އިންޑިއާއިން ރާއްޖޭގައި އިތުރު 7 މަޝްރޫއުއެއް ފަށަނީ

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް: އިންޑިއާއިން ވަނީ އެތަނުގައި މެންޓަލް ހެލްތު ޔުނިޓެއް ގާއިމުކުރަން މަޝްރޫއެއް ހިންގަން ނިންމައިފަ. ފޮޓޯ: ލޫކަސް ޖަލީލް/ފޭސްބުކް

އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް: އިންޑިއާއިން ވަނީ އެތަނުގައި މެންޓަލް ހެލްތު ޔުނިޓެއް ގާއިމުކުރަން މަޝްރޫއެއް ހިންގަން ނިންމައިފަ. ފޮޓޯ: ލޫކަސް ޖަލީލް/ފޭސްބުކް

ސިއްހީ ހިދުމަތާއި، ތަރިކަ ދިރުވައި އާލާކުރުމާއި އަދި ޒުވާނުން ކުރިއެރުވުމަށް އަމާޒުކޮށް އިންޑިއާއިން ރާއްޖޭގެ ހަތް އަތޮޅެއްގައި 27 މިލިއަން ރުފިޔާގެ އާ ހަތް މަޝްރޫއެއް ކުރިޔަށްގެންދިޔުމަށް ނިންމައިފި އެވެ.

އިންޑިއާގެ ހައި އިމްްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް ޕްރޮޖެކްޓްތަކުގެ ދަށުން ރާއްޖޭގައި ކުރިޔަށްގެންދާ އެ މަޝްރޫއުތަކުގެ ތެރޭގައި ކުޅުދުއްފުށި ހޮސްޕިޓަލުގައި އޯޑިއޮލޮޖީ ނުވަތަ ކަންފަތަށް އަޑުއިވުމުގެ މައްސަލަތައް ދަނެގަނެ އެކަންކަމަށް ފަރުވާދޭ ސެންޓަރެއް ގާއިމުކުރުމުގެ އިތުރުން އައްޑޫގައި ހުންނަ އިކުއެތޯރިއަލް ހޮސްޕިޓަލުގައި މެންޓަލް ހެލްތު ޔުނިޓެއް ގާއިމުކުރުން ވެސް ހިމެނެ އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލުގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް ޔުނިޓެއް އެޅުން ވެސް ހިމެނެ އެވެ.

ހަމަ އެއާއެކު ނ. ލަންދޫގައި ހުންނަ މާބުދުގެ އަދި ތ. އަތޮޅު ދިޔަމިގިލީގައި ހުންނަ ގަނޑުވަރު ދާރުލްއާސާރުތަކަށް ހަދައި ހިމާޔަތްކުރާ މަޝްރޫއެއް ހިމެނެ އެވެ. މާބުދުގެއާއި ދިޔަމިގިލީގައި ހުންނަ ގަނޑުވަރަކީ ވެސް ވީރާނާވެ ހަލާކުވުމުގެ ބިރު ހީވެފައިވާ ދެ ތަނެވެ.

އޭގެ އިތުރުން ވެސް ދެން އިންޑިއާއިން ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކަކީ ނ. މަނަދޫގައި މަލްޓި-ސްޕޯޓްސް ކޮމްޕްލެކްސްއަކާއި އދ. ދިގުރަށާއި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރުތަކެއް އަޅައިދިނުމަށް މަޝްރޫއުތަކެވެ.

އެ މަޝްރޫއުތަކަކީ މިފަހުން އިންޑިއާގެ އެކްސްޓާާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ރާއްޖެއަށް ވަޑައިގަތް ދަތުރުފުޅުގައި ކުރިޔަށް ގެންދަން ނިންމި މަޝްރޫއުތަކެކެވެ.

އެއާއެކު އިންޑިއާއިން ރާއްޖޭގައި ކުރިޔަށް ގެންދާ ހައި އިމްޕެކްޓް މަޝްރޫއުތަކުގެ ޖުމްލަ އަދަދު މިވަނީ 27 އަށް އަރައިފަ އެވެ. މިފަހުން ވެސް އިންޑިއާގެ އެހީތެރިކަމާއެކު އައްޑޫގައި ވަނީ "ވިލުނު" ގެ ނަމުގައި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރެއް ހުޅުވައިފަ އެވެ. އިންޑިއާއިން ރާއްޖޭގައި ކުރިޔަށްގެންދާ ހައި އިމްޕެކްޓް މަޝްރޫއުތަކަށް ޖުމްލަ 155 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox