މޯލްޑިވިއަނުން ރަތުމަލާނައަށް ޝެޑިއުލް ދަތުރުތައް ފަށަނީ ރޯދައަށް ފަހު

މޯލްޑިވިއަންގެ ފްލައިޓެއް: މޯލްޑިވިއަނުން ދަނީ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރަން މަސައްކަތްކުރަމުން. -- ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަންގެ ފްލައިޓެއް: މޯލްޑިވިއަނުން ދަނީ ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރަން މަސައްކަތްކުރަމުން. -- ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަނުން ދާދިފަހުން ދަތުރުތައް ފެށި ސްރީލަންކާގެ ރަތުމަލާނާގައި އޮންނަ ކޮލޮމްބޯ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނީ ރޯދައަށް ފަހު ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

ބައި ގަރުނުގެ މެދުކެނޑުމަކަށް ފަހު ކޮލޮމްބޯ އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގުވާމީ ފްލައިޓު ދަތުރުތައް ފެށީ، މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު އެއާޕޯޓަށް ފުރަތަމަ ޖެއްސި ފްލައިޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެކެވެ.

އޭގެ ފަހުން ދަތުރެއް ނުކުރި ނަމަވެސް، ދިވެހިންގެ ތެރޭގައި މިކަމަށް އޮތް ތަރުހީބު ބޮޑު ކަމަށާއި ކުރިން ވެސް ރާވާފައިވާ ގޮތަށް ރޯދައިގެ ފަހުން ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ މި ނޫހަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޖީއެސްއޭ މެދުވެރިކޮށް އެމްބަސީގައި ބޭއްވި ބައްދަލުވުންތަކާއި އިންކުއަރީސްތަކަށް ބަލާއިރު ދިވެހިންގެ ތެރެއިން ޑިމާންޑު އެބައޮތް"

އަދި ވިދާޅުވީ، އެ ތާރީހު ފަހުން އާންމުކުރާނެ ކަމަށެވެ.

ރޯދައަށް ފަހު ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވިއަނުން ބުނާއިރު، މި ދަތުރުތައް ހުއްޓާލާފައިވާ ކަމަށް ލަންކާ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މީޑިއާތަކާއި ލަންކާ އާންމު ރައްޔިތުންގެ ފާޑުކިޔުން ބޮޑަށް އަމާޒުވީ އިގުތިސޯދީ ކާރީސާއެއްގެ ތެރޭގައި، ހަ މިލިއަން ރުޕީސް (3.15 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ބޮޑު ހަފުލާއެއް ބޭއްވުމަށް ފަހު ދަތުރުތައް ހުއްޓާލީ ކަމަށް ނިންމާފަ އެވެ.

ލަންކާ ސަރުކާރުން އެދިގެން މޯލްޑިވިއަނުން މި ދަތުރުތައް ފެށީ، ކޮލޮމްބޯ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހިން އާންމުކޮށް ދިރިއުޅޭ ދެހިވަލަ އާއި ވެއްލަވައްތަ އާއި މައުންޓު ލެވީނިއާ އާ ކައިރި ސަރަހައްދަކަށް ވެފައި، ސީދާ ދަތުރުތައް ފެށުމުން ދިވެހިންނަށް ފަސޭހަތަކެއް ލިިބޭނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox