އަނެއްކާވެސް އިޒްރޭލުގައި ހަމަލާއެއް، މަރުވި މީހުންގެ އަދަދު 14 އަށް

ހުކުރު ދުވަހުގެ ހަމަލާގައި އިޒްރޭލުގެ ތިން މީހުން މަރުވި. -- ފޮޓޯ: ރޮއިޓާޒް

ހުކުރު ދުވަހުގެ ހަމަލާގައި އިޒްރޭލުގެ ތިން މީހުން މަރުވި. -- ފޮޓޯ: ރޮއިޓާޒް

އިޒްރޭލުގެ ތެލް އަވީވްގައި ދިން ހަމަލާއެއްގައި ތިން މީހުން މަރުވުމާ އެކު ސަލާމަތީ ބާރުތަކަށް "ފުރިހަމަ މިނިވަންކަން" ދީފައިވާ ކަމަށް ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވެއްޖެ އެވެ.

ފަލަސްތީނު މީހަކު ތެލް އަވީވްގެ އެންމެ ކާރޫބާރޫ ބޮޑު މަގުގައި ބުރާސްފަތި ދުވަހުގެ ރޭ ބަޑި ޖެހުމުން ދެ މީހުން މަރުވި އެވެ. އަނިޔާވި ތިން ވަނަ މީހަކު މަރުވީ ހުކުރު ދުވަހު އެވެ.

ހަމަލާ ދިނުމަށް ފަހު ސަލާމަތީ ފައުޖުތަކަށް ފިލައިގެން ގިނަ ގަޑިއިރުތަކެއް ހޭދަކުރި ފަލަސްތީނުގެ މީހާގެ ގަޔަށް ބަޑި ޖަހައި މަރާލީ ތެލް އަވީވް ކައިރީގައި އޮންނަ ޖައްފާގަ އެވެ.

ފަހަކަށް އައިސް އިޒްރޭލުގައި ގިނަ އަދަދެއްގެ ހަމަލާތަކެއް އަންނަނީ ދެމުންނެވެ. އެ ހަމަލާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 14 އަށް އަރާފަ އެވެ.

ހުކުރު ދުވަހުގެ ހެނދުނު ބެނެޓް ވިދާޅުވީ ސަލާމަތީ ފައުޖުތަކަށް އިތުރު ބާރު ދީފައިވާ ކަމަށާއި ކޮންމެ ގޮތަކުން ވިޔަސް "ޓެރަރިޒަމް" ބަލިކުރާނެ ކަމަށެވެ.

އިޒްރޭލުގެ ޖާސޫސީ އިދާރާއިން ބުނީ ހަމަލާދިން މީހާ އިޒްރޭލަށް އެތެރެވީ ގާނޫނާ ހިލާފަށް ކަމަށާއި އޭނާ އާއި އެއްވެސް ހަނގުރާމަވެރި ޖަމާއަތަކާ ގުޅުމެއް އޮތް ކަމަށް އެނގިފައި ނުވާ ކަމަށެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސް ހަމަލާ ކުށްވެރި ކުރައްވައި ވިދާޅުވީ އިޒްރޭލާއި ފަލަސްތީނުގެ އާއްމު ރައްޔިތުން މެރުމަކީ "ހާލަތު އިތުރަށް ގޯސްވާން މެދުވެރިވާނެ ސަބަބެއް" ކަމަށެވެ. ނަމަވެސް ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން ވަނީ ހަމަލާއަށް މަރުހަބާ ކިޔައިފަ އެވެ.

އިޒްރޭލުގައި މިހާރު ދެމުންދާ ހަމަލާތަކަކީ 2006 ވަނަ އަހަރަށް ފަހު މިގޮތަށް ދެމުންދާ އެންމެ ނުރައްކާތެރި ހަމަލާތަކެވެ. ރޯދަ މަސް ފަށާފައިވާ އިރު، ޔަހޫދީންނާއި ނަސާރާއިން ފާހަގަކުރާ މުހިއްމު ދުވަސްތަކެއް ކައިރިވެފައި ވާތީ، މި ހަމަލާތަކުގެ ސަބަބުން އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު އިތުރަށް ގޯސްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އެނެލިސްޓުން ދެކެ އެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު އިޒްރޭލާއި ގާޒާގައި ވެރިކަން ކުރާ ހަމާސްއާ ދެމެދު 11 ދުވަހުގެ ހަނގުރާމައެއް ކުރީ އަލް އަގްސާ މިސްކިތުގައި އަޅުކަން ކުރަން ހުރަސްތަކެއް ކުރިމަތިވި ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox