ފިރާ ޓީރެކްސް އަށް، ބޮމްބެ އާއި ސަބީހު ކިންގްސް އަށް

Apr 10, 2022, 8:10 AM
އަހުމަދު ފިރާޝް (ފިރާ) ޓީރެކްސް ބީސީ އަށް ބަދަލުވިއިރު، ސްޓިންގާސްގެ ސަބީހު ތައުފީގު އަދި އަހުމަދު އަލީ މުސްތަފާ (ބޮމްބެ) ވަނީ ކިންގްސް އަށް ބަދަލުވެފައި.

އަހުމަދު ފިރާޝް (ފިރާ) ޓީރެކްސް ބީސީ އަށް ބަދަލުވިއިރު، ސްޓިންގާސްގެ ސަބީހު ތައުފީގު އަދި އަހުމަދު އަލީ މުސްތަފާ (ބޮމްބެ) ވަނީ ކިންގްސް އަށް ބަދަލުވެފައި.

ކިންގްސް ބާސްކެޓްބޯޅަ ކްލަބް އުފެދުނީއްސުރެ އެ ކްލަބްގައި މުހިންމު ދައުރެއް އަދާކުރި އަހުމަދު ފިރާޝް (ފިރާ) ޓީރެކްސް ބީސީ އަށް ބަދަލުވިއިރު، ސްޓިންގާސް ބާސްކެޓްބޯލް ކްލަބް އިން ފާހަގަވި އަހުމަދު ސަބީހު ތައުފީގު އަދި އަހުމަދު އަލީ މުސްތަފާ (ބޮމްބެ) ކިންގްސް އަށް ސޮއިކޮށްފި އެވެ.

މި އަހަރުގެ ކުރީކޮޅު ބޭއްވި ގައުމީ މުބާރާތާއި ގަައުމީ ލީގަށް ފަހު ބާސްކެޓްބޯޅައިގެ ބޮޑެތި ކުލަބުތަކުން އަންނަނީ ޓީމުތައް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އެންމެ ބޮޑަށް ފާހަގަވަނީ ލީގާއި ގައުމީ މުބާރާތުގައި ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު ޓީރެކްސް އެވެ. އެ ޓީމުން އަންނަނީ ޓީމު ވަރުގަދަ ކުރުމަށް ރަނގަޅު ކުޅުންތެރިންތަކެއް އެ ޓީމަށް ގެންނަމުންނެވެ.

ޓީރެކްސް އަށް އެންމެ ފަހުން ސޮއިކުރި ކުޅުންތެރިއަކީ ކިންގްސް 2017 ގައި އުފެދުނު ފަހުން ވެސް އެ ޓީމަށް ކުޅުނު ފިރާ އެވެ. ފިރާ އަކީ ކިންގްސްގެ ކުރީގެ ކެޕްޓަނެވެ. އަނިޔާގެ ސަބަބުން މި ސީޒަންގެ ފުރަތަމަ ދެ މުބާރާތުގައި އޭނާ އަށް މާ ގިނަ މެޗުތަކެއް ނުކުޅެވެ އެވެ.

ފިރާ އަކީ މިދިޔަ ދެ ހަފުތާގެ ތެރޭ ޗެމްޕިއަން ކިންގްސް ދޫކޮށް ވާދަވެރި ޓީރެކްސް އަށް ބަދަލުވި ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ކިންގްސްގެ އިބްރާހިމް އަންފާލް (އަންޓޭ) އަދި މުހައްމަދު ހުވައިލިދު (ހުވޭ) ވެސް ވަނީ ޓީރެކްސް އަށް ސޮއިކޮށްފަ އެވެ.

މި ތިން ކުޅުންތެރިންގެ އިތުރުން އުއްމީދީ ދެ ކުޅުންތެރިންކަމަށްވާ ހުސައިން ނަދީމް އާއި ހައިޝަމް ދާއޫދު ވަނީ ޓީރެކްސް އަށް ބަދަލުވެފަ އެވެ.

ސްޓިންގާސް ދޫކޮށް ސަބީ އާއި ބޮމްބެ ކިންގްސް އަށް

ކިންގްސް ދޫކޮށް ދިޔަ ކުޅުންތެރިންގެ ބަދަލުގައި އެޓީމަށް ގެނައި އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންނަކީ ސްޓިންގާސްގެ އަހުމަދު ސަބީހު ތައުފީގު (ސަބީ) އާއި އަހުމަދު އަލީ މުސްތަފާ (ބޮމްބެ) އެވެ.

މި ދެކުޅުންތެރިންގެ ތެރެއިން ސަބީ އަކީ މިދިޔަ ހަތަރު އަހަރަށް ބަލާއިރު ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިޔާ އެވެ. ސީނިއާ ގައުމީ ޓީމުންވެސް ޖާގަ ހޯދާފައި ސަބީ އަކީ ސްޕީޑް ބާރު، މަސައްކަތު ރޭޓު އެހާމެ، ރަނގަޅު ޕޮއިންޓް ގާޑެކެވެ. ސަބީގެ ފަސްޓް ޑިވިޝަން ކެރިއަރުގެ ހުރިހާ އަހަރުތަކެއް އޭނާ ހޭދަކުރީ ސްޓިންގާސް ބީސީގަ އެވެ.

ސްޓިންގާސް ދޫކޮށްލި އަނެއް ކުޅުންތެރިޔާ ބޮމްބެ އަކީ ގައުމީ ޓީމަށް ވެސް މީގެ ކުރިން އެތައް ފަހަރަކު ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާއަކީ 2016ގެ ސާބާ މުބާރާތުގެ ރިހި މެޑަލް ހޯދި ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.

ސީޒަންގެ ބާކީ ހުރި މުބާރާތްތަކަށް ޓީމުތައް ވަރުގަދަ ކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، ބޮޑެތި ކުލަބުތަކުން ވަނީ ޒުވާން ކުޅުންތެރިން ބިނާ ކުރުމަށް އެ ކުލަބުގެ ދަށުން ޒުވާން ކުޅުންތެރިން ހިމަނައިން ކުލަބުތައްވެސް ހިންގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox