ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ތިމަރަފުށްޓަށް ހައްގު: ކޯޗު އައްޔަ

Mar 31, 2022, 12:00 PM
ރޭގެ މެޗަށް ފަހު އައްޔަ ތިމަރަފުށީގެ ކީޕަރު ޝަރުހާން ގައިގައި ބައްދާލައިގެން.-- ފޮޓޯ: އިޔާން އަބްދުﷲ/ އަދަދު

ރޭގެ މެޗަށް ފަހު އައްޔަ ތިމަރަފުށީގެ ކީޕަރު ޝަރުހާން ގައިގައި ބައްދާލައިގެން.-- ފޮޓޯ: އިޔާން އަބްދުﷲ/ އަދަދު

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ ޗެމްޕިއަންކަން ރޭ ތ. ތިމަރަފުށިން ދިފާއުކުރިއިރު، މުބާރާތުގެ ޗެމްޕިއަންކަން ތިމަރަފުށްޓަށް ހުރިހާ ގޮތަކުން ވެސް ހައްގުވާ ކަމަށް ޓީމުގެ ކޯޗު އަލީ ފަހުމީ (އައްޔަ) ބުނެފި އެވެ.

ނުވަދިހަ އެއް ރަށުގެ މެދުގައި މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ކުޅުނުއިރު، ތިމަރަފުށިން ޗެމްޕިއަންކަން ހޯދީ ރޭ ގާފަރު އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ގާފަރާއި ތިމަރަފުށި އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި ތިމަރަފުށި ކުރިހޯދީ 3-2 އިންނެވެ.

"އަލްހަމްދުލިއްލާހި ފުރަތަމަ ވެސް ލިބުނު ކާމިޔާބީ އަށް. އަޅުގަނޑު ދެކެނީ މިއީ އަޅުގަނޑުމެން ކުރި މަސައްކަތަށް ލިބުނު ހައްގު އެއްޗެކޭ. މި ޓީމު ލީ އެފަޓާ ހުރިހާ އެއްޗަކަށް ބަލާއިރު ދެކެނީ މިއީ އަޅުގަނޑުމެންނަށް ހައްގު ކާމިޔާބެއް ކަމަށް މި ޗެމްޕިއަންކަން ހޯދުމަކީ،" ރާއްޖޭގައި ގިނަ އަހަރުތަކެއް ވަންދެން މޮޅު ކުޅުމެއް ދެއްކި ފުޓްސަލް ކުޅުންތެރިޔާ އައްޔަ ބުންޏެވެ.

ރޭގެ މެޗުގެ ތެރެއިން އައްޔަ ފުރަތަމަ ހާފު ނިމުމުން ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދައްކަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

"ވަރަށް ބޮޑަށް ޝުކުރިއްޔާ އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ތިމަރަފުށީގެ ސަޕޯޓަރުންނަށް،"

ތިމަރަފުށްޓަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް ހަ ފަހަރު ބޭއްވިއިރު ތިން ފަހަރު ތަށި އުފުލާލި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެންމެ ފުރަތަަމަ 2016 ވަނަ އަހަރު ތިމަރަފުށިން ޗެމްޕިއަންކަން ހޯދިއިރު، އައްޔަ އަކީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އެ ފަހަރު ސ. ފޭދޫ އަތުން ފައިނަލުގައި ތިމަރަފުށި މޮޅުވީ 4-1 އިންނެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ ފައިނަލުގައި އައްޔަގެ ކޯޗުކަމުގައި ތިމަރަފުށިން ވަނީ ބ. އޭދަފުށި 5-2 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ ފަހުން ކޮވިޑް-19ގެ ސަބަބުން އައި ހުއްޓުމުގެ ތެރޭގައި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މުބާރާތެއް ނުބާއްވަ އެވެ.

އައްޔަ ދެކޭގޮތުގައި މި މުބާރާތުގައި ޗެމްޕިއަންގެ ހައިސިއްޔަތުން ތިމަރަފުށިން "ހެޓްރިކް" ފުރިހަމަ ކުރުމަކީ އެންމެ ފުރަތަަމަ ވެސް ކަނޑައެޅި ޓާގެޓް ކަމަށެވެ.

"ވަރަށް އުފާވޭ އަސްލު ރަށަށް ޓަކައި މި ކަހަލަ ކަމެއް ކޮށްދެވުނީތީ. ރަށު ރައްޔިތުން އެ ބަލައިގަންނާތީ ވަރަށް ހިތްހަމަޖެހޭ އަސްލު،" މި ފަހަރުގެ މުބާރާތުގެ މޮޅު ކޯޗުގެ މަގާމު ހޯދި އައްޔަ ބުންޏެވެ.

"އަސްލު އެންމެ މުހިންމު ކަމަކީ މިހެން ޓީމެއް މުބާރާތަކަށް ގެންގުޅޭ ކަމަށްވާނަމަ ހުރިހާ އެއްޗެއް އެންމެ ޕާފެކްޓްކޮށް (ފުރިހަމަ އަށް) ހުރުން. ދަނޑުބޭރުން ދަނޑުތެރެއިން، މެނޭޖްމަންޓް ޓީމު ވޯކް ދެން، ޑިސިޕްލިން މި ހުރިހާ އެއްޗެއް ހުރެގެން ނަތީޖާ ނުކުންނާނީ. ދެން އިންނާނީ މަސައްކަތް. އެ މަސައްކަތުން މި ކާމިޔާބު ލިބެނީ،"

ޗެމްޕިއަންކަން ހޯދި ތިމަރަފުށީ ޓީމު ތަށްޓާ އެކު އުފާފާޅުކުރަނީ،-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ގޯލްޑަން ފުޓްސަލް ޗެެލެންޖްގެ ފައިނަލުގައި ތިމަރަފުށިން ކުޅުނު ތިން ފަހަރުގެ ތެރެއިން ޕެނަލްޓީ ޖަހައިގެން މޮޅުވީ ހަމައެކަނި ފަހަރަކީ ރޭގެ ފައިނަލުގަ އެވެ.

އައްޔަ ބުނީ މެޗުގެ ކުރިން ކުޅުންތެރިން ގާތުގައި ޕެނަލްޓީ އަށް ދާން ބޭނުންނުވާ ކަމަށެެވެ. އެކަމަކު، ގާފަރު ޓީމުގެ ފެންވަރު އެނގޭތީ އައްޔަ ހުރީ ޕެނަލްޓީ އަށް ވާން ޖެހޭ ތައްޔާރީ ވެސް ސިކުނޑީގައި ބަހައްޓައިގެންނެވެ.

"ބްރީފިންގައި ވެސް އެ ކުދިންނަށް ބުނެދިން އެއްޗެއް އެއީ ޕެނަލްޓީ އަށް ދާން ބޭނުންނުވާ ވާހަކަ. ރާއްޖޭގެ ގިނަ ބަޔަކު ވެސް ގަބޫލުކުރާނެ ޕެނަލްޓީ އަށް ނުގޮސް ވެސް މީތި ތިމަރަފުށިން ވިން ކުރާނެ ކަމުގެ. އެކަމު ރެޑީވިން ޕެނަލްޓީ އަށް ވެސް. ކޮންފިޑެންސް ވެސް އިން ޓީމާ މެދު،" އައްޔަ ބުންޏެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އިިންޑިވިޖުއަލް އެވޯޑްތައް ވެސް ޑޮމިނޭޓްކުރީ ތިމަރަފުށިންނެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ތިމަރަފުށީގެ އަލީ ޝިފާއު (ރޮނާ) އެވެ. ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ތިމަރަފުށީގެ އިބްރާހިމް އަސްވަދު (ގަބޭ) އާއި ކެޕްޓަން އިބްރާހިމް ސިނާހު (ސިނާ) ހިމެނެ އެވެ. އެންމެ މޮޅު ކުޅުންތެރިޔާ، ފުޓްސަލް ކިންގްގެ ލަގަބު އެރުވީ ގަބޭ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox