ޓީމެއްގެ ގޮތުގައި ވެލެންސިއާ އަށް މި ޗެލެންޖުން އަރައިގަނެވޭނެ: ތޮލާލް

ވެލެންސިއާ އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން ކީޕަރު ތޮލާލް: މިރޭ ޕަރޯއާ ދެކޮޅަށް ވެލެންސިއާ ގޯލު ބަލަހައްޓާނެ ކަމަށް ބެލެވެނީ ތޮލާލް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވެލެންސިއާ އާއި މާޒިޔާ ކުޅުނު މެޗުގެ ތެރެއިން ކީޕަރު ތޮލާލް: މިރޭ ޕަރޯއާ ދެކޮޅަށް ވެލެންސިއާ ގޯލު ބަލަހައްޓާނެ ކަމަށް ބެލެވެނީ ތޮލާލް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޭއެފްސީ ކަޕްގެ ކޮލިފައިން ޕްރިލިމިނަރީ ފުރަތަމަ ބުރުގައި މިރޭ ބޫޓާންގެ ޗެމްޕިއަން ޕަރޯ އެފްސީއާ ދެކޮޅަށް ނުކުންނައިރު، ކްލަބް ވެލެންސިއާ އަށް މިއީ ޗެލެންޖިން ހާލަތެއް ނަމަވެސް މި ކަމުން އަރައިގެނެވޭނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށް ޓީމުގެ ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ބުނެފި އެވެ.

ވެލެންސިއާގެ އެއް ވަނަ ކީޕަރުގެ ގޮތުގައި ހުރި މުހައްމަދު ފައިސަލް ޕްރެކްޓިހުގައި ބައިވެރިނުވާތީ އެންމެ ފަހުން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗު، ކްލަބް އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ވެލެންސިއާގެ ގޯލު ބެލެހެއްޓީ ތޮލާލް އެވެ.

އަނިޔާގެ ސަބަބުން ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ޔަގީނުން ވެސް މިރޭގެ މެޗުގެ ފުރަަތަމަ އެގާރައިގައި ނުހިމެނޭނެކަން ކަށަވަރުވެފައިވާއިރު، މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ވެސް ހުރީ އަނިޔާގަ އެވެ. އެކަމަކު، ވެލެންސިއާ އަށް އޮތް ހިތްހަމަޖެހުމަކީ ސްޕެއިންގެ ފޯވާޑް ބޯހާސް މާޓިން މިރޭގެ މެޗުގައި ކުޅެވޭގޮތްވުމެވެ.

މި ފަހަރުގެ ލީގުގެ ޖުމްލަ ތިން މެޗެއްގައި ވެލެންސިއާގެ ގޯލު ބެލެހެއްޓި ތޮލާލް މިރޭ ވެސް ވެލެންސިއާގެ ގޯލުގައި ހުންނާނެ ކަަމަށް ބެލެވޭ އެންމެ ބޮޑު ސަބަބަކީ ޓީމުގެ އިސް ކުޅުންތެރިއެއްގެ ހައިސިއްޔަތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތޮލާލް ބުނީ ފުރަތަމަ މެޗު ޕަރޯއާ އެކު އަމިއްލަ ދަނޑުގައި ކުޅެން ޖެހުމަކީ "ހޯމް އެޑްވާންޓޭޖް" ލިބޭނެ ކަމެއް ކަމަށެވެ. އަދި މީގެ ބޭނުންހިފައި، މި ވަގުތު ކްލަބް އޮތް ހާލަތުން އަރައިގަންނަން ކުޅުންތެރިން މަސައްކަތް ކުރާނެ ކަމަށް ތޮލާލް ވަނީ ބުނެފަ އެވެ.

"މިސާލަކަށް ފުރަތަމަ މެޗު ގަލޮޅު ދަނޑުގައި ކުޅެ، މޮޅުވެއްޖިއްޔާ އެ ވާނެ ކޮންފިޑެންސް ބޫސްޓަކަށް ބަންގްލަދޭޝަށް ދާން ނޫނީ އެ އަށް ވުރެ ދުރަށް ދާންވާއިރަށް. ބޫޓާން ޓީމާ ފުރަތަމަ ޖެހުން ދެކެނީ މުބާރާތުގައ ސްޓެޕް ބައި ސްޓެޕް (ފިޔަވަޅަކަށް ފަހު ފިޔަވަޅެއް) ކުރިއަށްދާން ރަނގަޅު ފުރުސަތެއްގެ ގޮތުގައި،" ސާފް ޗެމްޕިއަންޝިޕް 2018 ވަނަ އަހަރު ރާއްޖޭން ކާމިޔާބުކުރިއިރު ސްކޮޑުގައި ހިމެނުނު ކީޕަރު ތޮލާލް ބުންޏެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮލާލް ވާހަކަ ދައްކަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"(ވެލެންސިއާގެ) ޓީމު އަސްލު ޓީމް ވޯކް ވަރަށް ރަނގަޅަށް އޮތީ ހަމަ. ދިމާވި ހުރިހާ ކަމަކުން ވެސް އަރައިގަނެގެން ކުރިއަށް މި ދަނީ އެހެންވީމަ އުންމީދަކީ ކުރިއަށް އޮތްތަނުގައި ވެސް މި ޗެލެންޖުން ވެސް އަރައިގަނެ ކުރިއަށް ދެ ވަނަ ބުރަށްދާއިރު ވެސް ރަނގަޅު ގޮތަށް ޓީމު އޮތުން،"

ވެލެންސިއާ އިން 2017 ވަަނަ އަހަރު އޭއެފްސީ ކަޕް ކޮލިފައިންގައި ކުޅުނުއިރު، ވެސް ތޮލާލް ސްކޮޑުގައި ހިމެނުނެވެ. އޭގެ ފަހުން ވެލެންސިއާ އިން އަނެއްކާ ވެސް ވެލެންސިއާ އިން އޭއެފްސީ ކަޕް ކޮލިފައިންގައި ވާދަކުރާއިރު، ތޮލާލަށް މި ފަހަރު އޮތް ޒިންމާ ބޮޑެވެ.

ތޮލާލް، 32، އަކީ ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކުގެ ގޯލު ބަލަހައްޓާފައިވާ ކީޕަރެކެވެ. މީގެ ކުރިން އޭނާ ފުރަތަމަ ޑިވިޝަނުގައި ކުޅެފައިވާ ފާހަގަކޮށްލެވޭ ޓީމުތަކަށް ބަލާއިރު، ވިކްޓްރީ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ، ވީބީ އައްޑޫ އެފްސީ ހިމެނެ އެވެ. އަދި ދެ ވަނަ ޑިވިޝަނުން ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ސީޒަނުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ތޮލާލް އެވެ.

ވެލެންސިއާ އާއި ޕަރޯ މިރޭ 10 ޖަހާއިރު ބައްދަލުކުރާނެ އެވެ، މި މެޗުން މޮޅުވާ ޓީމެއް ޕްރިމިލިނަރީ ކޮލިފައިންގެ ދެ ވަނަ ބުރުގައި ނުކުންނާނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް އެ ގައުމުގަ އެވެ. އެ މެޗު އޮންނާނީ މި މަހު 12 ވަނަ ދުވަހު އެވެ. އެ މެޗުން މޮޅުވާ ޓީމެއް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ކުޅޭ ފަހު މެޗުގައި ނުކުންނާނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ނުވަތަ މަޗިންދުރަ/ބްލޫ ސްޓާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތީ ތިން ޓީމެކެވެ. އެއީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ ގޯކުލަމް ކެރަލާ އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. ކޮލިފައިން ޕްލޭއޮފުން މޮޅުވާ ޓީމަކާ އެކު އޭއެފްސީ ކަޕްގެ މި ގްރޫޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އިންޑިއާގެ ކޮލްކަތާގަ އެވެ. މެޗުތައް އޮތީ އަންނަ މަހު 18-24 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox