އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުން އިތުރުވާތީ އުރުދުން ރަސްގެފާނުގެ ކަންބޮޑުވުން

އުރުދުންގެ ރަސްގެފާން އަބްދުﷲ ދެ ވަނަ. -- ފޮޓޯ: ރޮއިޓާޒް

އުރުދުންގެ ރަސްގެފާން އަބްދުﷲ ދެ ވަނަ. -- ފޮޓޯ: ރޮއިޓާޒް

އައްމާން، އުރުދުން (އެޕްރީލް 3) - އިޒްރޭލާއި ފަލަސްތީނާ ދެމެދު ހަމަނުޖެހުން އިތުރުވަމުން ދާތީ އުރުދުންގެ ރަސްގެފާނު އަބްދުﷲ ދެ ވަނަ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓްއަށް އާދީއްތަ ދުވަހު ފޯނުން ގުޅުއްވައި ރަސްގެފާނު ވިދާޅުވީ ފަލަސްތީނާއި އިޒްރޭލާ ދެމެދު "ހަމަޖެހުން" އޮތުން މުހިއްމު ކަމަށެވެ.

ރަސްގެފާން އަބްދުﷲ ގޮވާލެއްވީ އަލް އަގްސާ މިސްކިތުގައި އެއްވެސް ހުރަހެއް ނެތި ރޯދަ މަހު މުސްލިމުންނަށް އަޅުކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ.

މާޗް 22 ވަނަ ދުވަހުގެ ފަހުން އިޒްރޭލުގައި ދީފައިވާ ތަފާތު އެކި ހަމަލާތަކުގައި 11 މީހުން މަރުވެފައިވެ އެވެ. ބައެއް ހަމަލާތައް ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން ހުރި މީހުންނެވެ.

ހަމަ އެ މުއްދަތުގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ އަށް މީހުން މަރުވެފައިވާ ކަމަށް އޭއެފްޕީގެ ތަފާސްހިސާބުން ދައްކަ އެވެ.

ބެނެޓްގެ އޮފީހުން ބުނީ އިޒްރޭލުގައި ހިންގާފައިވާ "ޓެރަރިސްޓް ހަމަލާތަކާ" ދެކޮޅަށް ރަސްގެފާނު ވާހަކަފުޅު ދެއްކެވުމުން ބޮޑު ވަޒީރު ޝުކުރު އަދާ ކުރެއްވި ކަމަށެވެ.

އޭގެ އިތުރުން އިޒްރޭލާއި އުރުދުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމު ކަމާއި، ދެ ގައުމުގެ ގުޅުމާއި މަޝްވަރާތައް ދަމަހައްޓަން ވާހަކަ ދެއްކެވި ކަމަށް ބެނެޓްގެ އޮފީހުން ބުންޏެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު އިޒްރޭލާއި ގާޒާގައި ވެރިކަން ކުރާ ހަމާސްއާ ދެމެދު 11 ދުވަހުގެ ހަނގުރާމައެއް ކުރީ އަލް އަގްސާ މިސްކިތުގައި އަޅުކަން ކުރަން ހުރަސްތަކެއް ކުރިމަތިވި ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox