ބްރެޒިލް ގައުމީ ޓީމާ ހަވާލުވާން ގާޑިއޯލާ އަށް އޮފާއެއް: ރިޕޯޓް

Apr 8, 2022, 7:34 AM
ބްރެޒިލް ގައުމީ ޓީމާ ހަވާލުވާން ގާޑިއޯލާ އަށް އޮފާއެއް: ރިޕޯޓް

ސައޮ ޕައޮލޯ، ބްރެޒިލް (އޭޕްރީލް 8) - ގަތަރުގައި މި އަހަރު ފަހު ކޮޅު ބާއްވާ ފީފާ ވޯލްޑް ކަަޕަށް ފަހު ބްރެޒިލް ގައުމީ ޓީމާ ހަވާލުވާން، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ހުށަހަޅާނެ ކަމަށް ސްޕެއިނާއި ދެކުނު އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ބްރެޒިލް ފުޓްބޯލް ކޮންފެޑެރޭޝަން (ސީބީއެފް)ގެ ޑިރެކްޓަރު ޖުނީނިއޯ ޕައުލިސްޓާ ދާދި ފަހުން ސްޕެއިންގެ ނޫހެއް ކަމަށްވާ، މަރްކާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު، މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ބްރެޒިލްގެ ކޯޗުގެ މަގާމުގައި މި ވަގުތު ހުރި ޓީޓޭ ވަޒީފާ އިން އަމިއްލަ އަށް ވަކިވާނެ އެވެ. އެކަމަކު، ރަސްމީކޮށް ޓީޓޭގެ ނިންމުމެއް އެނގޭނީ ވޯލްޑް ކަަޕަށް ފަހު ކަމަށް ޖުނީނިއޯ ބުނެފައިވެ އެވެ.

ދެކުނު އެމެރިކާގެ ކުޅިވަރު ހަބަރުފަތުރާ ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓީޓޭ، ބްރެޒިލް ދޫކޮށްލާނީ ގަތަރު ވޯލްޑް ކަޕް ކާމިޔާބު ނުކުރެވިއްޖެނަމަ އެވެ.

ބްރެޒިލުން އެންމެ ފަހުން ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދީ 2002 ވަނަ އަހަރު އެވެ. މި ފަަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލުން ކުރިމަތިލާނީ އެންމެ ފަހުން ހަތަރު ފަހަރެކޭ އެއް ގޮތަށް ފޭވަރިޓުންގެ ގޮތުގަ އެވެ. ފީފާ އިން އެންމެ ފަހުން ނެރުނު ރޭންކިންގެ އެއް ވަނައިގައި އޮތް، ފަސް ފަަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ބްރެޒިލް އިން މި ފަހަރުގެ ވޯލްޑް ކަޕަށް ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށް ޓީޓޭ ވަނީ ވޯލްޑް ކަޕްގެ ގުރުއަތުލުމަށް ފަހު ބުނެފަ އެވެ.

ގަތަރު ވޯލްޑް ކަޕް ފަށާނީ ނޮވެމްބަރު 21 ވަނަ ދުވަހު އެވެ. ބްރެޒިލް ކުޅޭ. މެޗު އޮތީ އޭގެ ތިން ދުވަސް ފަހުންނެވެ. ބްރެޒިލުން ފުރަތަމަ ކުޅޭނީ ސާބިއާއާ އެވެ. ދެ ވަނަ މެޗުގައި ސްވިޒަލެންޑާ ކުޅޭއިރު، ފަހު މެޗުގައި ބައްދަލުކުރާނީ ކެމަރޫންއާ އެވެ.

ސީބީއެފް އިން ތައްޔާރުވަނީ ހަމައެކަނި މި ފަހަރުގެ ވޯލްޑް ކަޕަށް އެކަންޏެއް ނޫނެވެ. އެ އަށް ވުރެ ދުރު ވިސްނުމެއްގަ އެވެ. އެ ގޮތުން ޓީޓޭ އަށް ފަހު ދެން ހަވާލުވާ ކޯޗަކަށް ބްރެޒިލުން ދޭން ބޭނުންވަނީ 2026 ވަނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕްގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެެކެވެ. އަދި އެ ކޮންޓްރެކްޓްގައި ބޮޑު މުސާރައެއް ހިމަނަން ވެސް ބްރެޒިލުން އޮތީ ތައްޔާރަށެވެ.

ގާޑިއޯލާ އަކީ ބްރެޒިލްގެ ފުޓްބޯޅަ ކޮންފެޑެރޭޝަނުން އެންމެ ބޭނުންވާ ކޯޗެކެވެ. ގާޑިއޯލާ މި ވަގުތު ސިޓީގެ ކޯޗަކަށް ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ބްރެޒިލުން ދެން އެ ޓީމަށް ގެންނަ ކޯޗަކަށް މުސާރައިގެ ގޮތުގައި އަހަރަކު، 13 މިލިއަން ޑޮލަރު ދޭން ފަސް ނުޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، އެއީ މި ވަގުތު ވެސް ސިޓީގައި ގާޑިއޯލާ އަށް އަހަރަކު ލިބޭ މުސާރަ އަށް ވުރެ ކުޑަ އަދަދެކެވެ. ގާޑިއޯލާ މި ވަގުތު ސިޓީގައި ހުރީ އަހަރަކު 21 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ.

މީގެ ކުރިން ގާޑިއޯލާ ވަނީ ގައުމީ ޓީމެއްގެ ކޯޗަކަށް ހުރެ، އޭގެ ތަޖުރިބާ ކޮށްލަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު، ކޯޗިން ކެރިއަރުގައި ކުރިއަށް ގިނަ އަަހަރުތަކެއް އޮއްވައި، ގައުމީ ޓީމަކާ ހަވާލުވާން ގާޑިއޯލާ ނިންމުމަކީ ދުރު ކަމެއްގެ ގޮތުގައި ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އެއީ ގާޑިއޯލާގެ އުމުރުން 51 އަހަރުވީއިރު، އާންމު ގޮތެއްގައި ގިނަ ކޯޗުން ގައުމީ ޓީމަށް އިރުޝާދުދޭން ނިންމަނީ ކްލަބް ލެވަލްގައި ގިނަ އަހަރުތަކެއް ކޯޗުކޮށްދީފައި ކަމަށްވާތީ އެވެ. ގާޑިއޯލާ ކޯޗިން އަށް ނުކުތީ 2008 ވަނަ އަހަރު ބާސެލޯނާ އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox