ނޭމާ އާއި އެމްބާޕޭ އަށް ހެޓްރިކެއް، މެސީ އަށް އެސިސްޓް ހެޓްރިކެއް

Apr 9, 2022, 9:23 PM
ނޭމާ އާއި އެމްބާޕޭ އަށް ހެޓްރިކެއް، މެސީ އަށް އެސިސްޓް ހެޓްރިކެއް

ޕެރިސް (އޭޕްރީލް 9) - ފްރެންޗް ލީގުގައި މިރޭ ކްލާމެންޓް ފޫޓް އަތުން 6-1 އިން ޕީއެސްޖީ މޮޅުވި މެޗުގައި އެ ޓީމުގެ ތިން ތަރިން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި ނޭމާ އަދި ލިއޮނަލް މެސީ ވެސް ތަފާތު ދައްކައިފި އެވެ.

އެމްބާޕޭ އާއި ނޭމާ ހެޓްރިކް ހެދިއިރު، މެސީ ވަނީ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީގެން، އެސިސްޓް ހެޓްރިކެއް ހަދައިފަ އެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޕީއެސްޖީން 5-1 އިން ލޮރިއެންޓް ބަލިކުރި މެޗުގައި ނޭމާ، އެމްބާޕޭ އަދި މެސީ ވަނީ ފުރަތަމަ ފަހަރަށް އެއް މެޗެއްގައި ޕީއެސްޖީ އަށް ގޯލު ޖަހައިދީފަ އެވެ. މިރޭ، ކްލާމެންޓް ފޫޓް ކޮޅަށް މެސީގެ ގޯލެއް ނުފެނު ކަމުގައި ވިޔަސް ޖުމްލަކޮށް ތިން ކުޅުންތެރިންގެ ކޮމްބިނޭޝަނުގެ ތަފާތު ފެނުނެވެ.

މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި މެސީ ދިން ބޯޅައަކުން ގޯލު ހުޅުވައިދިނީ ނޭމާ އެވެ. އަދި މެޗުގެ 19 ވަނަ މިނިޓްގައި މެސީ ހުސްކޮށްލާފައި ދިން ބޯޅައަކުން އެމްބާޕޭ ޕީއެސްޖީގެ ލީޑުފުޅާކޮށްދިނެވެ. ލީގުގެ 17 ވަނައިގައި އޮތް ކްލާމެންޓް ފޫޓުން ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި އުންމީދެއް ހޯދި އެވެ. އެ ޓީމުގެ ގޯލު ޖެހީ ޖޯޑެލް ޑޮސޯއު އެވެ.

ލަނޑެއް ޖަހައި، ކްލާމެންޓުން ކޮންމެ ވެސް ވަރެއްގެ އުންމީދެއް ހޯދި ނަމަވެސް އެ ޓީމަށް ދެ ވަނަ ހާފްގައި މާ ބޮޑު ތަފާތެއް ނުދެއްކުނެވެ. ޕީއެސްޖީގެ ތަރިން ތިބީ ތަފާތު ފޯމެއްގަ އެވެ. ޕީއެސްޖީން ފަހު ހަތަރު ގޯލު ޖެހީ މެޗުގެ ފަހު 20 މިނިޓް ތެރޭގަ އެވެ.

އެ ގޮތުން މެޗުގެ 71 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ނޭމާ ވަނީ ޕީއެސްޖީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ތިން މިނިޓް ފަހުން ނޭމާ ދިން ބޯޅައަކުން އެމްބާޕޭ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ގޯލު ޖަހައި، މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ. އެކަމަކު، އެ ހިސާބުން ވެސް މަޑުނުޖެހި ޕީއެސްޖީން އެޓޭކްތައް ގިނަކުރި އެެވެ. ނަތީޖާ އަކީ ނޭމާ އާއި އެމްބާޕޭ އިތުރު ދެ ގޯލު ޖަހައި، ދެ ކުޅުންތެރިންގެ ހެޓްރިކް ފުރިހަމަކުރުމެވެ، އެމްބާޕޭ ޖެހި ގޯލަށް މެސީ ބޯޅަ ދިންއިރު، ނޭމާ ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އެމްބާޕޭ އެވެ.

މީޑިއާ ރިިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގައި މަޑުކުރަން އެމްބާޕޭ ނިންމައިފިނަމަ އޭނާ އަށް ބޯނަހެއްގެ ގޮތުގައި 150 މިލިއަން ޕައުންޑް (195 މިލިއަން ޑޮލަރު) ދޭން ޕީއެސްޖީން ނިންމާފައިވަނިކޮށް މިރޭ ވެސް އޭނާ މި ވަނީ ތަފާތު ދައްކައިފަ އެވެ. މިރޭގެ މެޗަށް ފަހު އެމްބާޕޭ ވަނީ ސީޒަނުގައި މިހާތަނަށް ކުޅުނު 39 މެޗުގެ ތެރެއިން 31 ގޯލު ޖަހައި، 21 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ބާކީ ހަތް މެޗަށް ދާއިރު ޕީއެސްޖީ އެއް ވަނައިގައި އޮތީ ބޮޑު ލީޑަކާ އެކު އެވެ. އެ ޓީމަށް 31 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތީ މިރޭ ރެއިމްސް ބަލިކުރި ރެނެސް އެވެ. ރެނެސް އަށް 31 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް މާސޭ އަށް ވަނީ 30 މެޗުން 56 ޕޮއިންޓް ލިބިފަ އެވެ. މާދަމާރޭ މާސޭ އިން މޮންޓެޕިއޭ އަތުން މޮޅުވެގެން ދެ ވަނަ އަށް އެރޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox