ޓްވިޓާއިން "އެޑިޓް ބަޓަން" ޓެސްޓު ކުރަން ފަށަނީ

ޓްވީޓް ކުރުމަށް ފަހު އެޑިޓް ކުރެވޭނެ ފީޗާއެއް ތައާރަފް ކުރުމަށް ގިނަ ބަޔަކު ދިޔައީ އެދެމުން.

ޓްވީޓް ކުރުމަށް ފަހު އެޑިޓް ކުރެވޭނެ ފީޗާއެއް ތައާރަފް ކުރުމަށް ގިނަ ބަޔަކު ދިޔައީ އެދެމުން.

ޓްވިޓާއިން ފޯރުކޮށްދޭ ސަބްސްކްރިޕްޝަން ހިދުމަތާ އެކު "އެޑިޓް ބަޓަން" ޓެސްޓު ކުރުމުގެ މަސައްކަތް ފަށާނެކަން އިއުލާންކޮށްފި އެވެ.

ޓްވީޓު ކުރުމަށް ފަހު އެޑިޓު ކުރެވޭނެ ނުވަތަ ބަދަލު ގެނެވޭނެ ފީޗާއެއް ހޯދުމަށް ޓްވިޓާ ބޭނުން ކުރާ ގިނަ ބަޔަކު އެދެމުން ދާތާ ދުވަސްތަކެއް ވެއްޖެ އެވެ.

"ޓްވިޓާ ބްލޫ" ނުވަތަ ކޮންމެ މަހަކު ފީއެއް ދައްކައިގެން ސަބްސްކްރައިބު ކުރެވޭ ހާއްސަ ފީޗާތަކުގެ ތެރެއިން "އެޑިޓް ބަޓަން" ތައާރަފް ކުރާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

Advertisement

ޓްވިޓާގެ ގިނަ އަދަދެއްގެ ހިއްސާތައް ގަނެ، އާ ބޯޑު މެމްބަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ބިލިއަނަރު އެލޮން މަސްކް ދާދި ފަހުން ވަނީ "އެޑިޓް ބަޓަން" އާ ބެހޭ ގޮތުން އާއްމުންގެ ހިޔާލު ހޯދާފަ އެވެ.

މަސްކް ކުރި ޓްވީޓެއްގައި ސުވާލުކޮށްފައި ވަނީ ޓްވިޓާއަށް "އެޑިޓް ބަޓަން" ތައާރަފް ކުރުމާ މެދު ދެކޭ ގޮތް ހޯދުމަށެވެ. ގާތްގަނޑަކަށް 4.4 މިލިއަން މީހުން ޕޯލްގައި ބައިވެރިވި އެވެ. އޭގެ ތެރެއިން 73 ޕަސެންޓް މީހުން ބުނީ "އެޑިޓް ބަޓަން" ބޭނުންވާ ކަމަށެވެ.

"ހުރިހާ އެންމެން މި ސުވާލު ކުރަމުން ދާތީ އަޅުގަނޑުމެން ހާމަކުރަން ބޭނުން. މިދިޔަ އަހަރުން ފެށިގެން އެޑިޓް ފީޗާއެއްގެ މަސައްކަތް ދަނީ ކުރިއަށް،" ޓްވިޓާއިން ބުންޏެވެ.

"އެކަމަކު އެއީ މަސްކްގެ އޮންލައިން ޕޯލްއާ ގުޅިގެން އަޅުގަނޑުމެންނަށް އައި ވިސްނުމެއް ނޫން."

ޓްވިޓާއިން ބުނީ "ޓްވިޓާ ބްލޫ" ސަބްސްކްރިޕްޝަން ބޭނުން ކުރާ ފަރާތްތަކަށް "އެޑިޓް ބަޓަން" ތައާރަފުކޮށް، އެ ފީޗާގެ ޓެސްޓްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

"ޓްވިޓާ ބްލޫ" އަކީ ކޮންމެ މަހަކު ތިން ޑޮލަރު ދައްކައިގެން ހާއްސަ ފީޗާތަކާއި ހާއްސަ ކޮންޓެންޓަށް އެކްސެސްވެވޭ ހިދުމަތެކެވެ.

ޓްވިޓާއިން ބުނީ ސަބްސްކްރިޕްޝަން ހިދުމަތް މިހާރު ލިބެނީ އެޕަލް އަދި އެންޑްރޮއިޑް ސްމާޓްފޯނުތަކަށް އޮސްޓްރޭލިއާ، ކެނެޑާ، ނިއުޒީލޭންޑް އަދި އެމެރިކާގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox