ޕީއެސްޖީގައި މަޑުކުރަން އެމްބާޕޭ އަށް 195 މިލިއަން ޑޮލަރު ދެނީ

Apr 9, 2022, 8:52 AM
ޕީއެސްޖީގައި މަޑުކުރަން އެމްބާޕޭ އަށް 195 މިލިއަން ޑޮލަރު ދެނީ

ޕެރިސް (އޭޕްރީލް 9) - ޕީއެސްޖީގައި މަޑުކުރަން ކީލިއަން އެމްބާޕޭ ނިންމައިފިނަމަ އޭނާ އަށް ބޯނަހެއްގެ ގޮތުގައި 150 މިލިއަން ޕައުންޑް (195 މިލިއަން ޑޮލަރު) ދޭން އެ ކްލަބްގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް ސްޕެއިނުގެ ކުޅިވަރު އެނަލިސްޓް ގިލެމް ބަލަގޫ ބުނެފި އެވެ.

އުމުރުން 23 އަހަރުގެ އެމްބާޕޭ، ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ޕީއެސްޖީން އެމްބާޕޭ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ކުރި ހުރިހާ މަސައްކަތެއް މިހާތަނަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އެމްބާޕޭ ވަނީ ރެއާލް މެޑްރިޑަށް ބަދަލުވާން އަނގަބަހުން އެއްބަސްވެފަ އެވެ. އެކަމަކު، ފްރާންސްގެ ނޫހަކަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ މުސްތަގުބަލާ ބެހޭގޮތުން ގޮތެއް ނިންމައި އަންނަ ސީޒަނުގައި ކުޅޭނެ ވަކި ކްލަބެއް އަދި ނުނިންމާ ކަމަށެވެ.

ސްކައިސްޕޯޓްސްގެ ސްޕެނިޝް ފުޓްބޯޅަ އެނަލިސްޓް، ބަލަގޫ ބުނީ ޕީއެސްޖީން މިހާރު ވަނީ އެމްބާޕޭ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ބޮޑު ބޯނަހެއް ހުށަހަޅަން ނިންމައިފަ އެވެ. އެ ގޮތުން އެ ބޯނަހުގެ ޖުމްލަ ޕެކޭޖްގެ އަގު 195 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ބަލަގޫ ވަނީ ބުނެފަ އެވެ.

އެމްބާޕޭ، ޕީއެސްޖީގައި މަޑުކުރުވަން ފްރާންސްގެ ސަރުކާރުން ވެސް ބާރުއަޅަ އެވެ. އަދި ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ވެސް ދެކޭގޮތުގައި ފްރާންސަށް އެންމެ ރަނގަޅު ގޮތަކީ އެމްބާޕޭ ޕީއެސްޖީގައި މަޑުކުރުން ކަމަށް ބުނެފަ އެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ހަވާލާދީ ސްޕެއިނުގެ ނޫސްތަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމްބާޕޭ އަށް ރެއާލްގެ ހުށަހެޅުން މިދިޔަ ޖެނުއަރީ މަހު ވަނީ ފޮނުވައިފަ އެވެ.

ރެއާލްގެ އެ ޕްރޮޕޯސަލްގައިވާ ގޮތުން އަންނަ ޖުލައި މަހު އެއް ވަނަ ދުވަހު ރެއާލާ ގުޅެން އެމްބާޕޭ ނިންމާފައިވަނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އަދި އެ ކޮންޓްރެކްޓްގައިވާ ގޮތުން އިސްތިހާރާއި އެކި ޑީލްތަކާ އެކު އެމްބާޕޭ އަށް އަހަރަކު 55 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ގޮތަށް އެ ޑީލް އެއްކޮށް ކުރިއަށް ގޮސްފިނަމަ އެމްބާޕޭ އަށް ލިބޭ އާމްދަނީ ވެގެންދާނީ ކްލަބެއްގެ ޕެކޭޖްގެ ތެރެއިން ރަސްމީކޮށް ކުޅުންތެރިއަކަށް ދޭނެ އެންމެ ބޮޑު މުސާރަ އަށެެވެ.

ޕީއެސްޖީން އެމްބާޕޭ ލައްވައި، ސޮއިކުރުވަން ބޭނުންވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެއީ އަހަރަކު 27 މިލިއަން ޑޮލަރަޑެވެ.

މި ސީޒަނަކީ އެމްބާޕޭގެ ކެރިއަރުގައި އެންމެ ރަނގަޅު ފޯމުގައި ހުރި އަހަރެވެ. އޭނާ ވަނީ މުޅި ސީޒަނުގައި މިހާތަނަށް ކުޅުނު 38 މެޗުގެ ތެރެއިން 28 ގޯލު ޖަހައި، 20 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox