ފުށް ފެކްޓްރީ އެޅުމަށް ކުޅުދުއްފުށިން ބިމެއް ކަނޑައަޅައި މަސައްކަތް ފަށަނީ

ފުށް ފެކްޓްރީ އެޅުމަށް ހާއްސަ ކުރި ބިން ބައްލަވާ ލެއްވުމަށް އެސްޓީއޯ އާއި އެމްޕީއެލްގެ ބޭފުޅުން ވަޑައިގަންނަވަނީ--- ފޮޓޯ: އެސްޓީއޯ

ފުށް ފެކްޓްރީ އެޅުމަށް ހާއްސަ ކުރި ބިން ބައްލަވާ ލެއްވުމަށް އެސްޓީއޯ އާއި އެމްޕީއެލްގެ ބޭފުޅުން ވަޑައިގަންނަވަނީ--- ފޮޓޯ: އެސްޓީއޯ

ހދ. ކުޅުދުއްފުށި ސިޓީގައި ގާއިމްކުރަން ނިންމާފައިވާ ފުށާއި ހަނޑޫ ބަންދުކުރާ ފެކްޓްރީގެ އަމަލީ މަސައްކަތް މިއަހަރު ފެށުމަށް އެސްޓީއޯއިން ނިންމައިފި އެވެ.

ފެކްޓްރީ އެޅުމަށް ބޭނުންވާ ބިން ބެލުމަށް އެސްޓޯއޯގެ އިސް ވެރިންނާއި އެމްޕީއެލްގެ ވެރިން މިއަދު ވަނީ ކުޅުދުއްފުއްޓަށް ޒިޔާރަތް ކޮށްފަ އެވެ.

އެގޮތުން ކުޅުދުއްފުއްޓަށް ވަޑައިގެން ކައުންސިލާ ބައްދަލު ކޮށްފައި ވަނީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ. އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި ފުށް ފެކްޓްރީ އެޅުމަށް ބިމެއް ވަނީ ފައިނަލްކޮށްފަ އެވެ. އެ ފެކްޓްރީ އެޅުމަށް އެއްބަސްވީ ކުޅުދުއްފުށީގައި އެމްޕީއެލްއިން ހިންގާ ޕޯޓް ހިމެނޭ ސަރަހައްދުން އެ ކުންފުންޏަށް ދޫކޮށްފައިވާ ބިމުން ސަރަހައްދެއްގަ އެވެ. އެ ސަރަަހައްދުގައި ކުޅުދުއްފުށީ އެސްޓީއޯ ފިހާރަ ވެސް ހުރެ އެވެ.

އަމްރު ވިދާޅުވީ މި ފުށް ފެކްޓްރީގެ ސަބަބުން ކުޅުދުއްފުށި ސިޓީގައި އިތުރު ވަޒީފާތައް އުފެދި އަލަށް ވިޔަފާރިއަށް ވަންނަން ބޭނުންވާ މީހުންނަށް ވެސް ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ.

މި ފުށް ފެކްޓްރީއަކީ ރާއްޖެއަށް ދިމާވެފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އެސްޓީއޯއިން މި އަހަރު އިއުލާނުކުރި މަޝްރޫއެކެވެ. އަދި އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ފެކްޓްރީ އޮޕަރޭޝަނަށް ގެންނަން ކުރަން ޖެހޭ މަސައްކަތްތަށް އެސްޓީއޯއިން އަންނަނީ ކުރަމުންނެވެ.

ފުށް ފެކްޓްރީ މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށުމާ ގުޅިގެން އެސްޓީއޯއިން ބުނީ ފެކްޓްރީއާ ގުޅޭ ދިރާސާތައް ކުރަން ބޭރުގެ ކޮންސަލްޓަންޓުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ކާމިޔާބުކަން ކަށަވަރުކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން އެ ކޮންސަލްޓަންޓުންނާ ގުޅިގެން އެސްޓީއޯއިން ބަލަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox