މަޖިލީހުން ލިސްޓެއް ނެރުނީ ސީދާ އަޅުގަނޑުގެ ނަން ދައްކަން: މަހްލޫފް

މަޖިލީހުން ލިސްޓެއް ނެރުނީ ސީދާ އަޅުގަނޑުގެ ނަން ދައްކަން: މަހްލޫފް

ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއެއް އެއްވެގެން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ދިރާސާ ކުރުމަށް ފަހު، ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓެއް ނެރުނީ އެ ލިސްޓުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ނަން އޮތް ކަން ދައްކަން ވެގެން ކަމަށް އޭނާ ތުހުމަތު ކުރައްވައިފި އެވެ.

މަހްލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާއެއް ކްރިމިނަލް ކޯޓުގައި ހިނގަމުން އެބަދެ އެވެ. އެއީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މަހްލޫފް ހުންނަވަނިކޮށް އެސްއީޒެޑް ބިލަށް ވަކި ގޮތަކަށް ވޯޓު ދެއްވަން 33،000 ޑޮލަރު (508،860ރ.) ނެންގެވި ކަމުގެ ތުހުމަތުގަ އެވެ.

ކުރީގެ ސަރުކާރުން ހިންގި އެމްއެމްޕީއާރުސީގެ ފައިސާ ދައުރުވި ގޮތް ހޯދައި، އެކުލަވާލި ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހުލޫފްގެ ނަން ވެސް އޮތެވެ. 281 މީހުންގެ ނަން އޮތް ލިސްޓުގައި މަހްލޫފްގެ ނަން އޮތީ ވެސް އެ ފައިސާ ޖަމާވި އެސްއޯއެފް އެކައުންޓް މެދުވެރިކޮށް ފައިސާ ލިބިގެނެވެ.

މި ރޯދަ މަހު "އަދަދު" ނޫހުން ގެނެސްދޭ "ކުޅިކޮށް" ޕްރޮގްރާމްގައި މަހްލޫފާ އަމާޒު ކުރެވުނު ސުވާލެއްގެ ޖަވާބުގައި އޭނާ ވެސް އަމާޒުކުރެއްވީ ސުވާލުތަކެކެވެ.

މަޖިލީހުގެ ޖޮއިންޓް ކޮމިޓީން ލިސްޓެއް ނެރުމަށް ފަހު ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން މަސައްކަތެއް ކުރިތޯ އޭނާ އެއްސެވި އެވެ. "ދެ ރޭ ވަން ދެން ހޭލައި ތިބެގެން" ލިސްޓެއް ނެރުނީ ކީއްވެގެންތޯ ވެސް ސުވާލު ކުރެއްވި އެވެ.

މި ސުވާލުތައް ކުރެއްވުމަށް ފަހު ޖަވާބުތައް ވެސް މަހްލޫފް ދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުން، މަޖިލީހުގެ ކޮމިޓީއަކުން އެ ލިސްޓު އާންމު ކުރީ އެމްޑީޕީގެ މެންބަރުންތަކެއް "އަޑީގައި" ތިބެގެންނެވެ. ބޭނުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި އޭނާ ފެއިލް ކޮށްލުން ކަމަށް މަހްލޫފް ތުހުމަތު ކުރެއްވި އެވެ.

"އެއީ އަޅުގަނޑު އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރިމަތިލާތީވެ ކުއްލިއަކަށް އެއް ރޭ މީހުން އެއްވެފައި ގަރާރެއް ފާސްކުރީ. އެއްވެސް ތާކުން ނެރޭ ލިސްޓެއްގައި ނަން އޮވެއްޖެ ނަމަ ވާދަނުކުރެވޭނެ ކަމަށް. ދެން އެ ލިސްޓު [މަޖިލީހުން] ދެއްކީ،" މަހްލޫފް ވިދާޅުވި އެވެ.

"އެއީ ހަމައެކަނި އަޅުގަނޑުގެ ނަން އޮތް ކަން ދައްކަން ވެގެން ނެރުނު ލިސްޓެއް. ހަމަ އެ ބޭނުމަށް 280 އެއްހާ މީހުންގެ ނަން އޮތް ލިސްޓު ނެރުނީ،"

މަހްލޫފް ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތު އޭނާއަށް ކުރަނީ ސިޔާސީ ބޭނުމެއްގައި ކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެމަނިކުފާނުގެ ވަޒީރުންނާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއި، މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ކޮންމެ މެންބަރަކަށް ވެސް އެނގިވަޑައިގަންނަވާނެ އެވެ.

ނަމަވެސް އެ ކަމުގެ ފަހަތުގައި ތިއްބެވީ އެމްޑީޕީގެ ކޮންކޮން ބޭފުޅުންނެއް ކަމެއް މަހްލޫފް ވިދާޅެއް ނުވެ އެވެ. ވިދާޅުވީ "ސީދާ ނަން ބުނަން ޖެހޭ ދުވަސް އައިމަ ނަން ވެސް ބުނާނަން" ކަމަށެވެ. އިތުރަކަށް އެއްޗެއް ވިދާޅެއް ނުވެ އެވެ.

"ނުހައްގު މުއްސަނދި ކަމެއް ނޯންނާނެ، ހަލާލު ދިރިއުޅެއް މިއީ"

މަހްލޫފްއާ އަމާޒު ކުރެވެމުން ދިޔަ ސުވާލުތަކުގެ ޖަވާބުގައި އޭނާ ފާހަގަ ކުރެއްވި ކަމަކީ އޭނާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ދެ ދައުރު ނުވަތަ 10 އަހަރު ފުރިހަމަ ކުރެއްވި ކަމެވެ.

މިހާރު އޭނާ މިނިސްޓަރު ކަމުގައި ހުންނެވިއިރު އަނބިކަނބަލުން ނަޒުރާ ނަސީމް ހުންނެވީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި އެވެ.

އަޅުގަނޑުމެން ދެމަފިރިންނަށް ހެޔޮވަރުގެ އާމްދަނީއެއް އެބަ ލިބޭ. ނުހައްގު މުއްސަނދިކަމެއް ނޯންނާނެ. ނޯންނާނެ.

މަހްލޫފް ވިދާޅުވީ ނުހައްގު މުއްސަނދި ކަމެއް އޮތް ކަމަށް ބުނާ އެއް ސަބަބަކީ ދާދި ފަހަކުން ފްލެޓްއެއް ބައްލަވައި ގަތުމުން ކަމަށެވެ. އެކަމަކު އެ ފްލެޓް ލިބިވަޑައިގަތީ 3.5 މިލިއަނެއްހާ ރުފިޔާގެ ލޯނެއް ނަންގަވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޯނަށް ޝަރުުތު ހަމަވީ ވެސް ދެމަފިރިންގެ އާމްދަނީއިން، އަޅުގަނޑަށް އެކަނި ނުވެސް ވާނެ، ލޯނު އޮންނާނީ ވެސް އަޅުގަނޑުމެން ދެމަފިރިންގެ ނަމުގައި،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ ސިޔާސީ ބޭފުޅުންގެ ވެސް އަސާސީ ބޭނުންތައް އޮންނަ ކަމަށާއި އަސާސީ ކަންކަން ފުރިހަމަ ކުރަން މަސައްކަތް ކުރައްވާއިރު ފާޑުކިއުންތައް އަމާޒުވާ ކަމަށެވެ. ނަމަވެސް ފާޑުކިއުންތަކަށްޓަކައި، އަސާސީ ކަންކަން ފުރިހަމަނުކޮށް ވެސް ތިބެވެން ނެތް ކަމަށް އޭނާ ވިދާޅުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox