ފަހު ވަގުތު މޮޅުުވުމުން ބާސެލޯނާ ދެ ވަނަ އަށް

Apr 11, 2022, 12:36 AM
ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ޕެޑްރީ (ވ) އާއި ގަވީ (ކ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ޕެޑްރީ (ވ) އާއި ގަވީ (ކ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޭޕްރީލް 11) - ސްޕެނިޝް ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ލެވަންޓޭ އަތުން ފަހު ވަގުތު ގޯލު ޖަހައި 3-2 އިން މޮޅުވެ، ބާސެލޯނާ އަލުން ލީގުގެ ދެ ވަނަ އަށް ރޭ ޖެހިލައިފި އެވެ.

ބާސެލޯނާ އިން ރޭގެ މެޗަށް ނުކުތްއިރު، ހުކުރު ދުވަހުގެރޭ ގްރަނާޑާ އަތުން ހޯދި މޮޅާ އެކު ސެވިއްޔާ އޮތީ ދެ ވަނައިގަ އެވެ. ބާސެލޯނާ އިން ދެ ވަނަ އަށް އެރީ ފަހަތުން އަރައި މޮޅުވެގެންނެވެ. އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 31 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ބާސެލޯނާ އޮތީ 30 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ސެވިއްޔާ އަށް ވެސް ވަނީ 31 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ. އެތުލެޓިކޯ މެޑްރިޑް ހަތަރެއްގައި އޮތީ 31 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ލެވަންޓޭ އިން ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލީޑުނެގޭތޯ ރަނގަޅު ހަަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން ލެވަންޓޭގެ ކެޕްޓަން، ހޯސޭ ލުއިސް މޮރާލޭސް ބާސެލޯނާގެ ޑިފެންސް ތެރެއިން ދެމިގަނެ ގޯލަށް ޖަހަން ފޮނުވާލި ބޯޅަ ރޮނގުމަތިން ސަލާމަތްކުރީ ބާސެލޯނާގެ ޑިފެންޑަރު އެރިކް ގާސިއާ އެވެ.

ދެ ވަނަ ހާފްގައި ކުޅުން ފަށައިގެން ހަތް ވަނަ މިނިޓްގައި ލެވަންޓޭ އިން ލީޑުނެގީ މޮރާލޭސް ވައްދާލި ޕެނަލްޓީންނެވެ. މިއީ ބާސެލޯނާގެ ޑެނީ އަލްވޭސް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އޭގެ އިރުކޮޅެއް ފަހުން އެރިކް ގާސިއާ އަތުގައި ބޯޅަ ޖެހުމުން، ލެވަންޓޭ އަށް ދެ ވަނަ ޕެނަލްޓީއެއް ދިނެވެ. އެކަމަކު، ލީގުގެ 19 ވަނައިގައި އޮތް ލެވަންޓޭ އަށް ލީޑުފުޅާކޮށްދޭން ރޮޖާ ފޮނުވާލި ޕެނަލްޓީ ބާސެލޯނާ ކީޕަރު ޓާ ސްޓެގެން މަތަކުރި އެވެ.

ބާސެލޯނާ އިން ވަނީ ޕެޑްރޯ އާއި ގަވީ ކުޅެން އަރުވައި، ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ.

މެޗުގެ 58 ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭ ނެގި ހުރަހަކުން ބާސެލޯނާ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ޕިއޭ އެމެރިކް އޮބާމަޔަން ބޮލުންނެވެ. މިއީ ޖެނުއަރީ މަހު ބާސެލޯނާއާ ގުޅުނު ފަހުން އޭނާ ލީގުގައި ޖެހި އަށް ވަނަ ގޯލެވެ. އޭގެ ފަސް މިނިޓް ފަހުން ގަވީ ދިން ބޯޅައަކުން އޭރިއާތެެރެއިން ޕެޑްރީ ވަނީ މޮޅު ގޯލެއް ޖަަހައި ބާސެލޯނާ އަށް ލީޑުނަަގައިދީފަ އެވެ.

މެޗުގެ 83 ވަނަ މިނިޓްގައި ލެވަންޓޭ އަށް މެޗުގައި ތިން ވަނަ ޕެނަލްޓީއެއް ލިބުނެވެ. ބާސެލޯނާގެ ކްލެމެންްޓް ލޯންގްލޭ، ކުޅެން އެރިތާ މާގިނައިރެއްނުވެ، އޭރިއާތެރެއިން ލެވަންޓޭގެ ޑެނިއަލް ގޯމޭޒަށް ކުރި ފައުލަކަށް ޕެނަލްޓީ އެއް ދިނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް، ގޮންޒާލޯ މެލޭރޯ ވަނީ ލެވަންޓޭ އަށް އެއްވަރުކޮށްދީފަ އެވެ. މެލޭރޯ ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލަކަށެވެ.

މެޗު އެއްވަރުވާނެ ކަމަށް ބެލެވިފައިވަނިކޮށް، ބާސެލޯނާ އިން މޮޅުވާން ކުރި މަސައްކަތް ކާމިޔާބުވީ އިތުރު ވަގުތުގަ އެވެ. އިތުުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ޖޯޑީ އަލްބާ ނެގި ހުރަހަކުން މި ގޯލު ޖެހީ ލޫކް ޑި ޔޯން ބޮލުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox