ލިވަޕޫލުން ހަތަރު ތަށި ހޯދާ ވާހަކަ ކްލޮޕަށް ޝައުގުވެރިއެއް ނޫން

Apr 5, 2022, 8:30 AM
ލިވަޕޫލުން ހަތަރު ތަށި ހޯދާ ވާހަކަ ކްލޮޕަށް ޝައުގުވެރިއެއް ނޫން

ލިޒްބަން، ޕޯޗުގަލް (އޭޕްރީލް 5) - މި ސީޒަނުގައި ލިވަޕޫލުން ހަތަރު ތަށި ހޯދާނެ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކާއި އެކަމާ ގުޅުވައިގެން ކުރާ ސުވާލުތައް އެހާ ޝައުގުވެރިއެއް ނޫން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލުން ވަނީ މި ސީޒަނުގެ އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް) ކާމިޔާބުކޮށްފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި ލިވަޕޫލުން އޮތްއިރު، އެފްއޭ ކަޕްގެ ސެމީ ފައިނަލުން ވެސް ވަނީ ފުރުސަތު ހޯދައިފަ އެވެ. ލީގާއި އެފްއޭ ކަޕްގައި ލިވަޕޫލުން ވާދަކުރަން ޖެހިފައި އޮތީ މެންޗެސްޓާ ސިޓީއާ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ފުރަތަމަ ލެގުގައި ރަށުންބޭރުގައި ލިވަޕޫލުން ނުކުންނާނީ ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށެވެ.

ފާއިތުވި ހަފްތާތަކުގައި އެކި ނޫސްވެރިންގެ ބައްދަލުވުންތަކާއި އިންޓަވިއުތަކުގައި ލިވަޕޫލްގެ ކޯޗު ކްލޮޕް ގާތުގައި ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ސީޒަނުގެ ހަތަރު ތަށި ހޯދިދާނެތޯ ތަކުރާރުކޮށް އަންނަނީ ސުވާލު ކުރިމަތިވަމުންނެވެ.

"އަހަރަމެންނަށް ފެންނަން އޮތް ހަގީގަތަކީ އަހަރެމެންނަކީ (ލިވަޕޫލް) ތިބުނި އެއްވެސް މުބާރާތެއްގެ ފޭވަރިޓުންނެއް ނޫންކަން. އެކަމަކު، އަހަރެމެން ވަށައިގެން މި އުޅޭ މީހުން އެ ވާހަކަ ދައްކާތީ ބައެއް ފަހަރު ހިތްހަމަޖެހޭ, އެކަމަކު، އެ ވާހަކަތަކަށް އަހަރެންގެ ޝައުގުވެރިކަމެއް ނެތް،" ބީޓީ ސްޕޯޓްސްގެ އިންޓަވިއުއެއްގައި ކްލޮޕް ބުންޏެވެ.

"މީގެ ވިސްނަން ޖެހޭ ކަމަކީ ރިއަލިސްޓިކް (ހަގީގީ) ވިސްނުމަކުން ބަލާއިރު ކުއަޑްރަޕްލް (ހަތަރު ތަށި) ހޯދިދާނެތޯ. އަހަންނަށް ގަބޫލުކުރެވޭ ކަމެއް ނޫން. ހާއްސަކޮށް އިންގްލެންޑްގައި. އެކަމަކު، ވާދަކުރާ ކޮންމެ މުބާރާތެއް ކާމިޔާބުކުރަން މަސައްކަތް ކުރުން އެއީ އޮތް ކަމެއް،"

ބެންފީކާއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ގާތުގައި އެ ޓީމަށް ހަތަރު ތަށި ހޯދިދާނެތޯ އެހުމުން އޭނާ ބުނީ ސީޒަން ފެއްޓުމުގެ ކުރިން ދައްކާ ވާހަކަ އާއި މިހާރު ކުރިމަތީގައި އޮތް ހަގީގަތް ތަފާތު ކަމަށެވެ.

ވެން ޑައިކް ދެކޭ ގޮތުގައި ސީޒަން ފެށިއިރު، ލިވަޕޫލުން އޮތް ހިސާބަށް ބަލާފައި ލިވަޕޫލް މި ވަގުތު ހަތަރު މުބާރާތް ކާމިޔާބު ކުރެވޭ ހިސާބުގައި އޮންނާނެ ކަމަށް ގަބޫލުކުރާނެ މީހުން މަދުވާނެ އެވެ. އެހެންކަމުން، މިހާރު ލިބިފައި މި އޮތް ފުރުސަތުގައި ލިވަޕޫލް ކުޅުންތެރިންގެ ވިސްނުމަކީ މިއީ ހަނދާނުން ފޮހެލަން އުނދަގޫ ފަދަ ކާމިޔާބު އަހަރަކަށް ހެދުމަށް ކަމަށް ވެން ޑައިކް ބުންޏެވެ. .

ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން އެއްބަސްވެފައިވާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަ އަށް ކްލޮޕް ބުނީ އެ ކަމުގެ މަޝްވަރާކުރަން ޖެހޭ ފަރާތްތަކުން ކުރިއަށްދާ ގޮތާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

ބެންފީކާ އިން މިރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭއިރު، ހިތްވަރު ހޯދާނީ މި ފަހަރުގެ ގްރޫޕް ސްޓޭޖުން ބާސެލޯނާ ބަލިކުރި މެޗާއި ގަދަ 16 ބުރުގައި އަޔަކްސްގެ މައްޗަށް ކުރިހޯދި މެޗުތަކުންނެވެ. ބެންފީކާ ޓީމުގެ މުހިންމު ކުޅުންތެރިއަކީ އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް އެވެ. އުމުރުން 22 އަހަރުގެ ނޫނޭޒް ވަނީ މި ސީޒަނުގައި ކުޅުނު 34 މެޗުން 27 ގޯލު ޖަހައިފަ އެވެ.

ބެންފީކާ އިން ވަނީ ޗެމްޕިއަންސް ލީގުގައި 2006 ވަނަ އަހަރު ގަދަ 16 ބުރުގައި ލިވަޕޫލް ކަޓުވާލައިފަ އެވެ. އޭރު ބެންފީކާގެ ތަރި، ސިމާއޯ ސަމްބްރޯސާ ދެކޭ ގޮތުގައި މިހާރު އޮތް ބެންފީކާ ޓީމަށް ވެސް ލިވަޕޫލް ބަލިކުރެވިދާނެ އެވެ.

ލިވަޕޫލާއި ބެންފީކާ ކުޅޭ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ. ހަަމަ އެ ވަގުތު ކުއާޓާ ފައިނަލްގެ އަނެއް މެޗުގައި މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox