މި އަހަރުގެ ތެރޭގައި 14 ރިސޯޓު ހުޅުވާނެ

ރ. ކޮތައިފަރު: މި ރަށުގައި ތަރައްގީކޮށްފައިވާ އަލީލާ ކޮތައިފަރު ރިސޯޓު މާޗު މަހު ހުޅުވައިފި -- ފޮޓޯ: އަލީލާ ހޮޓެލްސް

ރ. ކޮތައިފަރު: މި ރަށުގައި ތަރައްގީކޮށްފައިވާ އަލީލާ ކޮތައިފަރު ރިސޯޓު މާޗު މަހު ހުޅުވައިފި -- ފޮޓޯ: އަލީލާ ހޮޓެލްސް

ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މަސައްކަތް އެއްކޮށް ނިމި މި އަހަރުގެ ތެރޭގައި 14 ރިސޯޓު ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅުގައި ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްތަކުގެ މަސައްކަތް ނުނިމޭ މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގައި ޖަވާބުދާރީ ވަމުން މިކަން ހާމަކުރެއްވި ނަމަވެސް، އެއީ ކޮން ރިސޯޓުތަކެއް ކަމެއް މައުސޫމް ވިދާޅެއް ނުވެ އެވެ. އެކަމަކު އޭގެ ތެރޭގައި ތ. އަތޮޅުގެ އެއްވެސް ރަށެއް ނުހިމެނޭ ކަން ފާހަގަކުރެއްވި އެވެ.

ޓޫރިޒަމް މިނިސްޓްރީ ވެބްސައިޓުގައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި މިހާރު ވެސް 118 ރަށެއްގައި ރިސޯޓު ހެދުމުގެ މަސައްކަތް އެބަ ކުރިޔަށް ދެ އެވެ. އޭގެ ތެރޭގައި އެއްވެސް ވަރަކަށް މަސައްކަތް ނުހިނގާތާ ގިނަ ދުވަސްވެފައި ހުރި ރިސޯޓުތަކާއި، ބޭންކު ލޯނުތަކުގައި ތާށިވެގެން ނުހެދި ހުރި ރިސޯޓުތައް ވެސް އެބަހުއްޓެވެ.

މި ރިސޯޓުތައް ނުނިމޭ މައްސަލައިގައި މީގެ ކުރިން ވެސް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެ އެވެ. އޭރު ވިދާޅުވީ ތިން އަހަރުގެ ތެރޭގައި ރިސޯޓު ނުނިންމައިފިނަމަ އެއްބަސްވުން ބާތިލުކުރާ ގޮތަށް 74 ރަށެއްގެ އެއްބަސްވުންތައް މުރާޖައާކޮށް ސޮއިކޮށްފައިވާ ކަމަށެވެ.

އެކަމަށް އިތުރަށް ބާރު ދިނުމުގެ ގޮތުން މިފަހުން ޓޫރިސްޓު ރިސޯޓުތަކާ ބެހޭ ހައްގުތައް ބަދަލުކުރުމުގެ ގަވާއިދަށް އިސްލާހެއް ގެނެސްފައިވާނެ ކަމަށް މިއަދުގެ ޖަލްސާގައި މައުސޫމް ވިދާޅުވި އެވެ. އެއީ ކުރިން ނަގަމުން އައި އެއް ލައްކަ ޑޮލަރުގެ ފީ 10،000 ޑޮލަރަށް ކުޑަކުރާ ގޮތަށް ހަމަޖެއްސުމެވެ.

މައުސޫމް ވިދާޅުވީ، މިއީ ނުހެދި ހުރި ރަށްތަކުގައި ހިފަހައްޓައިގެން ތިބުމުގެ ބަދަލުގައި އެ ރަށް ތަރައްގީކުރަން އެހެން ބަޔަކަށް ދޫކޮށްލަން ވިޔަފާރިތަކަށް ދޭ ފުރުސަތެއް ކަމަށެވެ.

"ކުރިން އޮތީ އެއް ލައްކަ ޑޮލަރުގެ ފީއެއް ނަގާ ގޮތަށް. އެހެންމަ ވަރަށް ބޮޑު ލުޔެއް މި ލިބުނީ ރަށްތައް ހިފަހައްޓައިގެން ނުހެދި ހުރި ފަރާތްތަކަށް އެހެން ބަޔަކާ އެ ރަށްތައް ހަވާލުކޮށްފައި ހެދުމުގެ ފުރުސަތު އިންވެސްޓަރުންނަށް ވެސް ލިބޭނެ،" މައުސޫމް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ޖޫރިމަނާ އާއި އެހެނިހެން ކަންކަމާ ގުޅުވާ ވެސް ރިސޯޓު ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އިތުރު 14 ރިސޯޓު ހުޅުވާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއިރު، މި އަހަރުގެ މިހާތަނަށް ދެ ރިސޯޓަކަށް އޮޕަރޭޓިން ހުއްދަ ޓޫރިޒަމުން ވަނީ ދޫކޮށްފަ އެވެ. އެއީ އާނުގަނޑުފަޅުގައި ތަރައްގީކުރި އާނުގަނޑު އައިލެންޑް ރިސޯޓު (ލޯބިގިއްޔާއި އާއިލާފުށީ) އާއި ރ. ކޮތައިފަރާއި ކުރޮށިގިރީގައި ތަރައްގީކުރި އަލީލާ ކޮތައިފަރެވެ.

މި ހުރިހާ ރިސޯޓެއް ހުޅުވިއްޖެ ނަމަ، މި އަހަރުގެ ނިޔަލަށް ރާއްޖޭގައި 174 ރިސޯޓު އޮޕަރޭޓު ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox