2017 އަށް ވުރެ ވެލެންސިއާގެ ޓީމްވޯކް ރަނގަޅު: ފެސްކޯ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވެލެންސިއާގެ ހެޑް ކޯޗު ފެސްކޯ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވެލެންސިއާގެ ހެޑް ކޯޗު ފެސްކޯ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އެންމެ ފަހުން 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރިއިރު، ކްލަބް ވެލެންސިއާގައި އޮތް ހާލަތާ އަޅާކިޔާއިރު، މި ވަގުތު އޮތް ޓީމުގެ ޓީމްވޯކް ރަނގަޅު ކަމަށް ވެލެންސިއާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

ވެެލެންސިއާ އިން އެންމެ ފަހުން 2017 ވަނަ އަހަރު އޭއެފްސީ ކަޕް ކޮލިފައިންގައި ކުޅުނީ ވެސް ފެސްކޯގެ ހެޑް ކޯޗުކަމުގަ އެވެ. ފެސްކޯ އާއި އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ކޯޗިން ޓީމުގެ އިރުޝާދުގެ ދަށުން އެ ފަހަރު ކޮލިފައިން ފުރަތަމަ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ކުޅުނު މެޗުގެ ދެ ލެގުން ވެލެންސިއާ މޮޅުވީ 3-0 އިންނެވެ. އޭގެ ފަހުން ވެލެންސިއާ އިން ކޮލިފައިން ޕްލޭއޮފްގައި މޯހަން ބަގާންއާ މާލޭގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެކަމަކު، އިންޑިއާގައި މޯހަން ބަގާން އަތުން 4-1 އިން ބަލިވެ، ގްރޫޕް ސްޓޭޖުގެ ޖާގަ ނުލިބި ކެޓީ އެވެ.

މި ފަހަރުގެ ކޮލިފައިން ފުރަތަމަ މެޗުގައި ވެލެންސިއާ އިން މާދަމާރޭ ކުޅޭނީ ބޫޓާންގެ ލީގު ޗެމްޕިއަން ޕަރޯ އެފްސީއާ އެވެ. އެ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފެސްކޯ ބުނީ މިހާރު ތިބި ވެލެންސިއާގެ ކުޅުންތެރިންނަކީ ވަރަށް ބޮޑަށް މަސައްކަތް ކުރުމުގެ ރޫހު ހުރި ކުޅުންތެރިން ކަމަށެވެ.

Advertisement

"އެ ފަހަރު އަޅުގަނޑުމެންނާ އެކު ޓްރެވަލް ކުރިއިރު، ތަންކޮޅެއް އޭޖްވެފައި ހުރި ޕްލޭޔަރުން ތިބީ އޭގެ ތެރޭގައި އެކި ކަހަލަ ކަންތައްތަކެއް އުޅުނު. މިހާރު ޓީމެއްގެ ގޮތުގައި ޓީމު ރޫހު ވަރަށް ރަނގަޅު. އެހެންވީމަ މިހާރު އޮތް ވެލެންސިއާއާ އޭރު އޮތް ވެލެންސިއާ ތަފާތު. ޓީމު ވޯކް ވެސް ރަނގަޅޭ ދެންނެވޭނީ" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ބޫޓާންގެ ޕަރޯ އަކީ ދަށް ޓީމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި ވިސްނާނީ ފަހަކަށް އައިސް ބޫޓާންގެ ފުޓްބޯޅައިން ފެނުނު ކުރިއެރުން ޕަރޯގެ ފަރާތުން ވެސް ފެންނާނެ ކަމަށެވެ. ޕަރޯ އަތުން ވެލެންސިއާ އަށް މޮޅުވެވޭނެ ކަމުގެ އުންމީދު އޮތްކަން ފާހަގަކޮށް ފެސްކޯ ބުނީ މި ވަގުތު ވެލެންސިއާ އަކީ ގައުމު ތަމްސީލްކުރާ ޓީމުގެ ގޮތުގައި ދެކޭ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދިވެހި ޓީމު، އަޅުގަނޑު ވެލެންސިއާ އެކޭ ނަމެއް ނުގަންނާނަން. އަޅުގަނޑުމެން ރިޕްރެޒެންޓް މި ކުރަނީ ރާއްޖެ. އެހެންވީމަ އަޅުގަނޑުގެ އުންމީދަކީ ދިވެހި ޓީމު މާދަމައިގެ މެޗު ކާމިޔާބުކުރުން. ވިސްނުމަކީ ދިވެހި ކުޅުންތެރިން ލައިގެން މި މެޗު ކާމިޔާބުކުރުން. ބިދޭސީ ކުޅުންތެރިން ޓީމުގައި ތިއްބަސް މި ވަގުތަށް ދިވެހި ކުޅުންތެރިންނަށް މި ބަލަނީ،" ފެސްކޯ ބުންޏެވެ.

ވެލެންސިއާ ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންނަކީ ސްޕެއިނުގެ ފޯވާޑް ބޯހާސް މާޓިން އާއި މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލްގެ އިތުރުން ސްޕެއިންގެ ޑިފެންޑަރު ހޯސޭ ޑޮމިންގޭޒް އެވެ. ވެލެންސިއާ ޓީމުގައި ހުރި ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް ވަނީ މީގެ މަހެއްހާ ދުވަސް ކުރިން އަމިއްލަ އަށް މަރުވެފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރަށް ފަހު ވެލެންސިއާ އިން ޕްރެކްޓިސް ހުއްޓާލީ ކްލަބްގެ ވަކި ހާއްސަ ސަބަބުތަކެއް އޮތުމުން ނޫން ކަމަށާއި އެއީ ގައުމީ ޓީމުގެ މެޗަށް ނެގި ބްރޭކެއްގެ އިތުރުން ޓީމު ހަމަޔަކަށް އެޅުވުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށް ފެސްކޯ އާއި ކުޑަހީނާ ވެސް ވަނީ ބުނެފަ އެވެ.

ވެލެންސިއާ އަށް އަނިޔާ އާއި އެހެނިހެން ޗެލެންޖްތަކެއް

ވެލެންސިއާ އިން ސީޒަނުގެ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދި ނަމަވެސް ނަމަވެސް މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގައި އެކަށީގެންވާ ފެންވަރެއްގައި ކުޅެވިފައިނުވަނީ އަނިޔާގެ މައްސަލަތަކާއި ޓީމު ތެރޭގައި އެހެނިހެން މައްސަލަތަކެއް ވެސް ހުރުމުންނެވެ.

"އަދަދު" އަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވެލެންސިއާގެ އެސިސްޓަންޓް ކޯޗު ކުޑަހީނާ ވަނީ ލިބިފައިވާ އަނިޔާގެ ސަބަބުން ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި މިޑްފީލްޑަރު ހަލީލް އަށް ޕަރޯއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށް ބުނެފަ އެވެ. އަދި އަމިއްލަ ސަބަބަކާ ހުރެ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވެސް ހުރީ ޓީމާ ދުރުގަ އެވެ.

ޕްރެޒިޑެންޓްސް ކަޕަށް ފަހު ވެލެންސިއާގެ ކޯޗުކަމަށް އައި ފެސްކޯ ބުނީ ގައުމީ މުބާރާތް (ޕްރެޒިޑެންޓްސް ކަޕް) ކާމިޔާބުކުރިއިރު އޮތް ޓީމުގެ ފުރަތަމަ އެގާރައިގެ ފަހެއް ނޫނީ ހަ ކުޅުންތެރިން ނުލައި ލީގުގައި ވެލެންސިއާ އަށް ގިނަ މެޗުތަކެއް ކުޅެން ޖެހުނު ކަމަށެވެ. އެއީ ޓީމުގެ ކުޅުމަށް އަސަރުކުރި ކަމެއް ކަމަށް ވެސް ފެސްކޯ ވަނީ ފާހަގަކޮށްފަ އެވެ.

"ގިނަ މެޗު އެ މީހުން ނުލައި މި ކުޅުނީ. ދެން އަޅުގަނޑުމެން ޓީމުގެ ޝޭޕަށް ބަލާނަަމަ ބެކްބޯން އެއްކޮށް ނެތީ،" ފެސްކޯ ބުންޏެވެ. "ފައިސަލް ނުލައި މި ކުޅެނީ. ޑަކްސަން ކޮންމެ ގޮތެއް ވިޔަސް އެނބުރިއެއް ނާންނާނެ. އަޑޭ (އަސްހަދު އަލީ) ވެސް ނުލައި ގިނަ މެޗުތައް ކުޅުނީ. ދެން ސެންޓޭ (އަލީ ފާސިރު) ވެސް ނެތް، ބޯހާސް ވެސް ނުލައި ގިނަ މެޗުތައް މި ކުޅުނީ. ގާތްގަނޑަކަށް ފުރަތަމަ އެގާރައިގައި ކުޅުނު ހައެއްކަ ކުޅުންތެރިން ނުލައި ގިނަ މެޗު ކުޅެން ޖެހުން އެއީ އަސްލު އޮޕްޝަން މަދުވާން ޖެހުނު ސަބަބު،"

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފެސްކޯ ވާހަކަ ދައްކަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފެސްކޯ ބުނީ ދެ މަހެއްހާ ދުވަހު އެއްވެސް މެޗެއް ނުކުޅެ ހުރެފައި ސެންޓޭ މެޗެއް ފަށައިގެން ކުޅޭނެ ކަމަށް ނުބެލެވޭ ކަމަށާއި އޭނާ ބައިވެރިވާނެތޯ ނިންމާނީ ޕްރެކްޓިހަށް ބަލާފައި ފަހުން ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެލެންސިއާގެ ފަރާތުން ބައިވެރިވީ ދެ ވަނަ ގޯލްކީޕަރު، ތޮލާލް ހަސަން (ޓޮޕްލަކް) އެވެ. އަމިއްލަ މައްސަލައަކާ ހުރެ ފައިސަލް ޓީމާ ދުރުގައި ހުރިއިރު، ވެލެންސިއާގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ ނަގަނީ ޓޮޕްލަކް އެވެ.

ފައިސަލް އަށް ވެލެންސިއާ އިން ރިލީސްދިނީތޯ ކުރި ސުވާލަށް ފެސްކޯ ބުނީ އެއީ މި ވަގުތު ވެސް ވެލެންސިއާ ކުޅުންތެރިއެއް ކަމަށެވެ. އަދި މާދަމާގެ މެޗުގައި ފައިސަލް ހުންނާނެތޯ އެހުމުން ސީދާ ޖަވާބެއް ނުދެ އެވެ.

ފެސްކޯ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ހެޑްކޯޗެއްގެ ގޮތުގައި ވެލެންސިއާ ބެންޗަށް އައިއިރު، ކްލަބް އޮތީ މި ސީޒަނުގެ ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު، މިހާރު އަނެއްކާ ވެސް އެކި މައްސަލަތަކެއްގެ ތެރެއަށް ޓީމު ވެއްޓުނު ނަމަވެސް މި ދަނޑިވަޅުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދުގައި ފެސްކޯ ހުރީ އެކުގައި ކުޑަހީނާ ހުރުމުންނެވެ.

ކުޑަހީނާ އާއި ފެސްކޯ ވަނީ ކުރިން އެއްކޮށް ވެލެންސިއާ އަށް ކުޅެފަ އެވެ. ފަހުން ވެލެންސިއާގެ އިތުރުން އެކި ޓީމުތަކުގެ ކޯޗިންގެ މަސައްކަތުގައި ވެސް އެކުގައި އުޅެފައިވެ އެވެ. ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ވެލެންސިއާ އިން ހޯދުމުގެ އެންމެ ބޮޑު ކްރެޑިޓެއް ފެސްކޯ ދިނީ ކުޑަހީނާ އަށެވެ. އަދި ވެލެންސިއާ ހެޑްކޯޗެއްގެ ގޮތުގައި ހުއްޓަސް ފެސްކޯގެ ވިސްނުމަކީ ކުޑަހީނާ އަށް ލީޑުކުރަން ފުރުސަތު ދީ ޓީމެއްގެ ގޮތުގައި ކުރިއަށް ދިއުމަށެވެ.

"މިހާ ބައިވަރު ޗެލެންޖްތަކުގެ ތެރެއިން ވެސް ލީގުގައި އެންމެ ރަނގަޅަށް ކުޅޭ އެއް ޓީމުގެ ގޮތުގައި އޮވެ މި ވަގުތު ލީގުގައި އޮތް ހިސާބު ވެސް ގޯހެއް ނޫން. ލީގު ވެސް ކެޗް ކުރެވޭ ހިސާބުގައި މި އޮތީ،" ފެސްކޯ ބުންޏެވެ.

ބޫޓާންގެ ޕަރޯއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު، އެ ޓީމަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމް ދޭނެ ކަމަށް ފެސްކޯ ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. ޕަރޯ އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މާދަމާރޭ 10:00 ޖަހާއިރު އެވެ. މި މެޗުން މޮޅުވާ ޓީމެއް ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ކުޅެން ޖެހޭނީ ބަންގްލަދޭޝްގައި އެ ގައުމުގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މި މަހު 12 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox