އަދުހަމްގެ މައްޗަށް ގަސްދު މަރު ސާބިތުކުރަން ތިން ހެއްކެއްގެ ހެކި ބަސް ނަގައިފި

އަދުހަމް މުހައްމަދު: އޭނާއަކީ މީގެ ކުރިން މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެއް. ފޮޓޯ: ފޭސްބުކް

އަދުހަމް މުހައްމަދު: އޭނާއަކީ މީގެ ކުރިން މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެއް. ފޮޓޯ: ފޭސްބުކް

ހުޅުމާލޭގައި މީގެ ދެ އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59, ގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުއާ ދެކޮޅަށް ދައުލަތުން ހުށަހަޅަ ތިން ހެކިވެރިއެއްގެ ހެކިބަސް މިއަދު ނަގައިފި އެވެ.

ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ގަސްދު މަރުގެ ދައުވާ އެވެ.

އެ މައްސަލައިގައި އަދުހަމް ވަނީ ގާސިމްގެ މަރަށް އިއުތިރާފްވެފަ އެވެ. އެކަމަކު އަދުހަމް ވަނީ އެއީ އޭނާ ގަސްދުގައި ކުރިކަމެއް ނޫން ކަމަށް ބުނެފަ އެވެ. އެހެންކަމުން އެ މައްސަލަ އެއީ ގަސްދު މަރެއްގެ ގޮތުގައި ސާބިތުވޭތޯ ނުވަތަ ނުވޭތޯ ވަޒަން ކުރުމަށް ހެކިބަސް ނެގުން ވަނީ ފަށާފަ އެވެ.

އެ މައްސލައިގައި މިއަދު 10:00 ގައި އޮތް އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ތިން ހެކިވެރިޔަކު ހުށަހަޅާފަ އެވެ. އެ ތިން ހެކިވެރިންނަކީ ވެސް ފުލުހުންނެވެ. އޭގެ ތެރޭގައި ގާސިމް މަރާލި ދުވަސް، ޑިސެމްބަރު 4، 2019 ވަނަ ދުވަހު، އެ ސީންއަށް ހާޒިރުވެ، ފޮރެންސިކް ހެކި ނަގައި، ތަހުލީލުކުރި އަދި ރިޕޯޓު ތައްޔާރުކުރި އޮފިސަރުން ހިމެނެ އެވެ.

އޭގެ ތެރޭގައި އެ ސީންއިން ހެކި ނެގި އޮފިސަރަކާއި، ފިންގަޕްރިންޓް އެނަލިސިސް ހެދި އޮފިސަރަކާ، އަދުހަމް މާލޭގައި ދިރިއުޅެމުންދިޔަ މ. ޖަންތަރިގެ ބަލައި ފާސްކުރި އޮފިސަރަކު ވެސް ވަނީ މިއަދު ހެކި ބަސްދީފަ އެވެ.

އަދުހަމް, ގާސިމްއަށް ހަމަލާދީފައިވަނީ އަދުހަމް ގޮވައިގެން ގާސިމް ޓެކްސީ ދަތުރެއްގައި ހުޅުމާލޭގައި ދުއްވަމުން ދަނިކޮށެވެ. ގާސިމް މަރަލި ހާދިސާއަށްފަހު، އެ ސީންގައި އޮތް ގާސިމްގެ ޓެކްސީގެ ފަހަތު ސީޓުން ފިންގަޕްރިންޓް ނެގި ފުލުސް އޮފިސަރު މިއަދު ހެކިބަސްދެމުން ބުނީ އެ ފިންގަޕްރިންޓާއި އަދުހަމްގެ ފިންގަޕްރިންޓާ 52 ސިފަ ދިމާވާ ކަމަށެވެ.

ދިފާއުން އެ ފިންގަޕްރިންޓް ހެއްކާ ގުޅޭ ގޮތުން ސުވާލުކުރުމުން އެ އޮފިސަރު ވަނީ އުސޫލެއްގެ ގޮތުން ފިންގަޕްރިންޓް ދިމާވާން އޮންނަ އެންމެ ދަށް މިންގަނޑަކީ އަށެއް ސިފަ ކަމަށް ބުނެފަ އެވެ. އަދި އެއީ އެއްވެސް ޝައްކެއް ނެތި އަދުހަމްގެ ފިންގަޕްރިންޓް ކަމަށް އެ އޮފިސަރު ބުންޏެވެ.

އޭގެ އިތުރުން ދެން ހާޒިރުކުރި ސީން އޮފް ކްރައިމް ފުލުސް އޮފިސަރު ވަނީ އަދުހަމްގެ ހާޒިރުގައި ގާސިމް މަރާލި ސަރަހައްދު ބަލައި ފާސްކުރި ކަމަށް ބުނެފަ އެވެ. އަދި އެ ސަރަހައްދުގައި ހުރި ގޯނިތަކެއްގެ ތެރެއިން ނޫ ކުލައިގެ އަތްދިގު ގޮޅި ޖެހި ގަމީހެއް ނެގި ކަމަށާއި، އެ ގަމީހުގެ ދަށުގައި އޮތް ގާކޮޅަކުން ސްވަބް އެނަލިސިސްއަށް ލޭ ނެގިކަމަށް ވެސް އެ އޮފިސަރު ބުންޏެވެ.

އަދި އެ ސީންއަށް ހާޒިރުވެ ހުރި އަދުހަމް އެވަގުތު ލައިގެން ހުރި ފައިވާން ވެސް ހެކީގެ ގޮތުގައި ނަގާފައިވާ ކަމަށް އެ އޮފިސަރު ބުންޏެވެ. ނަމަވެސް ފައިވާން ނަގަން ޖެހުނީ ކޮން ސަބަބަކާހުރެ ކަމެއް ޝަރީއަތުގެ މަޖިލީހުގައި މިއަދު އެ އޮފިސަރު ނުބުނެ އެވެ.

ތިން ވަނައަށް ހާޒިރުކުރީ، އަދުހަމް މާލޭގައި ދިރިއުޅެމުން ދިޔަ މ. ޖަންތަރިގެ ބަލައިފާސްކޮށް ހެކި އެއްކުރި ފުލުސް އޮފިސަރުންގެ ތެރެއިން އޮފިސަރެކެވެ. އެ އޮފިސަރު މިއަދު ހެކިބަސް ދެމުން ވަނީ އެ ސީންއަށް އޭނާއާއެކު އެސްއޮ ފުލުހުންގެ ޓީމެެއް އަދި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ޓީމެއް ވެސް ދިޔަ ކަމަށް ބުނެފަ އެވެ.

ދައުލަތުން އެސްއޯ ފުލުހުން އަދުހަމް ދިރިއުޅުނު ގެޔަށްދާން ޖެހުނު ސަބަބު ކިޔައިިދިނުމަށް އެދުމުން އެ އޮފިސަރު ވަނީ އެއީ ބޮޑަށް އާންމު ހަމަޖެހުން ދެމެހެއްޓުމަށް ކަމަށާއި، ނަމަވެސް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްއިން އެތަނަށް ދިޔަ ސަބަބެއް އެނގިފައި ނުވާ ކަމަށެވެ.

އެ އޮފިސަރު ވަނީ ޖަންތަރިގެޔަށް ކޯޓު އަމުރަކާއެކު ވަދެ، ދެ ފަންފިލާއެއްގައި ހުރި ކޮޓަރިތަކެއް ބަލައި، ގިނަ އަދަދެއްގެ ތަކެތި މާއްދީ ހެކީގެ ގޮތުގައި ގެންދިޔަ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހުސް އަދުހަމް ލާ އަންނައުނުތަކެވެ. މިއަދު ހުށަހެޅި ތިން އޮފިސަރުން ވެސް ވަނީ މައްސަލައާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓުތަކާއި ފޮޓޯތަކަކީ ސައްހަ ތަކެތި ކަމަށް ބުނެފަ އެވެ.

އެ މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ. އަދި ބުރަސްފަތި ދުވަހު ވެސް އެ މައްސަލައިގެ އަޑުއެހުމެއް މައްސަލަ ބައްލަވާ ގާޒި އަލީ ނަދިމް ވަނީ ތާވަލުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox