުމުގެ މައުލޫމާތު ފުރިހަމަަ އަށް ލިބިފައިނުވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ފެނާންޑީނިއޯއާ އެ ކަމާ ބެހޭގޮތުން ވާހަކަ ދައްކާނެ ކަމަށެވެ.

"ފަހަރެއްގައި ވެދާނެ އެއީ ފެނާންޑީނިއޯގެ އާއިލާއާ ގުޅޭ ނިންމުމެއް ކަމަށް. ނޫނީ ވެދާނެ މި ސީޒަނުގައި މެޗު ކުޅެލަން ލިބުނު ވަގުތު މަދުވެގެން އޭނާ ނިންމަން ޖެހޭ ނިންމުމެއް ކަމަށް. އަދި މި ވަގުތު އަހަންނަށް މި ކަމުގެ ފުރިހަމަ މައުލޫމާތެއް ލިބިފައިނުވޭ،" ގާޑިއޯލާ ބުންޏެވެ.

ސިޓީއާ އެކު ފެނާންޑީނިއޯ ވަނީ ހަތަރު ފަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމާއި ލީގު ކަޕް ހަ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. ގާޑިއޯލާ ބުނީ ސިޓީ އަށް ފެނާންޑީނިއޯ ކޮށްދީފައިވަނީ އަގުހުރި ހިދުމަތްތަކެއްކަން އެ ކްލަބްގެ ކޮންމެ މީހެއް ވެސް ގަބޫލުކުރާނެ ކަމަށެވެ.

ގާޑިއޯލާ ދެއްކި ވާހަކަތަކާ ބެހޭގޮތުން ފެނާންޑީނިއޯ ބުނީ އަބަދުވެސް ވާހަކަ ދައްކަނީ ހަގީގަތަށް ކަމަށާއި މި ސީޒަނުގައި ސިޓީން ވާދަކުރަމުން އަންނަ ހުރިހާ މުބާރާތެއްގެ ތަށި ހޯދަން އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ފެނާންޑީނިއޯ ސިޓީން ގޮސްފިނަމަ އެ ތަނަށް އެ ޓީމުން ހޯދަން މަސައްކަތްކުރަނީ ރެއާލް ސޮސިއެޑާޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު މިކޭލް މެރީނޯ އެވެ. މެރީނޯ ވަނީ މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑަށް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox