ލީގު ރޭހުގައި ސިޓީ އާއި ލިވަޕޫލްގެ ވާދަވެރިކަން ކުރިއަށް، ޗެލްސީ ބަލިވިއިރު، ޔުނައިޓެޑަށް ހާސްކަން

Apr 2, 2022, 7:02 PM
ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ، މެންޗެސްޓާ ސިޓީ އާއި ލިވަޕޫލްގެ ދެމެދު ލީގު ރޭހުގެ ވާދަވެރިކަން އިތުރު ފިޔަވަޅެއް ކުރިއަށްދިޔައިރު، އަމިއްލަ ދަނޑުގައި ޗެލްސީ ކުޅުނު މެޗުން ބްރެންޓްފޯޑް އަތުން 4-1 އިން ބަލިވެއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ 1-1 އިން އެއްވަރުވެ، ގަދަ ހަތަރެއްގައި ނިންމުމަށް ކުރާ އުންމީދަށް ވަނީ އިތުރު ހާސްކަމެއް ކުރިމަތިވެފަ އެވެ.

މިއަދު އެންމެ ފުރަތަމަ ކުޅުނު މެޗުން ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ވަޓްފޯޑް ބަލިކޮށް، ލީގުގެ އެއް ވަނަ އަށް ދެ ގަޑިއިރަށް ޖެހިލައިފަ އެވެ. މިއީ ޑިސެމްބަރު މަހުގެ ފަހުން ލީގުގެ އެއް ވަނައިގައި ސިޓީ ނޫން ޓީމެއް އޮތް ފުރަތަމަ ފަހަރެވެ. ލިވަޕޫލް މެޗުގެ ފަހުން، ސިޓީ ކުޅުނު މެޗުގައި 2-0 އިން ބާންލީ ބަލިކޮށް އަލުން އެއް ވަނަ އަށް އެރި އެވެ. ސިޓީ މި ވަގުތު އެއް ވަނައިގައި އޮތީ 30 މެޗުން 73 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 30 މެޗުން 72 ޕޮއިންޓް ލިބިފަ އެވެ. ދަށް ނަތީޖާ އަށް ފަހު ޗެލްސީ ތިން ވަނައިގައި އޮތީ 29 މެޗުން 59 ޕޮއިންޓާ އެކު އެވެ.

ހަތަރު ވަނައިގައި އޮތީ 28 މެޗުން 54 ޕޮއިންޓާ އެކު އާސެނަލް އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަނީ 29 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް ހަ ވަނައިގައި އޮތީ 30 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ.

ލިވަޕޫލްގެ ޖޮޓާ (މ) ބޮލުން ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލީޑުނެގީ 22 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ބޮލުން ޖެހި ގޯލުންނެވެ. ޖޯ ގޯމޭޒް އަތިމަތިން ނެގި ހުރަހަކުން ޖޮޓާ ޖެހި މި ގޯލަކީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އޭނާ ޖެހި 20 ވަނަ ގޯލެވެ. ލިވަޕޫލުން ދެ ވަނަ ހާފުގައި ޕްރެޝަރުގައި ކުޅެމުންދިޔައިރު، ވަޓްފޯޑަށް އެއްވަރުކޮށްދޭން ޖާއޯ ޕެޑްރޯ ރަނގަޅު ހަމަލާއެއް ފޮނުވާލުމުން ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. ލިވަޕޫލަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ މެޗު ނިމެން އެއް މިނިޓަށް ވެފައި ހުއްޓައި، ފަބީނިއޯ ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ އަކީ ޖޮޓާ އަށް ވަޓްފޯޑްގެ ޔޫރަޖް ކުޗްކާ ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީއެކެވެ.

ރެލިގޭޝަނުގައި އޮތް ބާންލީ ކޮޅަށް ސިޓީން ގޯލުތައް ޖެހީ ފުރަތަމަ ހާފުގަ އެވެ. ރަހީމް ސްޓާލިން ތަނަވަސްކޮށްދިން ދެ ފުރުސަތުން ސިޓީން ވަނީ ފުރަތަމަ 25 މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ކެވިން ޑި ބްރޭނާ ސިޓީ އަށް ލީޑުނަގައިދިންއިރު، 25 ވަނަ މިނިޓްގައި ސިޓީގެ ދެ ވަނަ ގޯލު ޖެހީ އިލްކާއި ގުންޑޮގާން އެވެ. މި ގޯލާ އެކު ގުންޑޮގާން އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ޖަރުމަނު ކުޅުންތެރިޔާ އެވެ. ގުންޑޮގާން 34 ގޯލު ޖެހިއިރު، ކުރިން އެ ރެކޯޑް މެސުޓް އޮޒިލް އަތުގައި އޮތީ 33 ގޯލާ އެކު އެވެ.

ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީން ފުރަތަމަ ލީޑުނެގި އެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ތިން ވަނަ މިނިޓްގައި އެންގޯލޯ ކާންޓޭ ދިން ބޯޅައަކުން ޗެލްސީ އަށް ލީޑުނަގައިދިނީ އެންޓޯނިއޯ ރޫޑިގާ އެވެ.

ޗެލްސީ ކޮޅަށް ބްރެންޓްފޯޑްގެ ދެ ވަނަ ގޯލު ޖެހި އެރިކްސަން: މިރޭގެ މެޗުގައި މޮޅަށް ކުޅުނު.-- ފޮޓޯ: އޭއެފްޕީ

އެކަމަކު، އޭގެ ފަހުން ފުލުފުލުގައި ގޯލުތަކެއް ޖަހައި ބްރެންޓްފޯޑުން ނަތީޖާ އަނބުރާލި އެވެ. އެ ގޮތުން ބްރެންޓްފޯޑުން ވަނީ 10 މިނިޓް ތެރޭ ތިން ގޯލު ޖަހައިފަ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި ވައިޓާލީ ޔަނެލްޓް ބްރެންޓްފޯޑްގެ ފުރަތަމަ ގޯލު ޖެހިއިރު، އޭގެ ހަތަރު މިނިޓް ފަހުން ކްރިސްޓިއަން އެރިކްސަން ވަނީ ބްރެންޓްފޯޑަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލާ އެކު އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އަދި މެޗުގެ 60 ވަަނަ މިނިޓްގައި ޔަނެލްޓް އިތުރު ގޯލެއް ޖަހައި، ބްރެންޓްފޯޑަށް ދެ ގޯލުގެ ލީޑެއް ނަގައިދިނެވެ. ޗެލްސީ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި ބްރެންޓްފޯޑްގެ ފަހު ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ޔޮއާން ވިއްސާ އެވެ.

މިއީ ބްރެންޓްފޯޑުން 83 އަހަރު ތެރޭ ޗެލްސީ އަތުން ހޯދި ފުރަތަމަ މޮޅެވެ. ޗެލްސީއާ ދެކޮޅަށް އެންމެ ފަހުން ބްރެންޓްފޯޑުން މޮޅެއް ހޯދީ 1939 ވަނަ އަހަރު އެވެ. އެއީ ވެސް ރަށުންބޭރުގައި ކުޅުނު މެޗަކުންނެވެ. އަނެއްކޮޅުން މިރޭގެ މެޗަކީ 1997 ވަަނަ އަހަރުގެ ފަހުން ލަންޑަންގެ ޓީމެއް އަތުން އަމިއްލަ ދަނޑުގައި ތިން ގޯލުގެ ފަރަގަކުން ޗެލްސީ ބަލިވި ފުރަތަމަ ފަހަރެވެ. އެ ފަަހަރު ޗެލްސީ ބަލިވީ އަމިއްލަ ދަނޑުގައި އާސެނަލް އަތުން 3-0 އިންނެވެ.

ބަލިވެ އުޅޭތީ ކްރިސްޓިއާނޯ ރޮނާލްޑޯ މިރޭ ޔުނައިޓެޑްގެ ޓީމުގައި ނެތެވެ. އެ ޓީމަށް ގިނަ މައްސަލަތަކެއް ދިމާވި މިރޭގެ މެޗުގައި ފުރަތަަމަ ލީޑުނެގީ ލެސްޓާ އިންނެވެ. މެޗުގެ 63 ވަނަ މިނިޓްގައި މި ގޯލު ޖެހީ ޖޭމްސް މެޑިސަން ނަގައިދިން ހުރަހަކުން ކެލެޗީ އިހެނާޗޯ ބޮލުން ޖެހި ގޯލުންނެވެ. ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފަ އެވެ.

ޔުނައިޓެޑްގެ ފްރެޑް މިރޭގެ މެޗުގެ ތެރެއިން ބޯޅަ ކޮންޓްރޯލްކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެކަމަކު، އެ ލަނޑު ޖެހިތާ ތިން މިނިޓް ވެސް ނުވަނިސް ޔުނައިޓެޑުން އެއްވަރުކުރި އެވެ. ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅައެއް ލެސްޓާ ކީޕަރު ކެސްޕާ ޝްމައިކަލް އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލީ ފްރެޑް އެވެ. މިއީ ފްރެޑް ޔުނައިޓެޑަށް ޕްރިމިއާ ލީގުގައި ކުޅުނު 100 ވަނަ މެޗެެވެ. ފްރެޑް އަކީ 100 ވަނަ މެޗުގައި އެ ޓީމަށް ގޯލު ޖަހައިދިން ހަތް ވަނަ ކުޅުންތެރިޔާ އެވެ.

ލެސްޓާ އިން މި މެޗުގައި ދެ ވަނަ ގޯލެއް ވެސް ޖެހި އެވެ. ޖޭމްސް މެޑިސަން ޖެހި މި ގޯލު ބަލައިނުގަންނަން ނިންމީ ވީއޭއާރް އިން ބަލައިފަ އެވެ. އެއީ މެޑިސަން ގޯލު ޖަހަން އެ ބޯޅަ ދިނުމުގެ ކުރިން އިހެނާޗޯ ވަނީ ޔުނައިޓެޑްގެ ޑިފެންޑަރު ރަފައެލް ވަރާން އަށް ފައުލް ކޮށްފަ އެވެ. ވީއޭއާރް އިން ނިންމީ އެ ގޮތަށެވެ. ފަހު ވަގުތު ޔުނައިޓެޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގޯލެއް ޖެހޭތޯ ބެލި އެވެ. އެކަމަކު، ކާމިޔާބު ކުރެވޭ ގޮތެއްނުވި އެވެ.

މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބްރައިޓަން އާއި ނޮރިޗް ސިޓީ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ލީޑްްސް ޔުނައިޓެޑާއި ސައުތެމްޓަނާ 1-1 އިން އެއްވަރުވިއިރު، ވުލްވްސް އިން ވަނީ 2-1 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox