ބައިޑެންއަކީ "ބަލިކަށި މުސްކުޅިއެއް" ކަމަށް އުތުރު ކޮރެއާއިން ބުނެފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ރައީސް ޖޯ ބައިޑެންއަކީ "ބަލިކަށި މުސްކުޅިއެއް"ގެ ގޮތުގައި އުތުރު ކޮރެއާއިން ސިފަކޮށްފި އެވެ.

އެފަދަ ގޮތަކަށް އުތުރު ކޮރެއާއިން ބައިޑެންއަށް ބަހުގެ ހަމަލާތައް ރައްދު ކުރީ ޔޫކްރެއިންގައި ރަޝިއާއިން ކުރާ ހަނގުރާމައާ ގުޅޭ ގޮތުން ބައިޑެން ދެއްކެވި ވާހަކަތާ ގުޅިގެންނެވެ.

ބައިޑެން ވިދާޅުވީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އަކީ "ހަނގުރާމައިގެ މުޖުރިމެއް" ކަމަށާއި ޕުޓިންއާ ދެކޮޅަށް ޝަރީއަތް ހިންގަން ޖެހޭނެ ކަމަށެވެ.

"އެންމެ ފަހުގެ ހަބަރަކީ އެއްވެސް ހެއްކެއް ނެތި އެމެރިކާގެ ވެރިޔާ ރަޝިއާގެ ރައީސްގެ އަބުރަށް އަރައިގަތް ހަބަރު،" އުތުރު ކޮރެއާގެ ކޭސީއެންއޭ ނިއުސް އެޖެންސީގައި ޝާއިއުކުރި ކޮމެންޓަރީ ލިޔުމެއްގައިވެ އެވެ.

އެ ލިޔުމުގައި ބުނީ އެމެރިކާގެ ވެރިޔަކަށް ހުންނެވީ "ތަކުރާރުކޮށް އޮޅިގެން ނުރަނގަޅު ވާހަކަ ދެއްކޭ" ބޭފުޅެއް ކަމަށެވެ. ނަމަވެސް ލިޔުމުގައި ސީދާ ބައިޑެންގެ ނަން ފާހަގަކޮށްފައެއް ނުވެ އެވެ.

"އޭގެ ސަބަބެއް ކަމަށް ބެލެވެނީ ވިސްނުމުގެ ބާރު ދަށްވެފައިވާ ބަލިކަށި މުސްކުޅިއަކަށް ވާތީ. އެފަދަ ބަލިކަށި މީހަކު ބާރުގައި ހުންނަވާ ނަމަ، އެމެރިކާގެ ކުރިމަގު ވަރަށް އަނދިރި ކަމަށް ބެލެވޭ."

ބައިނަލްއަގްވާމީ މުޖުތަމައުގައި ޗައިނާގެ އިތުރުން އުތުރު ކޮރެއާއާ އެންމެ ގާތް ގުޅުމެއް ބާއްވާ އެއް ގައުމަކީ ރަޝިއާ އެވެ. އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބޭތޯ ރަޝިއާއިން މަސައްކަތްކޮށްފައިވެ އެވެ.

ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި އުތުރު ކޮރެއާއިން ވެސް ރަޝިއާއަށް ތާއީދުކުރެ އެވެ. އަދި ހަނގުރާމައަށް މަގުފަހިވީ އެމެރިކާގެ ސަބަބުން ކަމަށް ބުންޏެވެ.

މީގެ ކުރިން ވެސް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން އެހެން ގައުމުތަކުގެ ވެރިންނަށް އަމާޒުކޮށް، ވަރުގަދަ ޒާތީ ބަހުގެ ހަމަލާތައް ރައްދުކޮށްފައިވެ އެވެ.

މީގެ ކުރިން ކޭސީއެންއޭއިން ވަނީ ބައިޑެންއަކީ "ވަގު ކުއްތާއެއް" ކަމަށާއި އެފަދަ ޖަނަވާރެއްގެ ގައިގައި "ދަނޑިއަކުން ތަޅައި މަރާލަން ޖެހޭނެ" ކަމަށް ވެސް ބުނެފަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ "ބުއްދި ގޯސްވެފައިވާ އެމެރިކާގެ މުސްކުޅިއެއް" ކަމަށާއި އޭގެ ކުރިން ރައީސްކަން ކުރެއްވި ބަރަކް އޮބާމާއަކީ "ރާމާ މަކުނެއް" އަދި ޖޯޖް ޑަބްލިއު ބުޝް އަކީ "ބުއްދި ރޯނުފިލާ" މީހެއްގެ ގޮތުގައި ވެސް ސިފަކުރި އެވެ.

އޭގެ އިތުރުން ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޕާކް ގުން ހައި އަކީ ސިހުރު ހަދާ މީހެއް ކަމަށް ވެސް ސިފަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox