ބަޔާންގެ 12 ކުޅުންތެރިން ދަނޑުމަތީގައި ތިބި މައްސަލަ ބެލުމަށް ފްރެއިބާގް އިން ހުށަހަޅައިފި

Apr 5, 2022, 6:04 AM
ބަޔާންގެ 12 ކުޅުންތެރިން ދަނޑުމަތީގައި ތިބި މައްސަލަ ބެލުމަށް ފްރެއިބާގް އިން ހުށަހަޅައިފި

ބާލިން (އޭޕްރީލް 5) - ޖަރުމަނު ލީގުގައި ހޮނިހިރު ދުވަހު ފްރެއިބާގް އަތުން 4-1 އިން ބަޔާން މިއުނިކް މޮޅުވި މެޗުގައި، ބަޔާންގެ 12 ކުޅުންތެރިން ދަނޑުމަތީގައި ތިބި މައްސަލަ ބެލުމަށް ފްރެއިބާގް އިން ހުށަހަޅައިފި އެވެ.

ފްރެއިބާގްގެ ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގެ 86 ވަނަ މިނިޓުގައި ނިކްލަސް ސޫލާ އާއި މާސެލް ސަބިޓްޒާ ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރިއިރު، ދަނޑުން ފޭބީ އެންމެ ކުޅުންތެރިއެކެވެ. އެހެންވެ، 17 ސިކުންތަށް ބަޔާންގެ 12 ކުޅުންތެރިން ދަނޑުމަތީގައި ތިއްބެވެ.

ފްރެއިބާގް އިން ނެރުނު ބަޔާނެއްގައި ބުނީ މެޗުގެ ސައްހަކަމާމެދު ސުވާލު އުފެދޭތީ، އެ މެޗުގެ މައްސަލަ ބެލުމަށް އެ ކްލަބުން ހުށަހަޅާފައިވާ ކަމަށެވެ.

"ކުޅުންތެރިން ބަދަލުކުރި ވަގުތު، ހިނގި ކަންތައްތަކުގައި މި ކްލަބުގެ ޒިންމާއެއް ނެތް. އެކަމަކު ލީގުގެ ގަވައިދުތައް ހެދިފައިވާ ގޮތުގެ ސަބަބުން، މި ކްލަބަށް މި ޖެހުނީ މައްސަލަ ބަލައިދިނުމަށް އެދި ހުށަހަޅަން،" ފްރެއިބާގް އިން ބުންޏެވެ.

ޖަރުމަން ލީގުގެ ގަވައިދުގައިވާ ގޮތުގައި، މިފަދަ މައްސަލަތަކުގައި ކުށްވެރިވާ ޓީމު މެޗުން މޮޅިވިޔަސް، މެޗުގެ ނަތީޖާ ބަދަލުކޮށް، އެ މެޗުގެ ތިން ޕޮއިންޓް އިދިކޮޅު ޓީމަށް ދެވޭނެ ކަމަށެވެ.

ބަޔާން ޖަރުމަނު ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ، ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވުރެ ނުވަ ޕޮއިންޓް ކުރީގަ އެވެ. ޖެހިޖެހިގެން 10 ވަނަ ފަހަރަށް، ލީގު ޗެމްޕިއަންކަން ބަޔާން ހޯދާނެ ކަމަށް ބެލެވެ އެވެ.

ފްރެއިބާގް އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް އާރްބީ ލައިޕްޒިގާއި ފްރައިބާގާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ތަފާތެކެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox