އާ ކުޅުންތެރިންނާ އެކު ޓީރެކްސް ވަރުގަދަވާނެ: ޒަބީ

Apr 1, 2022, 8:18 AM
މި ފަހަރުގެ ބާސްކެޓް ސީޒަންގެ މެޗެއްގެ ތެރެއިން ޒަބީ ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަހަރުގެ ބާސްކެޓް ސީޒަންގެ މެޗެއްގެ ތެރެއިން ޒަބީ ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީރެކްސް ބާސްކެޓްބޯޅަ ކްލަބުން އަލަށް ގެނައި ހަތަރު ކުޅުންތެރިންނާ އެކު ޓީމު އިތުރަށް ވަރުގަދަވާނެ ކަމަށް އެ ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ) ބުނެފި އެވެ.

މި ވަގުތު އޮތް އެންމެ ދުވަސްވީ އެންމެ ކާމިޔާބު ބާސްކެޓްބޯޅަ ކްލަބް، ޓީރެކްސް އިން 13 އަހަރު ފުރުން ފާހަގަކުރި އިވެންޓްގައި އެ ޓީމުން ގެނައި ހަތަރު ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިންނަކީ ވާދަވެރި ކިންގްސް ބާސްކެޓްބޯލް ކްލަބްގެ މުހިންމު ދެ ކުޅުންތެރިންނެވެ. އެއީ ގައުމީ ބާސްކެޓްބޯޅަ ޓީމަށް ވެސް ގިނަ އަހަރުތަކެއް ވަންދެން ކުޅެމުން އައި ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އިބްރާހިމް އަންފާލް ޝަރީފް (އަންޓެ) އާއި މުހައްމަދު ހުވައިލިދު އަލީ (ހުވޭ) އެވެ.

"މި ދެ މީހުންނަކީ (އަންޓެ އާއި ހުވޭ އަކީ) ހަމަ ފުންނާބު އުސް ދެ މީހުން، ވަރުގަދަ ތަޖުރިބާކާރު ދެ ކުޅުންތެރިން ހަމަ. އެހެންވީމަ އެ ކުޅުންތެރިންނާ އެކު ޓީރެކްސް ރަނގަޅުވާނެ އިތުރަށް،" ޓީރެކްސް އިން އަންޓެ އާއި ހުވޭގެ ސޮއި ހޯދުމާ ބެހޭގޮތުން ޒަބީ "އަދަދު" އަށް ބުންޏެވެ.

"އަހަރެމެން އެންމެން ކެރިއަރު ފެށީ އެއްކޮށް. (އެކަމަކު ކްލަބް ލެވަލްގައި) ގިނަ ފަހަރަށް ދެކޮޅެއްގައި މި ތިބެނީ. ކެރިއަރުގެ ފަހުކޮޅުގައި އެއްކޮށް (އެއް ކްލަބަކަށް) ކުޅެލައި. ރަނގަޅު ކާމިޔާބީތަކެއް ހޯދަން މި ފުރުސަތުގެ ބޭނުންހިފޭނެ. އެ ގޮތަށް އެންމެން ވެސް ދެކޭތީ އެ ބޭނުން އިނީމަ މި ދެ ކުޅުންތެރިން ޖޮއިން ކުރީ (ޓީރެކްސްއާ ގުޅުނީ)،"

ޓީރެކްސް އިން ޓީމު ވަރުގަދަކޮށްފައި މި ވަނީ މި ފަހަރުގެ ގައުމީ ލީގާއި ގައުމީ މުބާރާތުގައި ކާމިޔާބު ހޯދަން ބޭނުންވާ ވަރަށް އެންމެ ބޭނުންވާ ގޮތަށް ކަންކަން ނުދިއުމުންނެވެ.

ގައުމީ ލީގުގެ ދެ ވަނަ އަށް ދިޔައިރު، ގައުމީ މުބާރާތުން ލިބުނީ ތިން ވަނަ އެވެ. ގައުމީ މުބާރާތުގެ ތިން ވަނަ ސެމީގައި ޓީރެކްސް ބަލިވީ ރެޑްވިންގްސް އަތުންނެވެ.

ޒަބީ ބުނީ މި ފަހަރުގެ ސީޒަން ދިޔަ ގޮތާ ބަލާއިރު، ދެން ކުރިއަށްދާން ޓީރެކްސް އިން ބޭނުންވާނެ ކަންކަން ފުރިހަމަކުރަން އަންޓެ އާއި ހުވޭ އަށް މުހިންމު ރޯލެއް ކުޅެވިދާނެ ކަމަށެވެ.

"މި ފަހަރު ސީޒަނުގައި މިދިޔަ ގޮތަށް ބަލާއިރު، ޓީރެކްސް އަށް މި ލިބުނީ ވަރަށް ޕާފެކްޓް ދެ ކުޅުންތެރިން. ޕްރެކްޓިކްސް އަށް އައުމާއި ވަރަށް ޑިސިޕްލިން ދެ މީހުން. ގޭމް ޗޭންޖިން ދެ މީހުން ލިބުނީ،" ޒަބީ ބުންޏެވެ.

ޓީރެކްސް ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން ފޮޓޯ އަކަށް ހުއްޓިލައިގެން.

ޓީރެކްސް އިން ދެން ގެންދިޔައީ މުސްތަގުބަލަށް ބިނާކުރާ ޕްރޮޖެކްޓެއްގެ ދަށުން ހުސެއިން ނަދީމް އެވެ. އަދި ކުރިން ގިނަ ޓިމުތަކުން ފެނިގެންދިޔަ ޑިސިޕްލިން ކުޅުންތެރިއެއް ކަމަށްވާ ހައިޝަމް ވެސް ވަނީ ޓީރެކްސްއާ ގުޅިފަ އެވެ.

ޒަބީ ބުނީ ހައިޝަމް އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި އޭނާ ޓީރެކްސްއާ ގުޅުނީ ކެރިއަރުގައި އަނެއް ލެވަލަށް ދިއުމަށް ކުރާ މަސައްކަތުގައި ޓީރެކްސް ކަހަލަ ޓީމަކާ އެކު އެ އަމާޒަށް ވާސިލްވެވޭނެތީ ކަމަށެވެ.

މީގެ އިތުރުން ޓީރެކްސްގެ ކޯޗު، އަލީ ފަޒްލީ (އޮލިމްޕިކް)އާ މެދު ހައިޝަމްގެ އިތުބާރު ބޮޑުވުން ވެސް އެއީ ޓީރެކްސް އަށް ކުޅެން އޭނާ ބޭނުންވި ސަބަބެކެވެ.

ޓީރެކްސް އިން ދެން ސޮއިކުރި ނަދީމް އަކީ ހަމައެކަނި ކްލަބްގެ މުސްތަގުބަލަށް ކުރި އިންވެސްޓެއް ނޫނެވެ. ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ޒަބީ ބުނީ ނަދީމް ގެނައުމަކީ ޓީރެކްސް އިން "ނެޝަނަލް ޕްރޮޖެކްޓެއް" ގޮތަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox