މަސްވެރިން މުޒާހަރާއަށް؛ ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓުމަކަށް!

މަސްވެރިން މިއަދު ކޫއްޑޫގައި ކުރި މުޒާހަރާ؛ މަސްވެރިން ގޮވާލަނީ މިފްކޯގެ އިސްވެރިންނާ ބައްދަލުކުރުމަށް. ފޮޓޯ: މުހައްމަދު މުއްދަސިރު

މަސްވެރިން މިއަދު ކޫއްޑޫގައި ކުރި މުޒާހަރާ؛ މަސްވެރިން ގޮވާލަނީ މިފްކޯގެ އިސްވެރިންނާ ބައްދަލުކުރުމަށް. ފޮޓޯ: މުހައްމަދު މުއްދަސިރު

ދެކުނުގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީއަށް ނުތަކާވަރަށް މަސް ބާނަމުންދާތީ މަސް ގަންނަ މިންވަރު އެ ކުންފުނިން ލިމިޓުކުރުމާ ގުޅިގެން މުޒާހަރާއަށް ނުކުމެ ކޫއްޑޫގެ އޮޕަރޭޝަންތައް މަސްވެރިން ހުއްޓުމަކަށް ގެނެސްފި އެވެ.

ދުވަހުން ދުވަހަށް މަސްވެރިން ބާނާ މަސް ކިރުމުގެ ގޮތުން އެޕްރީލް 6 އިން ފެށިގެން މިފްކޯ އިން ކިރަމުން ދަނީ ދޯންޔަކުން ފަސް ޓަނު މަހެވެ.

އެކަމާ ހިތްހަމަނުޖެހިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ގާތްގަނޑަކަށް 50-100 އާ ދެމެދުގެ އަދަދަކަށް މަސްވެރިން ވަނީ ކޫއްޑޫއަށް އަރައި ހިތްހަމަނުޖެހުން ފާޅުކޮށް، މިފްކޯގެ އިސްވެރިންނާ ބައްދަލުކުރަން ޑިމާންޑު ކޮށްފަ އެވެ. އަދި، ރެއިން ފެށިގެން މިފްކޯ ކަލެކްޓަރު ބޯޓުގައި ހުރި މަސްތައް ނަގައި، އެ ބޯޓުތައް ހުސްކުރުމަށް ވެސް މަސްވެރިން ވަނީ ހުރަސް އަޅައިފަ އެވެ.

ކޫއްޑުގެ އޮޕަރޭޝަންތަކާ ހަވާލުވެވަޑައިގެން ހުންނަވާ މިފްކޯ ޖެނެރަލް މެނޭޖަރު އަހުމަދު ޒާހިރު މި ނޫހަށް ވިދާޅުވީ، މަސްވެރިން އެކަމަށް ހުރަސްއެޅުމާއެކު މިވަގުތު މަސްކިރުމުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

"މިވަގުތު ކޫއްޑޫގައި އެބަ އޮތް 26 ދޯނި. މަސް ކިރުމުގެ ކަންކަން އޮތީ ހުއްޓިފަ. މަސްވެރިން ބޭނުންވަނީ އެއްކޮށް ކިރަން. އެކަމަކު އެކަމެއް ނުވާނެތާ ކެޕޭސިޓީއަށާ އެހެން ދޯނިތަކަށް ވެސް ޖާގަ ދޭން ޖެހޭތީ. އެހެން ނުވާތީ ހުރަސް އަޅަނީ. އަދި އިތުރު ގޮތެއް ހަމައެއް ނުޖެހޭ، ހަމަޖެހެންދެން ލިމިޓުކޮށްގެން ކިރާނީ،" ޒާހިރު ވިދާޅުވި އެވެ.

މަސްކިރަން އައިސްތިބި ދޯނިތަކުގެ ތެރޭގައި 40 ޓަނުގެ މަސް ކިރައިގެން ކޫއްޑޫއަށް ދަތުރުކުރި ދޯނިތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، މަސްވެރިންނާ އަބަދުވެސް ކޫއްޑޫގެ މެނޭޖްމެންޓުން ބައްދަލުކުރަމުންދާ ކަމަށް ޒާހިރު އިތުރަށް ވިދާޅުވި އެވެ.

ނަމަވެސް، މަސްވެރިން ތިބީ ގޮތްދޫކުރާ ގޮތަކަށް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. ކޫއްޑޫގެ އޮޕަރޭޝަންތައް ފެށޭނީ ކަލެކްޓަރު ބޯޓުތައް ހުސްކުރެވިގެން ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.

އެ މުޒާހަރާ މިއަދު ކުރިޔަށްދިޔައިރު، ކޫއްޑޫގައި ސަލާމަތީކަންކަން ބަލަހައްޓަން ތިބޭ ފުލުހުން ދިޔައީ މަސްވެރިންނާ ވާހަކަ ދައްކައި، މަސްލަހަތު ދަމަހައްޓަން މަސައްކަތް ކުރަމުންނެވެ. އަދި، މިހާރު ކޫއްޑޫއަށް ފުލުހުންގެ އެސްއޯ ޓީމެއް ވެސް ގޮސްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ކޫއްޑޫގައި މިވަގުތު ހުރި މަސްވެރިޔެއް ކަމުގައިވާ މުހައްމަދު މުއްދަސިރު ބުނީ މަސްވެރިންގެ ހަމައެކަނި ގޮވާލުމަކީ މިފްކޯގެ މެނޭޖުމަންޓުން މަސްވެރިންނާ ބައްދަލުކޮށް، މަސްކިރުމުގައި އިތުރު ގޮތެއް ހަމަޖައްސައިދިނުން ކަމަށެވެ. ނަމަވެސް، މިފްކޯގެ މެނޭޖުމަންޓުގެ ފަރާތުން އެކަމަށް އެއްވެސް އިޖާބައެއް ދީފައިނުވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މި ގޮވާލަނީ މިފްކޯގެ މެނޭޖުމެންޓާ ބައްދަލުކުރަން. އެކަމަކު އެކަމެއް ނުކުރެވޭ އެބޭފުޅުންނަށް، އަޅުގަނޑުމެންނަށް މި ކުރިމަތިވާ ދަތިތަކާ ހެދި. ރެއިން ފެށިގެން އަޅުގަނޑުމެން މި މަސައްކަތްކުރަނީ. އެއްވެސް ޖަވާބެއް ނުލިބޭ ހަމަ،" ކޫއްޑޫގެ މުޒާހަރާގައި ހުރި މުއްދަސިރު މި ނޫހަށް ބުންޏެވެ.

މުއްދަސިރު އިތުރަށް ބުނީ މަސްވެރިން ދެކޮޅު ހަދަނީ ފަސް ޓަނުގެ ލިމިޓާ ހެދި ނޫން ކަމަށެވެ. އަދި، އޭގެ ބަދަލުގައި މަސްވެރިން ގޮވާލަނީ، މިހާރު ކިރަން އައިސް ތިބި ދޯނިތަކުން މަސްތައް ނަގައި ހުސްކުރުމަށް ކަމަށެވެ.

"އޭރުން އެމީހުން ކުރިޔަށް އޮތް ދެ ދުވަހެއް ތެރޭ މެނޭޖުކޮށް ކޮންޓްރޯލް ކުރެވޭނެ. އެވަރަށް ސަޕްލައި ވެއްޓޭނެ. ދެން އަނެއްކޮޅުން ދުވަސްވާވަރަކަށް މަހުގެ ކޮލިޓީ ވެއްޓި އަގަށް ވެސް ބަދަލު އަންނާނެ ބޭރަށް ފޮނުވާއިރު، އެކަންކަން ސާފުވާން ޖެހޭ އެބަ،" މުއްދަސިރު ބުންޏެވެ.

މަސްވެރިކަން ރަނގަޅުވުމާއެކު ބައެއް ދޯނިތަކުން ވަނީ ދުވާލެއްގެ މައްޗަށް 60 ޓަނުގެ މަސް ވެސް މިފަހުން ބާނައިގެން ކިރުމަށް ކޫއްޑުއަށް ދަތުރުކޮށްފަ އެވެ. ނަމަވެސް، އެހާ ގިނަ ދޯނިތަކަކުން އެއްފަހަރާ އެހާ ގިނަ މަހެއް ކިރުމުގެ ކެޕޭސިޓީ ކޫއްޑޫގަައި ވެސް ނެތުމުން، މިފްކޯއިން ވަނީ އެ ކުންފުނީގެ އުތުރު ހަބުކަމުގައިވާ ފެލިވަރުގައި އޮތް ދެ މަސްކިރާ ބޯޓެއް ކޫއްޑުއަށް ގެންގޮސްގެން މަސްކިރައިފަ އެވެ.

އެންމެ ފަހުން މަސްކިރުން ލިމިޓުކުރީ އެބޯޓުތައް ވެސް ކެޕޭސިޓީ އާ ހަމަޔަށް ދިޔުމުންނެވެ. އެއާއެކު ގިނަ މަސްވެރިން ވަނީ އެކަމަށް ހިތްހަމަނުޖެހުން ފާޅުކުރާ އަދި އެމީހުން ބޭނި މަސްތައް ކަނޑަށް އުކާލާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

މިފްކޯއިން ދަނީ ކޫއްޑޫގެ މަސްކިރުމުގެ ކަންކަމަށް ވަގުތީ ހައްލެއް ގެނައުމަށް ބޭރުން ބޯޓެއް ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެކަން ވެސް އަދި ހަމަޖެހިފައެއް ނުވެ އެވެ. އެކަމަކު މިއަދު މުޒާހަރާގައި ހުރި މަސްވެރިޔަކު ބުނީ މިފްކޯއިން ރޭގެ ވަގުތެއްގައި އިތުރު ބޯޓެއް ކޫއްޑޫއަށް ގެންދިޔަ ކަމަށެވެ. އެކަން މިފްކޯއިން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox