ޗެލްސީ - ރެއާލް ކުރިމަތިލާއިރު، އަންޗެލޮޓީ އަށް ޕްރެޝަރު

Apr 6, 2022, 6:48 AM
ރެއާލްގެ މެޗެއްގެ ތެރެއިން އަންޗެލޮޓީ.-- ފޮޓޯ: އޭއެފްޕީ

ރެއާލްގެ މެޗެއްގެ ތެރެއިން އަންޗެލޮޓީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 6) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ޕީއެސްޖީ ބަލިކޮށް، ރެއާލް މެޑްރިޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމާ އެކު، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ދިޔައީ ތައުރީފް އޮހެމުންނެވެ. އެހެން ނަަމަވެސް، ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގަށް ކުރިމަތިލާއިރު، މަންޒަރު އޮތީ ވަަރަށް ބޮޑަށް ބަދަލުވެފަ އެވެ. ހާއްސަކޮށް، ލީގުގައި ބާސެލޯނާ އަތުން އަމިއްލަ ދަނޑުގައި ރެއާލް ބަލިވުމާ އެކު، އަންޗެލޮޓީ ވަނީ ހޫނު ފެނަށް ވެއްޓިފަ އެވެ. ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިއުމަކީ، ކޯޗުގެ މަގާމުގައި ދެމިހުރުމަށް އަންޗެލޮޓީ އަށް މުހިންމު ކަމެކެވެ.

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު ސެލްޓަ ވީގޯ އަތުން މޮޅުވެ، ރެއާލް އިން ވަނީ ތާވަލްގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފަ އެވެ. އެކަމަކު، އަންޗެލޮޓީ އަށް ފިނިކަމެއް ލިބޭނީ ޗެމްޕިއަންސް ލީގުގެ ނަތީޖާ ވެސް ރަނގަޅުކޮށްގެންނެވެ.

ހުސްވި ހަފުތާގައި އަންޗެލޮޓީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ، މިރޭގެ މެޗުގައި އޭނާ ފެންނާނެކަމުގެ ޔަގީންކަމެއް ނެތެވެ. މި މެޗުގައި އަންޗެލޮޓީ އަށް ބެންޗުގައި އިނދެވޭނީ ކޮވިޑަށް ނެގެޓިވް ވެއްޖެނަމަ އެވެ.

މިދިޔަ އަހަރު އަންޗެލޮޓީ އަލުން ރެއާލާ ގުޅުމަކީ ގިނަ ބަޔަކަށް ހައިރާން ލިބުނު ކަމެކެވެ. އަންޗެލޮޓީ ކޯޗުކަމަށް ހަމަޖެއްސުމުގެ މަޝްވަރާތައް ނިމުނީ ވަރަށް އަވަހަށެވެ. މި ސީޒަން ފެށިއިރު، މި ވަގުތު އެންމެ ފާހަގަކޮށްލެވޭ ކޯޗުންތައް ތިބީ އެހެން ޓީމުތަކުގެ އެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި އެވަޓަންގެ ކޯޗުގެ މަގާމުގައި ހުރި އަންޗެލޮޓީ ރެއާލުން ގެނައީ ކުރު މުއްދަތަކަށް ވިސްނުމެއްގަ އެވެ. އެއީ މި ސީޒަނަށް ފަހު، ޔޫރަޕްގައި މި ވަގުތު ފާހަގަކޮށްލެވޭ ކޯޗުންތަކެއް ކްލަބު ބަދަލުކުރާނެ ކަމަށް ބެލެވެތީ އެވެ. އޭގެ ތެރޭގައި ޕީއެސްޖީގެ މައުރީސިއޯ ޕޮޗެޓީނޯ އާއި އަޔަކްސްގެ އެރިކް ޓެން ހާގް ހިމެނެ އެވެ.

އަންޗެލޮޓީ އަށް ދެވަނަ ސީޒަނެއް ރެއާލްގައި ހޭދަކުރެވެން އޮތީ، ރަނގަޅު ނަތީޖާތަކެއް ނެރިގެންނެވެ. އެހެންވެއްޖެނަމަ، އަންނަ ސީޒަންގައި ވެސް އަންޗެލޮޓީ އަށް ފުރުސަތެއް ދިނުމަށް، ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ނިންމަފާނެ އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ރެއާލް ވަނީ ޗެލްސީ އަތުން ބަލިވެފަ އެވެ. މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ރެއާލުން ޗެލްސީއާ ދެކޮޅަށް ނުކުންނާނީ މިދިޔަ ސީޒަނުގެ ބަދަލުހިފުމުގެ ވިސްނުން ވެސް ސިކުނޑީގައި ބަހައްޓައިގެންނެވެ.

އަންޗެލޮޓީ ކުރިން ކޯޗުކޮށްދިން ކްލަބެއް ކަމަށްވާ ޗެލްސީ އަށް ވެސް މިއީ ފަސޭހަ ވަގުތެއް ނޫނެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ޗެލްސީ ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން 4-1 އިން ބަލިވެފަ އެވެ. އެހެން ކަމުން މިރޭ ރެއާލުން އެ ޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާގެ ބޭނުން ހިފައިގެން، ޗެލްސީގެ ޑިފެންސް ތެރެއިން ލިބޭ ޖާގަތަކުގެ ބޭނުންހިފަން ވަރަށް ބޮޑަށް މަސައްކަތްކުރާނެ އެވެ.

ޗެލްސީން ރެއާލާ ދެކޮޅަށް ނުކުންނާނީ ޔޫރަޕްގައި ބަލިނުވެ އޮތް ރެކޯޑެއް ދަމަހައްޓާށެވެ. ޔޫރަޕްގެ މުބާރާތްތަކުގައި ޗެލްސީން ރެއާލާ ބައްދަލުކުރި ފަސް މެޗު ވެސް ބަލިވެފައިނުވެ އެވެ. ޗެލްސީ ދަނޑުގައި މިރޭ ރެއާލާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox