ވަޒީފާގެ ބިރު ދައްކާ ކަމަށް ބުނެ އިންތިގެ ޓީމުން ހުށަހެޅި މައްސަލަ ބަލަނީ

ށ. ނަރުދޫގައި އިންތި ކެމްޕޭނު ކުރައްވަނީ. އޭނާގެ ޓީމުން ދަނީ އަންނަ ބުދަ ދުވަހުން ފެށިގެން ތ. އަދޮ ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ކެމްޕޭންކުރަން ފުރަން ތައްޔާރުވަމުން. ފޮޓޯ: އަންވަރު/ޓްވިޓާ

ށ. ނަރުދޫގައި އިންތި ކެމްޕޭނު ކުރައްވަނީ. އޭނާގެ ޓީމުން ދަނީ އަންނަ ބުދަ ދުވަހުން ފެށިގެން ތ. އަދޮ ލ. އަތޮޅުގެ ހުރިހާ ރަށެއްގައި ކެމްޕޭންކުރަން ފުރަން ތައްޔާރުވަމުން. ފޮޓޯ: އަންވަރު/ޓްވިޓާ

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބާއި ގުޅިގެން ބައެއް ފަރާތްތަކުން ޕާޓީގެ މެމްބަރުންނަށް ވަޒީފާގެ ބިރު ދައްކާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އެ ޕާޓީގެ އިންތިހާބާ ގުޅޭ ޝަކުވާ ކޮމިޓީން ބަލަމުންދާ ކަމަށް އެ އިންތިހާބުގައި ވާދަކުރާ އިމްތިޔާޒް ފަހުމީގެ ކެމްޕޭން ޓީމުން ބުނެފި އެވެ.

ކެމްޕޭންގެ ތެރެއިން އާންމު މެމްބަރުންގެ ފަރާތުން ލިބުނު ޝަކުވާތައް ޝަކުވާ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށާއި އަދި އޭގެ ތެރެއިން އެއް މައްސަލަ މިހާރު އެ ކޮމިޓީން ބަލަމުންދާ ކަމަށް އިންތި ކެމްޕޭނު ޓީމުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ވަހީދު ވަނީ އެޓިމުގެ ޝަކުވާ އާ ގުޅިގެން ކޮމިޓީން ދެއްވި ޖަވާބު މިއަދުގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

Advertisement

"އިމްތިޔާޒް ފަހުމީއަށް ތާއިދުކުރައްވާ ބައެއް ފަރާތްތަކަށް ދައުލަތުގެ އެކި މުއައްސަސާތަކުގައި ތިބި އެކި ފަރާތްތަކުން އެ މީސްމީހުންގެ މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުންނަށް ބިރު ދައްކަމުން ގެންދާކަމުގެ މައުލޫމާތު ތިޔަ ކެމްޕޭން ޓީމަށް ލިބިފައިވާ ކަމަށް ވިދާޅުވެ ލިޔުއްވާފައިވާ ސިޓީތަކުގަައިވާ މައްސަލަތައް ޗެއާޕާސަން އަންހެނުންގެ ރޫހު، އަދި ޒުވާނުންގެ ހިތްވަރުގެ އިންތިހާބަށް އެކުލަވާލާފައިވާ ޝަކުވާ ބަލާ ކޮމިޓީން ބަލަމުން ގެންދާ ވާހަކަ ދަންނަވަން،" ވަހީދު ޖަވާބު ސިޓީ ކިޔުއްވަމުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީފާ އާއި ސަރުކާރުގެ ހިދުމަތްތަކާއި ރަށު ތަރައްގީފަދަ ކަންކަން، ވަކި މީހަކަށް ވޯޓު ނުދީފިނަމަ، ހުއްޓި ނުވަތަ ނިމުމަކަށް އައިސްދާނެ ކަމަށް ބުނެ ބިރު ދެއްކުމަކީ އެމްޑީޕީގެ އަސާސެއް ނޫން ކަމަށެވެ.

އެމްޑީޕީގައި އަމިއްލަ ކަންކަމާއި މަގާމު ހާސިލުކުރުމަށް ބަޔަކު ހީލަތްތެރި ގޮތުގައި މަސައްކަތްކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި، އެއީ ޕާޓީ ތެރޭގައި ބައިބައިވުން އުފައްދައި ވެރިކަމަށް އައުމުން އަމިއްލަ އެޖެންޑާ ޕްރޮމޯޓުކޮށް، އަމިއްލައަށް މަގާމު ހޯދަން މަސައްކަތްކުރާ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެރިކަމަށް އައިމާ ބައެއް ފަހަރު ހަމަ ބައެއް ބޭފުޅުން އެބަ ވަޑައިގަންނަވާ އެކި އެކި އަމިއްލަ އެޖެންޑާތަކުގައި. ދެން އެ އަމިއްލަ އެޖެންޑާ ކުރިއެރުވުމަށްޓަކައި އަޅުގަނޑުމެންގެ ޖުމްލަ ބޮޑު މަގްސަދުތަކަށް ބުރޫއަރާ ގޮތަށް އެބަ މަސައްކަތް ކުރައްވާ. މި ޕާޓީ ތެރޭގައި ހަމަ ކުރިން އެހެން ޕާޓީތަކުގައި އެބޭފުޅުން ހޯއްދެވި މަގާމު ނޫނީ ޖާގަ ހޯއްދަވަން ވެގެން އެކި ހީލަތްތެރި ގޮތްތައް ބޭނުންކުރުމުގެ ކަންކަން އެބަ ހިނގާ،" ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ އަނެއް ކެންޑިޑޭޓް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އޭނާގެ ކެމްޕޭން ޓީމަކީ ގޮތްނޭނގޭ ކަންތައްތަކެއް ކުރާ ބައެއް ކަމަށް ކުރައްވާ ތުހުމަތު ވަހީދު މިއަދު ވެސް ތަކުރާރުކުރެއްވި އެވެ. "ގޮތްނޭނގޭކަމަށް" މާނަކުރައްވަނީ ވަހީދު ވިދާޅުވި ގޮތުގައި ފައްޔާޒާއި ކެމްޕޭނު ޓީމްގެ އަމަލުތައް ހުންނަ ގޮތުންނެވެ.

މެމްބަރުންގެ ފަރާތުން ތަކުރާރުކޮށް އެކަހަލަ ކަންކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އިމްތިޔާޒްގެ ކެމްޕޭނުން ށ. އަތޮޅުގެ ހުރިހާ ރަށަކަށް މިދިޔަ ހަފްތާގައި ކުރި ދަތުރުގައި ވެސް އެކަންކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ނިސްބަތްވާ ސަރުކާރެއް، އަޅުގަނޑުމެންގެ 40 ޕަސަންޓު ހިއްސާވާ ސަރުކާރެއް އޮތްއިރުގައި، އަޅުގަނޑުމެންގެ ބައެއް އަމާޒުތައް، އަޅުގަނޑުމެންގެ ބައެއް ސިޔާސަތުތައް، އެންމެ އެއްވައްތަރުވެގެން ކަންކަން ނުހިނގާކަމުގެ ޝަކުވާ އެބަ ކުރޭ،" ވަހީދު ވިދާޅުވި އެވެ.

ލާމަރުކަޒު ކުރުމާއި ކައުންސިލްތަކަށް ވިޔަފާރި ކުރުމާއި އެކި އެކި ބާރު ދިނުމުގެ އެމްޑީޕީގެ ތަސައްވުރާއި ދެކޮޅަށް ކަންކަން ސަރުކާރުން ކުރާ ކަމުގެ ޝަކުވާ ލިބޭ ކަމަށް ވެސް ވަހީދު އިތުރަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ބައެއް ވަޒީރުން. އަޅުގަނޑުމެން އެ ތަސައްވަރުކުރި. އެ ވައުދުވި ގޮތް ނޫން ގޮތްގޮތަށް ބާރުތައް ހިފަހައްޓަން، އޮބަހައްޓަން، މަރުކަޒު ކުރަން އުޅޭ އުޅުން،" ވަހީދު ވިދާޅުވި އެވެ.

އިމްތިޔާޒުގެ ކެމްޕޭން ކުރިއަށް ދާ ގޮތުގެ ތަފްސީލް ދެއްވަމުން ވަހީދު ވިދާޅުވީ އިމްތިޔާޒުގެ ކެމްޕޭން ޓީމުން މިހާރު ޕާޓީ ދަފްތަރުގެ 60 އިންސައްތަ މީހުން އުޅޭ ރަށްރަށަށް ދަތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން، ޖުމްލަ 97 ރަށަކަށް ދެވިފައިވާއިރު، މާދަމާ އިމްތިޔާޒްއާއި އޭނާގެ ޓީމުން އަނެއްކާ ވެސް ފުވައްމުލަކަށް ދަތުރުކުރާނެ ކަމަށް ވަހީދު ވިދާޅުވި އެވެ. އަދި ބުދަ ދުވަހު ތ. އަތޮޅާއި ލ. އަތޮޅުގެ 24 ރަށެއްގައި ކެމްޕޭން ހަރަކާތް ހިންގަން ފުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވި އިމްތިޔާޒު އާއި އޭނާގެ ކެމްޕޭން ޓީމުން މޭ 14 ގައި އޮތް އިންތިހާބުގެ ކުރިން ޕާޓީގެ ހުރިހާ މެމްބަރުންނާ ވެސް ބައްދަލުކުރަން މަސައްކަތް ކުރާނެ ކަމަށެވެ. އަދި، މިހާރު ވެސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވަހީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox