މާދަމާ ބާޒާރަށް ނުދާންވީ ތިން ސަބަބު!

ލޯކަލް މާރުކޭޓުން މީހުން ވިޔަފާރި ކުރަނީ: ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބާޒާރަށް ބާރު ބޮޑުވާ ދުވަހެއް -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ލޯކަލް މާރުކޭޓުން މީހުން ވިޔަފާރި ކުރަނީ: ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބާޒާރަށް ބާރު ބޮޑުވާ ދުވަހެއް -- އަދަދު ފޮޓޯ/ އަހުމަދު ސައީދު

ކަލަންޑަރުގައިވާ ގޮތުން ނަމަ މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ. މަދާމާ ބާޒާރަށް ދާނަމަ ތަފާތު ތިން ކަމަކަށް ވިސްނާލުން ރަނގަޅެވެ. މި ތިން ސަބަބަށް ވިސްނާއިރު، ފަހަރުގައި އެންމެ ރަނގަޅު ގޮތަކީ މާދަމާ ބާޒާރަށް ނުދިއުން ކަމަށް ވެސް ވެދާނެ އެވެ.

ފުރަތަމަ ސަބަބު

ސައިކޮލޮޖިކަލް ގޮތުން ބަލާއިރު، ބަނޑުހައިވެފައި ހުންނައިރު ކާ އެއްޗެއްސަށް ޝައުގުވެރިވުން އިތުރުވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ބަނޑުހައި ވެގެން ހުރެ ބާޒާރު ކުރާ މީހުން، އެ ނޫން މީހުންނަށް ވުރެ 60 ޕަސެންޓު އިތުރަށް ހަރަދު ކުރެ އެވެ. އަދި، ބަނޑުހައިވެ ހުރެ ބާޒާރު ކުރާއިރު ގަނެވޭ އެއްޗެހީގެ ތެރޭގައި، ކެލޮރީސް ގިނަ ބާވަތްތައް އިހުތިޔާރު ކުރެވެ އެވެ.

ރޯދަމަހު، ބާޒާރު ކުރަން ދާނަމަ، ތަރާވީސް ނިންމާލާފައި ގެއަށް އަންނަމުން ވެސް ބާޒާރު ކޮށްލެވިދާނެ އެވެ. އެހާއިރު ވެސް މާރުކޭޓު ހުޅުވާފައި ހުންނާނެ އެވެ. ރޯދަ އަށް ހުރެ ބާޒާރު ކުރަން ދާނަމަ އެންމެ ރަނގަޅީ ހެނދުނު ގަޑީގައި ދިއުމެވެ. ހަވީރު ގަނޑީގައި ހިނގައްޖެނަމަ، މާބޮޑަށް ފޮނި މީރު އެއްޗެއްސަށް ހިތްޖެހި ގެގާއި ހަދާފައި ހުނަން އެއްޗެހި ބާކީވާ ވަރަށް ބާޒާރު ކުރެވިދާނެ އެވެ. އަދި، ހަވީރު ގަޑީގައި ޓްރެފިކް ވެސް ބާރު ބޮޑުވާނެ އެވެ.

ސސސ
ސސސ

ތަރުކާރީގެ ބާވަތްތައް ވިއްކާ ފިހާރަ އެއް: ރޯދަމަހުގެ ފުރަތަމަ ދުވަހު ބާޒާރުކުރަންދާ މީހުން ވަރަށް ގިނަވޭ-- އަދަދު ފޮޓޯ އަހުމަދު ސައީދު

ދެވަނަ ސަބަބު

ގިނަ ދޯނި ފަހަރު ވީ، މުލު ރޯދަ ދުވަހަށް ރަށަށް ފުރައިފަ އެވެ. އެ ދޯނި ފަހަރު އެނބުރި އަންނާނީ ފުރަތަމަ ރޯދަ ރަށުގައި ހިފައިފަ އެވެ. މާލެ އާ ކައިރި އއ. ތޮއްޑޫ އާއި ކ. ކާށިދޫ ފަދަ ދަނޑުވެރި ރަށް ރަށުން ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ސަޕްލައި ގެންނާނެ އެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު ނާންނާތި، ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ބާޒާރުގައި ތަކެތި އެންމެ ތިޔާގި ނޫން ދުވަހަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ތިން ވަނަ ސަބަބު

ރޯދަމަހުގެ ފުރަތަމަ ދުވަހަކީ ބާޒާރުގައި ތަކެތި އަގު ބޮޑު ދުވަހަކަށް ވާނެ ކަމަށް އަބަދުވެސް ގަބޫލުކުރެ އެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ވޭތުވެދިޔަ ރޯދަމަސް ތަކަށް ބަލާއިރު، ބާޒާރުގައި ތަކެތީގެ އަގު ހަމައަކަށް އެޅުމަށް ދެތިން ދުވަސް ނަގަ އެވެ. ސަޕްލައި އާއި ޑިމާންޑު އެނގޭނީ ރޯދަމަސް ފެށުމުންނެވެ.

މި އަހަރުގެ ރޯދަ މަހާ ދިމާކޮށް، އއ.ތޮއްޑޫގެ އިތުރުން ރާއްޖޭގެ އެހެނިހެން ރަށްރަށުންނާއި އިންޑިޔާ އިން ކަރާ ވިއްކަން ގެންނާނެ އެވެ. މިހާރު 25ރ. އަށް ކިލޯ އެއް ލިބެން ހުރި ކަރާގެ އަގު، ރޯދަ މަހުގެ ފުރަތަމަ ދުވަހަށްފަހު ދަށް ވުމަކީ ވެސް ގާތް ކަމެކެވެ.

ވިޔަފާރިކުރާ މީހުން އެތައް ގުނައެއް ރޯދަ މަހު އިތުރުވެ އެވެ. ވިޔަފާރިވެެރިން އެކަމުގެ ފައިދާ ނަގަ އެވެ. ގިނަ މީހުން އަގަށްވުރެ ބޮޑަށް ބަލަނީ އެމީހަކު ބޭނުންވާ އެއްޗެއް ގަންނަން ލިބޭތޯ އެވެ. ކޮވިޑް-19ގެ ސަބަބުން ވޭތުވެދިޔަ ދެ ރޯދަ މަހު އަހަރެމެން ތިބީ ގޭ ބަންދުގަ އެވެ.

ބާޒާރުކުރަން ދާއިރު، ކޮންމެހެން ވިސްނަންވީ ކަންތައްތަކެއް

ބަދިގެތެރެ ބަލަހައްޓާ މީހުން ގާތު އަހާ އޮޅުން ފިލުވައިގެން ގަންނަންވާ އެއްޗެހީގެ ލިސްޓެއް ހެދުމަކީ މުހިންމު ކަމެކެވެ. ފަސް މީހުން ތިބޭ ގެއެއް ނަމަ ގަންނާނީ ކޮން ސައިޒެއްގެ ކަރައެއްތޯ ވިސްނާލުން ވެސް މުހިންމެވެ.

ބާޒާރުމަތީގައި ހުންނަ ދެ ލޯކަލް މާރުކޭޓަށް ވުރެ، މާލެ ތެރޭގައި ހިންގާ ލޯކަލް މާރުކޭޓު ތަކުގައި ތަކެތީގެ ކިލޯ އަކުން ފަސް ރުފިޔާ ވަރު އަގު ބޮޑުވެދާނެ އެވެ. އެއީ، އެމީހުން ބާޒާރުން އެއްގަމަށް، ޕިކަޕުގައި އެއްޗެހި އުފުލަން ޖެހޭތީ އެވެ.

ކިލޯ އަކުން ފަސް ރުފިޔާ އަގުހެޔޮ ކުރަން ބޭނުންނަމަ، އަގު އަހާފައި، އަނބުރާލާފައި ދާން ހިނގައި ގަންނާށެވެ. އޭރުން ފަސް ރުފިޔާ ކަނޑާލާފައި ދޭން އެއްބަސް ވާނެ އެވެ.

ހުރިހާ ގޮޅި ތަކުގައި ޑިސްޕްލޭގައި ވިއްކަން ބަހައްޓާފައި ހުންނަނީ އެންމެ ތާޒާ އެއްޗެއްސެއް ނޫނެވެ. ތާޒާބައި ބަހައްޓާފައި ހުންނަނީ އަށި ދަށުގައި ފޮށިގަނޑެއްގަ އެވެ.

"ދައްތާ، އަދި ތާޒާ އެއްޗެހި އެބަހުރި،" އަތްލާފައި އަގު އަހާފަ، ނުގަނެ މަޑުކޮށްލުމުގެ ފައިދާ އަކީ އެއީ އެވެ.

ރޯދަމަހު މާރުކޭޓުގައި އެއްޗެހި އަގުހެޔޮވާ ހާއްސާ ގަޑިއެއް އޮވެ އެވެ. ރޯދަ ވީއްލައިގެން މަޣްރިބް ނަމާދުގެ ފަހު އަވަހަށް ބާޒާރަށް ދާށެވެ. އެ ގަޑީގައި މަސް މާރުކޭޓުގައި މަސް ވިއްކާ އަގު ވަރަށް ބޮޑުތަން ހެޔޮވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox