ހުޅަނގު އައްސޭރީގައި އިޒްރޭލުން ހިންގާ އޮޕަރޭޝަން ތިން ވަނަ ދުވަހަކަށް

ފަލަސްތީނު މީހަކު އިޒްރޭލުގެ އަސްކަރީ އުޅަނދަކަށް ގާ އުކަނީ. -- ފޮޓޯ: އޭއެފްޕީ

ފަލަސްތީނު މީހަކު އިޒްރޭލުގެ އަސްކަރީ އުޅަނދަކަށް ގާ އުކަނީ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އިޒްރޭލުން ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގައި ހިންގާ އޮޕަރޭޝަން ތިން ވަނަ ދުވަހަކަށް ދިގު ދަންމައިފި އެވެ.

ފާއިތުވި ތިން ހަފުތާގައި އިޒްރޭލުގައި ދީފައިވާ ތަފާތު އެކި ހަމަލާތަކުގައި 14 މީހުން މަރުވެފައިވެ އެވެ. އެއީ ޓެރަރިޒަމްގެ އަމަލުތަކެއްގެ ގޮތުގައި ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ސިފަކުރެއްވި އެވެ.

އާދީއްތަ ދުވަހު އިޒްރޭލުން ހުޅަނގު އައްސޭރީގައި ހިންގި އޮޕަރޭޝަނުގައި ފަލަސްތީނުގެ ހަތަރު މީހުން މަރުވި އެވެ. ޖެނިން އާއި ބެތްލްހެމްގެ ރައްޔިތުން ވަނީ މުޒާހަރާ ކުރަން ނިންމާފަ އެވެ.

މަރުވި މީހުންގެ ޖަނާޒާ އަށް އެތައް ހާސް ބަޔަކު ހޯމަ ދުވަހު ޖެނިންގެ މަގުތަކަށް ނުކުތީ ބަޑި އާއި ފަލަސްތީނުގެ ދިދަ ހިފައިގެންނެވެ. މަރުވި މީހުންގެ ތެރޭގައި ހަ ކުދިންގެ މަންމައެއް ހިމެނެ އެވެ.

ޖެނިން ރެފިއުޖީ ކޭމްޕުގައި އަސްކަރީ ކަންކަން ހިންގުމުގައި އިސްކޮށް އުޅޭ އަބޫ މުއާދް ބުނީ އިޒްރޭލުގެ "ޒަޔޮނިސްޓް ދުޝްމަނާ ދެކޮޅަށް ނުކުންނާނެ" ކަމަށެވެ.

އިޒްރޭލުގެ އޮޕަރޭޝަނުގައި ޓާގެޓް ކުރަނީ މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލުގައި ހަމަލާ ދިން އުމުރުން 28 އަހަރުގެ ރާދް ހާޒިމްގެ އާއިލާއަށެވެ.

ޖެނިންގައި ދިރިއުޅޭ ރާދް ހާޒިމްގެ އާއިލާ އާއި އިޒްރޭލް ސިފައިންނާ ދެމެދު ވަނީ ބަޑީގެ ހަމަލާތައް ބަދަލުކޮށްފަ އެވެ. އާއިލީ ގެ ސުންނާފަތި ކުރުމުގެ އިންޒާރު ދީ، ރާދް ހާޒިމްގެ ބައްޕަ އަމާން ދިނުމަށް ވެސް އިޒްރޭލުން ޑިމާންޑް ކުރެ އެވެ.

މި ފަހަރު ވެސް އިޒްރޭލާއި ފަލަސްތީނާ ދެމެދު ހަމަނުޖެހުން ބޮޑުވެފައި މި ވަނީ ރޯދަ މަހުގަ އެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ހަމަނުޖެހުން ބޮޑުވެ، 11 ދުވަހުގެ ހަނގުރާމައެއް ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox