އަންފާލް އާއި ހުވައިލިދު ޓީރެކްސް އަށް: މިއީ އާ ޗެލެންޖެއް!

Mar 31, 2022, 6:44 AM
އަންފާލް (ކ) އާއި ހުވައިލިދު ޓީރެކްސް އަށް ސޮއިކުރުމަށް ފަހު ޖޯޒީ ދައްކާލަނީ.-- ފޮޓޯ: ޓީރެކްސް ބާސްކެޓްބޯލް ކްލަބް

އަންފާލް (ކ) އާއި ހުވައިލިދު ޓީރެކްސް އަށް ސޮއިކުރުމަށް ފަހު ޖޯޒީ ދައްކާލަނީ.-- ފޮޓޯ: ޓީރެކްސް ބާސްކެޓްބޯލް ކްލަބް

ޓީރެކްސް ބާސްކެޓްބޯލްގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކުރުމާ ދިމާކޮށް އެ ކްލަބުން ގައުމީ ބާސްކެޓްބޯޅަ ޓީމުގެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ އިބްރާހިމް އަންފާލް ޝަރީފް (އަންޓެ) އާއި މުހައްމަދު ހުވައިލިދު އަލީ (ހުވޭ)ގެ ސޮއި ހޯދައިފި އެވެ.

ޓީރެކްސް އިން ދެން ގެންދިޔައީ މުސްތަގުބަލަށް ބިނާކުރާ ޕްރޮޖެކްޓެއްގެ ދަށުން ހުސެއިން ނަދީމް އެވެ. އަދި ކުރިން ގިނަ ޓިމުތަކުން ފެނިގެންދިޔަ ޑިސިޕްލިން ކުޅުންތެރިއެއް ކަމަށްވާ ހައިޝަމް ވެސް ވަނީ ޓީރެކްސްއާ ގުޅިފަ އެވެ.

ޓީރެކްސް އިން ޓީމު ވަރުގަދަކޮށްފައި މި ވަނީ މި ފަހަރުގެ ގައުމީ ލީގާއި ގައުމީ މުބާރާތުގައި ކާމިޔާބު ހޯދަން ބޭނުންވާ ވަރަށް އެންމެ ބޭނުންވާ ގޮތަށް ކަންކަން ނުދިއުމުންނެވެ. ގައުމީ ލީގުގެ ދެ ވަނަ އަށް ދިޔައިރު، ގައުމީ މުބާރާތުން ލިބުނީ ތިން ވަނަ އެވެ.

ރޭ ޓީރެކްސްއާ ގުޅުނު ހަތަރު ކުޅުންތެރިން (ކ.ވ): އަންފާލް، ނަދީމް، ހައިޝަމް އަދި ހުވައިލިދު

އަންޓެ ބުނީ ޓީރެކްސް އަށް ކުޅެން ނިންމީ ގިނަ ސަބަބުތަކަށް ބެލުމަށް ފަހު ކަމަށެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކުގެ ގޮތުގައި އަންޓެ ފާހަގަކޮށްފައިވަނީ ގައުމީ ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރު (ޒަބީ)ގެ އިތުރުން ޓީރެކްސްގައި ތިބި ގައުމީ ޓީމުގެ އެހެން ކުޅުންތެރިންނާ އެއް ޓީމަކަށް ކުޅެލައި، ގައުމީ ޓީމަށް ވެސް ފައިދާވާނެ ގޮތަށް އާ ޗެލެންޖެއް ނެގުމަށް ކަމަށެވެ.

"އެންމެ ފަހުން ދެ މުބާރާތުގައި ވެސް ގައުމީ ޓީމަށް މި ދިމާވީ އެންމެ ބޭނުންވި ގޮތެއް ނޫން. އެހެންވެ، ކެރިއަރުގައި ދެން މި ނެގި މޫވްއާ އެކު ބޭނުންވީ ގައުމީ ޓީމަށް ވެސް ފައިދާވާނެ ގޮތަށް ދާން. ޓީރެކްސްގައި މިތިބީ ޒަބީ މެން ޗިކަނޭ މެން. ރިޓަޔާކުރާ ހިސާބަށް ދާއިރު އާ ޗެލެންޖެއް ނަގައި، ގައުމީ ޓިީމުގެ ވެސް ކާމިޔާބީ އަށް ބަލާފައި ނެގި ޑިޒިޝަނެއް މިއީ،" އަންޓޭ ބުންޏެވެ.

"މި ގޮތަށް ބަދަލުވެ، ގައުމީ ޓީމުގެ ކުޅުންތެރިންނާ އެއް ޓީމަކަށް ކުޅުމުން ގައުމީ ޓީމަށް ދާއިރު ކޮމްބިނޭޝަން ކަންކަން ވެސް ހުންނާނީ ރަނގަޅަށް ކަމަށް ފެންނަނީ. ގައުމީ ޓީމުގެ ކުޅުންތެރިން މި ތިބީ ކިންގްސް އާއި ޓީރެކްސްގައި ގިނައިން. އެ ގޮތަށް ބަލާއިރު، ކިންގްސް އަށް ފަހު ދެން އިން ޗެެލެންޖަކީ ޓީރެކްސް،"

ރޭ ބޭއްވި ޓީރެކްސްގެ އިވެންޓްގެ ތެރެއިން.-- ފޮޓޯ: ޓީރެކްސް ބާސްކެޓްބޯލް ކްލަބް

ގައުމީ ޓީމުގެ ވައިސް ކެޕްޓަންކަން ކުރަމުން އަންނަ ހުވޭ އަކީ ރާއްޖޭގެ ބާސްކެޓްގައި ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

ޓީރެކްސްއާ ގުޅުމާ ބެހޭގޮތުން ހުވޭ ބުނީ ޓީރެކްސް އައި އެންމެ ބޮޑު ސަބަބުތަކުގެ ތެރޭގައި ޒަބީއާ އެއް ޓީމަށް ކުޅުމާއި އާ ޗެލެންޖެއް ނެގުން ހިމެނޭ ކަމަށެވެ.

"ކުޑައިރުއްސުރެ ޒަބީ މެންނާ އެއްކޮށް މި އުޅެނީ. މުޅިން މިހާތަނަށް ކޮމްޕެޓިޓިވްކޮށް (ކްލަބް ލެވަލްގައި) ކުޅެފައި ހުރީ ޒަބީއާ ދެކޮޅަށް. ދެން، އެހެންވެ، ބޭނުންވީ ރިޓަޔާކުރުން ވެސް ގާތުގައި އޮތުމާ އެކީގައި ޒަބީއާ އެއް ޓީމަކަށް ކުޅެލައި އާ ޗެލެންޖެއް ނަގަން،" ހުވޭ ބުންޏެވެ.

އަންޓެ އެކޭ އެއްގޮތަށް ހުވޭ ވެސް ފާހަގަކުރި މުހިންމު ޕޮއިންޓަކީ ޓީރެކްސްއާ ގުޅުމަކީ ގައުމީ ޓީމަށް ދާއިރު، ކުޅުންތެރިންގެ ކޮމްބިނޭޝަން ރަނގަޅު ކުރުމާއި އެހެން ޓާގެޓްތައް ހާސިލްކުރަން މުހިންމު ބަދަލެއްގެ ގޮތުގަ އެވެ.

ދެހާސްނުވަ ވަނަ އަހަރު ވުޖޫދުވި ޓީރެކްސް ކާމިޔާބު 13 އަހަރު ފާހަގަކުރަން ރޭ ބޭއްވި އިވެންޓްގައި އެ ކްލަބަށް އެކި ގޮތްގޮތުން މިވީ މުއްދަތުގައި ހިދުމަތްކޮށްދެއްވި ފަރާތްތައް ބައިވެރިވި އެވެ. ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ޓީރެކްސް އިން ބާސްކެޓްގައި ހަރަކާތްތެރިވިއިރު، ގިނަ ކަންތައްތަކެއް ވަނީ ހާސިލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox