ދުންފަތާ ދުރުވެލާ، ހަނދާންކޮށްދިނުމެއްގެ ގޮތުން މި ދެނީ ކޮތަޅެއް!

Apr 8, 2022, 8:18 AM
'ނޯ ޓޮބޭކޯ ޑޭ' އާ ގުޅުވައިގެން އެސްޓީއޯއިން ނެރުނު ކޮތަޅު ޑރ. ފާތިމަތު މުފްލިހާ އާއި އެސްޓީއޯ ފާމަސީގެ މުވައްޒަފަކު ދައްކާލަނީ. -- ފޮޓޯ: އެސްޓީއޯ

'ނޯ ޓޮބޭކޯ ޑޭ' އާ ގުޅުވައިގެން އެސްޓީއޯއިން ނެރުނު ކޮތަޅު ޑރ. ފާތިމަތު މުފްލިހާ އާއި އެސްޓީއޯ ފާމަސީގެ މުވައްޒަފަކު ދައްކާލަނީ. -- ފޮޓޯ: އެސްޓީއޯ

ދުންފަތާއި ދުމުގެ ތެރެއަށް ދިވެހި އާބާދީ ގެނބިއްޖެތާ ކިތަންމެ ޒަމާނެކެވެ. މި ނުރައްކާތެރި ދެތްވެއްގައި ކެންސަރާއި އެކި ޒާތްޒާތުގެ ބަލިތަކަށް ދައުވަތުދީގެން ގެނެސް، އޭގެ ވޭނުގައި އެތައް ބަޔަކު ދުނިޔެވެސް ދޫކޮށްފި އެވެ.

ދުންފަތަކީ ފުރާނަ ދުއްވާލާ ހަތިޔާރެކެވެ. އެއީ ނާރުތައް ހަލާކުކޮށް، ހިތް ބަލިކަށިކޮށްލާ ޒަހަރެކެވެ. ދުންފަތުގައި 7000 ކެމިކަލް މާއްދާ އާއި 250 ވިހަ އެކުލެވިގެންވެ އެވެ. މި ވިހައިގެ ތެރެއިން 70 މާއްދާއިން ކެންސަރަށް މަގުފަހި ކޮށްދެއެވެ. އަދި ގައިންގަޔަށް ނާރާ އެތައް ބައްޔަކަށް މަގުކޮށައިދެ އެވެ. މީގެ ތެރޭގައި އެކި ކަހަލަ ކެންސަރުގެ އިތުރުން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި، ހަކުރު ބައްޔާއި ހިތުގެ ބަލިތައް ހިމެނެއެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ތަފާސް ހިސާބުން އެނގެން އޮތް ގޮތުން، ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތަކުގައި 1300 ދިވެހިން އެ އަހަރު މަރުވި އެވެ. އޭގެ ތެރެއިން 351 މަރަކީ ދުންފާތާ ސީދާ ގުޅުން ހުރި މަރުތަކެކެވެ.

މިވަރަށް ހާލަތު ގޯސްވުމުން އާބާދީ ސަލާމަތްކުރަން ކުރެވެން އޮންނާނީ ދެ ކަމެކެވެ.

އެއް ގޮތަކީ ރާއްޖެއަށް ދުންފަތް އެތެރެކުރުން ހުއްޓާލައި، މި އާފާތެއް މުޅިން ފޮހެލުމެވެ. އެކަމަކު މިއީ އެހެން ދުވަހެއްގައި މިއަށްވުރެ ފުޅާކޮށް ދައްކަންޖެހޭ ވާހަކަ އެކެވެ. އެހެންވީމަ، މި ވާހަކަ އިހަށް ބާއްވާނީ އެވެ.

ދެން އޮތް ގޮތަކީ މީހުން ހޭލުންތެރިކޮށްދީގެން މި ވަބާއާ ދުރުކުރުވުމެވެ. މިއީ އުނދަގޫ، ދިގު މަރުހަލާ އެކެވެ. ނަމަވެސް ދުންފަތުގެ އަޅުންނަށްވެ، ޖީލުތަކެއް ނެތިދާން ދޫކޮށްލައިގެން އުންމީދު މަރާލައިގެން ތިބޭ ވަރަށްވުރެ ހާލަތު ގޯހެވެ.

ރައްޔިތުންގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ 'ނޯ ޓޮބޭކޯ ޑޭ' އާ ގުޅުވައިގެން ނެރޭ ކުރެހުން އެޅި ކޮތަޅަކީ ވެސް މިފަދަ އުންމީދެކެވެ. ދުންފަތަށް މީހުން ހޭލުންތެރިކޮށް، ވީހާވެސް ގިނަ ބަޔަކަށް އަބަދު ފެންނަ ގޮތަށް ދުންފަތުގެ ބިރުވެރިކަމާއި ނުރައްކާތެރިކަމުގެ މެސެޖުތައް ގިނަ ކޮށްލުމެވެ.

އެސްޓީއޯގެ ނޯ ޓޮބޭކޯ ކޮތަޅެއް ލިބޭނީ ކިހިނެއް؟

އެސްޓީއޯގެ އައުޓްލެޓް ތަކުން ވިޔަފާރިކުރަން އަންނަ މީހުންނަށް ކޮތަޅު ހިލޭ ލިބޭނެ އެވެ.

އެސްޓީއޯ އިން ބުނީ، މަގްސަދަކީ ކޮތަޅުތައް ގިނައިން ބޭނުންކުރުމުގެ ޗާންސު ދީ ގިނަބަޔަކަށް ދުންފަތާ ދުރުވުމަށް ހަދާން ކޮށްދިނުމެވެ. ތިމާވެއްޓާ ރައްޓެހި މިކޮތަޅު ތަކުގައި ކުރެހުމާއި އިބާރާތް ހިމެނޭ ގޮތަށް ދުންފަތުން ދުރުވުމަށް ވަކާލާތުކޮށްފައި ވާނެ އެވެ.

ދުންފަތް ހުއްޓާލަންޖެހޭ ސަބަބުތައް

  • ދުންފަތަކީ ސީދާ ކޮންނާއި ނުސީދާކޮށް ގެއްލުންދޭ އެއްޗެއް
  • ނުސީދާ ދުމުން މާބަނޑު މީހުންނާއި ކުޑަކުދިންނަށް ބަލި ޖެހޭ
  • ދުންފަތުގެ ދުމަށް ހުށަހެޅުމުން ކުޑަކުދިންނަށް ނޭވާހިއްލުމާއި، ކެއްސުމާއި، ފުއްޕާމޭގައި ޖަރާސީމު އަށަގަތުމާއި ލޭގެ ކެންސަރު ޖެހުން ފަދަ މައްސަލަތައް ކުރިމަތިވުން އިތުރުވޭ
  • މާބަނޑު މީހުންނަށް ބައިގެންދިއުން، އުފަންވާ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި އައިބު އުފެދުން ފަދަ މައްސަލަތަކާއި އުފަންވާއިރު ދަރިފުޅުގެ ބަރުދަން ލުއިވުން ފަދަ ކަންކަން ކުރިމަތިވޭ

އެހެންވީމަ ތިމާ އާއި އަނެކުންގެ ސަލާމަތަށްޓަކައި ދުންފަތް ދޫކޮށްލުމަކީ ކޮންމެހެން ކުރަންވެއްޖެ ކަމެކެވެ. ފަސޭހައިން ދުރުނުވެވޭ ވަރަށް އޭގެ ތެރެއަށް ވަދެވިފައި ހުރިނަމަ، ނުވަތަ ދުރުވާން އެހީތެރިކަން ބޭނުން ނަމަ މިހާރު އެ ފުރުސަތު ވެސް މާލޭގައި ފައްސެވެ. ދަމަނަވެއްޓާއި ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އެންޓި ޓޮބޭކޯ ކްލިނިކް ތައް އެބަހުއްޓެވެ. މި ކްލިނިކްތަކުގައި ހިންގޭ ޕްރޮގްރާމްތަކަށް ބޭނުންވާ ނިކޮޓިން ޕެޗްފަދަ ތަކެތި, ހުއްޓާލަން ބޭނުންވާ މީހުންނަށް އާސަންދައިގެ ތެރެއިން ހިލޭ ވެސް ލިބެން ހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox