އެމެރިކާއިން ޕުޓިންގެ ދެ ދަރިކަނބަލުންނަށް ފިޔަވަޅު އަޅައިފި

ޕުޓިންގެ ދަރިކަނބަލުން މަރިއާ ވޮރޮންޓްސޮވާ. -- ފޮޓޯ: ޓަސް

ޕުޓިންގެ ދަރިކަނބަލުން މަރިއާ ވޮރޮންޓްސޮވާ. -- ފޮޓޯ: ޓަސް

ރަޝިއާގެ ޕަބްލިކް އަދި ޕްރައިވެޓް ބޭންކުތަކާއި ރައީސް ލެޑިމިއަ ޕުޓިންގެ ދެ ދަރިކަނބަލުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައި، އެމެރިކާއިން އިއުލާނުކޮށްފި އެވެ.

އަލަށް އިއުލާން ކުރި ފިޔަވަޅުތަކުގެ ދަށުން ޕުޓިން އާއި ކުރީގެ އަނބިކަނބަލުން ލިޔުޑްމިލާ ޝްކްރެބްނެވާގެ ދެ ދަރިކަނބަލުން، މަރިއާ ވޮރޮންޓްސޮވާ އަދި ކަޓެރިނާ ޓިހޮނޮވާއަށް އަމާޒު ކުރެ އެވެ.

އޭގެ އިތުރުން ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވްގެ އަނބިކަނބަލުންނާއި ދަރިކަނބަލުންނަށް ވެސް ދަތި ކުރުމުގެ ފިޔަވަޅުތައް އަމާޒު ކުރާނެ އެވެ.

އިތުރަށް އަމާޒު ކުރި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ރަޝިއާގެ ސަލާމަތީ މަޖިލީހުގެ ހުރިހާ މެމްބަރުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަދި ބޮޑު ވަޒީރު ޑިމިޓްރީ މެޑްވެޑޭވް އަދި ކުރީގެ ބޮޑު ވަޒީރު މިކާއިލް މިޝުސްޓިން ހިމެނިވަޑައިގަންނަވަ އެވެ.

"މި ފަރާތްތައް ވަނީ ރަޝިއާ ރައްޔިތުންނަށް ލިބޭނެ ގެއްލުމަކަށް ނުބަލައި، އަމިއްލަ މުއްސަނދިކަން އިތުރުކޮށްފައި. އޭގެ ތެރެއިން ބައެއް މީހުން ދަނީ ޕުޓިން ޔޫކްރެއިންގައި ކުރާ ހަނގުރާމައަށް އެއްބާރުލުން ދެމުން،" ވައިޓް ހައުސްގެ ބަޔާނެއްގައި ބުންޏެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި ޕުޓިންގެ މުދާ ފޮރުވާފައި ވަނީ އާއިލާ މެމްބަރުންގެ އެހީގައި. އާއިލާގެ ފަރާތްތަކަށް އަމާޒު ކުރަން ޖެހެނީ އެހެންވެ،" އެމެރިކާގެ އިސް އޮފިޝަލަކު ނޫސްވެރިންނަށް ވިދާޅުވި އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އިއުލާން ކުރަން ނިންމީ، ޔޫކްރެއިންގެ ބައެއް ހިސާބުތަކުގައި ރަޝިއާ ސިފައިން ގަތުލުއާއްމު ހިންގާފައިވާ ކަމަށް ބެލެވޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox