އުރީދޫ މޯލްޑިވްސްގެ ޑިރެކްޓާ ފިނޭންސްގެ މަގާމަށް ހުސެއިން ޒަރީރު އައްޔަނުކޮށްފި އެވެ.
ވަތަނިއްޔާ ދުވަސްވަރުން ފެށިގެން އުރީދޫގައި ހިދުމަތް ކުރި ޒަރީރަކީ ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރެކެވެ. އޭގެ ތެރެއިން 15 އަހަރު އޭނާ ހޭދަކުރީ އުރީދޫގަ އެވެ.
ޒަރީރު އުރީދޫއާ އަލުން މި ގުޅިވަޑައިގެންނެވީ މޭ 2005 އިން ޖެނުއަރީ 2020 އާ ހަމައަށް އުރީދޫއަށް ހިދުމަތް ކުރުމަށް ފަހުގަ އެވެ. އެ މުއްދަތުގެ ތެރޭގައި ވެސް އޭނާ ވަނީ ކުންފުނީގެ ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމާއި ޑިރެކްޓާ ފިނޭންސްގެ މަގާމު އަދާކުރައްވާފަ އެވެ.
އުރީދޫ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޒަރީރަކީ އުރީދޫގެ ވިޔަފާރި ކުރިއަރުވާށާއި އެ ކުންފުނީގެ "ޑިޖިޓަލް ޓްރާންސްފޮމޭޝަން" ގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި، އޭނާގެ ތަޖުރިބާގެ އަލީގައި ކުންފުނީގެ ވިޔަފާރި ފުޅާކުރަން އިތުރަށް އެހީވެދޭނެ ކަމުގެ ޔަގީންކަން ކުންފުންޏަށް އެބައޮތް ކަމަށެވެ.











